މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
16 Aug 2023 | 13:25
ޔާސިރާއީ މޭޔަރ ޕާޓީ ދޫކުރެއްވިޔަސް އިންތިހާބުގައި ކުޅުދުއްފުށީން މެޖޯރިޓީ ލިބޭނީ ޑިމޮކްރެޓްސް އަށް: އިމްތިޔާޒް

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފު ޑިމޮކްރެޓްސް ދޫކުރެއްވި ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ސިޓީއިން މެޖޯރިޓީ ނަގާނީ ދަ ޑިމޮކްރެޓްސް އިން ކަމަށް، އެ ޕާޓީގެ ކެންޕެއިން ތަރުޖަމާނު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ ޕްރައިމަރީއަށްފަހު އެ ޕާޓީގެ އެތެރޭގައި ނަޝީދު ފެއްޓެވި "ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް ހުންނެވުމަށްފަހު، އެ ޕާޓީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ޔާސިރު، އެ ޕާޓީން ވަކިވެ، އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފައިވަނީ އިއްޔެއެވެ.

ޑިމޮކްރެޓްސް އިން ވަކިވި ސަބަބު ހާމަނުކުރައްވައި އެޕާޓީން ޔާސިރު ވަކިވެވަޑައިގެންފައިވާ އިރު، އޭނާ އާއި އެކު ކުޅުދުއްފުށީ މޭޔަރ ވެސް ވަނީ އެޕާޓީން ވަކިވެވަޑައިގެން އަލުން އެމްޑީޕީ އަށް ސޮއި ކުރައްވާފައެވެ. 

އެކަމާއި ގުޅިގެން، މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ، އެ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެންނެވި ސަބަބު އެނގި ވަޑައިގަންނަވާނީ އެބޭފުޅުންނަށް ކަމަށެވެ. އަދި އޭގެ ސަބަބުން ކުޅުދުއްފުށީ ސިޓީން ލިބޭ ވޯޓަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށާ، ރިޔާސީ އިންތިހާބުގައި އެ ސިޓީން މެޖޯރިޓީ ނަގާނީ ޑިމޮކްރެޓްސް އިން ކަމަށް އިންތި ވިދާޅުވި އެވެ. 

"އިރާދަކުރެއްވިޔާ އޭގެ ބޮޑު އަސަރެއް އަޅުގަނޑުމެންނަކަށް ނުކުރާނެ. ކުޅުދުއްފުށީގެ ވޯޓު އިރާދަކުރެއްވިޔާ ދަ ޑިމޮކްރެޓްސް އަށް ކަށަވަރުކޮށްދޭނެ. ވަރަށް ގިނަ ބަޔަކު މި ޕާޓީއަށް ސޮއި ކޮށްފައިވޭ އާއްމު މެންބަރުންގެ ތެރެއިން. އެހެންވީމާ، އަޅުގަނޑުމެން މެޖޯރިޓީ ނަގާނަން. ދަ ޑިމޮކްރެޓްސް އިން."

އިމްތިޔާޒް ފަހުމީ

މީގެ އިތުރުން، ޔާސިރު ޕާޓީން ވަކިވެވަޑައިގެންނެވީ، ރަނިންމޭޓުކަން ނުވަތަ ބޭނުންވެވަޑައިގެންނެވި މަގާމެއް ނުލިބިގެންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ، ޔާސިރު އެޕާޓީއާއި ގުޅިވަޑައިގެންފައިވަނީ އެފަދަ އެއްވެސް ޝަރުތަކާއި ނުލައި ކަމަށާ، އެހެންކަމުން، ޕާޓީން ވަކިވެފައިވަނީ އެފަދަ ސަބަބެއް އޮވެގެން ނޫން ކަމަށެވެ. 

އިންތި އެފަދައިން ވިދާޅުވެފައިވާއިރު، ޑިމޮކްރެޓްސް އިން ރިޔާސީ ރޭހަށް ނުކުމެ ކެމްޕެއިން ކުރަން ފެށިފަހުން ޔާސިރު ޕާޓިގެ ހަރަކާތްތަކުން އެއްފަރާތަށް ޖެހިވަޑައިގެން ހުންނެވިކަން ފާހަގަވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.