18 Feb 2019 | 13:13
އެމެރިކާގައި ނުރައްކާތެރި "ޒޮމްބީ" ބައްޔެއް ފެތުރެނީ!

އެމެރިކާގައި 24 ސްޓޭޓެއްގެ ފުއްލާގެ އާބާދީގެ މެދު ނުރައްކާތެރި "ޒޮމްބީ" ބައްޔެއް ފެތުރުމާއި ގުޅިގެން ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. "ކްރޮނިކް ވޭސްޓިނގް ޑިޒީސް" ނަމަކަށް ކިޔޭ މި ބައްޔަކީ ފުއްލާ ފަދަ ޖަނަވާރުތަކުގެ ސިކުނޑިއަށާއި މައިބަދައަށް ހަމަލާދޭ އިންފެކްޝަން އެކެވެ. އަދި މި ބަލި ޖެހޭ ޖަނަވާރެއްގެ ބަރުދަން ކުއްލިގޮތަކަށް ކުޑަވެ، އެ ޖަނަވާރެއްގެ ކިބައިން އާދަޔާ ޚިލާފަށް ރުޅިގަދަ އުޅުމެއް ފާހަގަކުރެވިގެންދެއެވެ.

އެމެރިކާގެ އިތުރުން ކެނެޑާގެ ދެ ޕްރޮވިންސަކުންވެސް ފެނިފައިވާ މި ބަލީގެ ޝިކާރައަކަށް އިންސާނުން ވުން އެކަށީގެންވާކަމަށް ސައިންސްވެރިން ބިރުގަނެއެވެ. ބެލެވޭ ގޮތުގައި "ކްރޮނިކް ވޭސްޓިނގް ޑިޒީސް" އަކީ އެއް ޖަނަވާރުގެ ގައިން އަނެއް ޖަނަވާރަކަށް ޖެހިދާނެފަދަ ނުރައްކާތެރި ބައްޔެކެވެ. އެހެންނަމަވެސް، އަދި މިހާތަނަށް އިންސާނެއްގެ ކިބައިން މި ބަލި ފެނިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ބަލިވާ ފުއްލާތަކުގެ ހަށިގަނޑުތައް ދިރާސާކުރި ފަރާތްތައް ހާމަކުރާގޮތުގައި، މި ބަލި ޖެހިފައި ހުރި ޖަނަވާރެއްގެ މަސް ކެއުމުން އިންސާނަކަށް މި ބަލި ޖެހިދާނެކަމުގެ ފުރުސަތު ބޮޑެވެ. އަދި "ކްރޮނިކް ވޭސްޓިނގް ޑިޒީސް" ފެތުރުން ކޮންޓްރޯލް ނުކުރެވޭނަމަ، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭ މި ބަލި އިންސާނުންގެ މެދުގައިވެސް ފެތުރިދާނެކަމުގެ ބިރު އެބައޮތްކަމަށް ސިއްޙީ މާހިރުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމެރިކާގެ ސެންޓާރ ފޮރ ޑިސީސް ކޮންޓްރޯލް އިން ލަފާކުރާ ގޮތުގައި ކޮންމެ އަހަރަކު "ކްރޮނިކް ވޭސްޓިނގް ޑިޒީސް" ގެޖިފަިވާ 15،000 އެއްހާ ފުއްލާގެ މަސް އިންސާނުން ކައެވެ. އަދި މި އަދަދު ފާއިތުވާ ކޮންމެ އަހަރަކާއި އެކު 20% އިތުރުވާނެކަމަށް ލަފާކުރެވޭއިރު، އިންސާނުންގެ މެދުގައި މި "ޒޮމްބީ" ބަލި ފެތުރެންފަށާފާނެ ކަމުގެ ބިރަކީ އެއްވެސް ޙާލެއްގައި ތޯތޯ ވާހަކައެއް ނޫނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްވިއައިގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.