ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު--
ހަބަރު
16 Aug 2023 | 15:22
ފުލުހުންނާއި ސިފައިންގެ މުއައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްދޭނަން: ޑރ. މުޢިއްޒު

ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ، ދިވެހި ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުއައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ދިއްދޫ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، މުޢިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ދައުރުގައި ފުލުހުންނާއި ސިފައިންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާތީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ. 

އެގޮތުން ވިދާޅުވީ އެ ދެ މުއައްސަސާއަކީ ދިވެހިންގެ ފަޚުރު ކަމަށާ، ނަމަވެސް އެ ދެ މުއައްސަސާގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށެވެ. އެހެންކަމުން އޭނާގެ ސަރުކާރެއްގައި، ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އެ ދެ މުއައްސަސާގެ ފަޚުރުވެރިކަން އަނބުރާ އިޔާދަ ކޮށްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ.

"އަޅުގަނޑުމެންނަށް ފެނިގެންމިދަނީ ފުލުހުންގެ މުއައްސަސާއާއި ސިފައިންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުން މިހާރު އިންތިހާއަށް ގޮސްފައިވާތަން. އެކަމުގެ ސަބަބުން އެ ދެ މުއައްސަސާގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތް އެބަކުރޭ އަޅުގަނޑުމެންގެ ފަޚުރު އެ ދެ މުއައްސަސާ އަކީ. އެހެންވީމާ އަޅުގަނޑުދޭ ޔަޤީންކަމަކީ އެ ދެ މުއައްސަސާގެ ފަޚުރުވެރިކަން އަނބުރާ އިޔާދަ ކޮށްދޭނެވާހަކަ. އެ ދެ މުއައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާކޮށްދޭން ކުރެވެންހުރި ހުރިހާ ކަމެއް ކުރަނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އެ ދެ މުއައްސަސާއަށް އަރުވަން. ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެންވެސް ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުއައްސަސާ އިރާދަކުރެއްވިއްޔާ ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްދޭނަން."

ޑރ. މުހައްމަދު މުޢިއްޒު 

މުޢިއްޒު ވިދާޅުވީ މިނިވަން ކަމާއެކީގައި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ސިފައިންނާއި ފުލުހުންނަށް ހޯދައި ދެއްވާނެ ކަމަށާއި، ބޭރު ޤައުމެއްގެ އަޅުވެތިކަމަށް ބާރު ދޫކޮށްލަންޖެހޭ އެއްވެސް ކަހަލަ ނުފޫޒެއް ހިންގުމުގެ ޖާގައެއް އެ ދެ މުއައްސަސާއަށް ކުރިމަތިވިޔަކަ ނުދެއްވާނެ ކަމަށެވެ. 

"މިނިވަން ކަމާއެކީގައި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ސިފައިންނާއި ފުލުހުންނަށް އިރާދަކުރެއްވިއްޔާ ހޯދައިދޭނަން. ބޭރު ޤައުމެއްގެ އަޅުވެތިކަމަށް ބާރު ދޫކޮށްލަންޖެހޭ އެއްވެސް ކަހަލަ ނުފޫޒެއް ހިންގުމުގެ ޖާގައެއް އިރާދަކުރެއްވިއްޔާ އެ ދެ މުއައްސަސާއަށް ކުރިމަތިވިޔަކަ ނުދޭނަން"

ޑރ. މުހައްމަދު މުޢިއްޒު 

އެހެންކަމުން ދިވެހީންނަށް ވީތީ އާދަކުރަންޖެހޭ އަމިއްލަ ވަޠަނީ ޒިންމާ އަދާކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ޑރ. މުޢިއްޒު އަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.