ތިލަމާލެ ބްރިޖު ހެދުމަށް މާލެ-ވިލިމާލެ ކަނޑުއޮޅީގައި ޖަހާފައިވާ ޓެސްޓް ޕައިލްތަކެއް-- ފޮޓޯ: މިހާރު
ހަބަރު
18 Aug 2023 | 17:26
"ބްރިޖުގެ ތަނބުން ފެށިގެން ހުއްޓޭގަޑިއެއްގެ ބެޓެރި ބަދަލުކޮއްލުމާއި ހަމަޔަށް ފެންނަނީ ސަރުކާރުގެ 'ސްލޯކަން'"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މިސަރުކާރުން ހިންގާ މަޝްރޫއުތަކާއި، ދެމުންދާ ޚިދުމަތްތަކުގެ ލަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސަޢީދު ފާޑުވިދާޅުވެއްޖެއެވެ. 

ސައީދު ސަރުކާރަށް ފާޑުވިދާޅުވެފައި މިވަނީ، އިސްލާމީ މަރުކަޒުގައި ހުންނަ ގަޑި ހުއްޓިފައި ހުންނަތާ އެތައް ދުވަހެއް ވެގެން ގޮސްފައިވާއިރުވެސް ގަޑީގެ ބެޓެރީ ބަދަލު ނުކޮށް ހުރުމުންނެވެ. 

އެގޮތުން އިސްލާމީ މަރުކަޒުގެ ހުއްޓިފައިވާ ގަޑީގެ ފޮޓޯ އަކާއި އެކު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމީމަރުކަޒުގެ އެގަޑި 5:09ގައި ހުއްޓި އަދި އެ ގަޑި ކައިރީގައި ހަރުކޮށްފައި ހުރި ސްޕީކަރު އެއްބައި ނެއްޓި އޮރި އަކަށް އޮއްނަތާ 2 މަސް ދުވަސް ވެފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ މިސަރުކާރުގެ “ސްލޯ” ކަމާއި “ކަންފަސޭހަ” “ގޮތެއްފޮތެއްނެތް” ސިޔާސަތު މިއަދުވމ މުޅިދައުލަތަށް ވެރިވެފައިވާ ކަމަށެވެ. އަދި އެކަން ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަ ކަމަށާ، އެގޮތުން 500 މިލިއަން ޑޮލަރުގެ ލޯނުނަގައިގެން ޖަހަންއުޅުނު ބްރިޖުތަނބުން ފެށިގެން ހުއްޓޭ ގަޑިއެއްގެ ބެޓެރި ބަދަލުކޮއްލުމާއި ހަމަޔަށްވެސް ފެންނަނީ ސަރުކާރުގެ 'ސްލޯ' ކަން ކަމަށް އޭނާ ވިދާޅުވި އެވެ. 

"ތެދުފުޅެއް، ރައީސުލްޖުމްހޫރިއްޔާ އަކަށް ހުރިހާކަމެއްނޭނގިދާނެ، ނަމަވެސް މިސަރުކާރުގެ “ސްލޯ” “ކަންފަސޭހަ” “ގޮތެއްފޮތެއްނެތް” ސިޔާސަތު މިއަދުވަނީ މުޅިދައުލަތަށް ވެރިވެފަ! މިކަން މިފެންނަނީ ބަލާލިވކޮންމެ ދިމާލަކުން. 500މ ޑޮލަރުގެ ލޯނުނަގައިގެން ޖަހަންއުޅުނު ބްރިޖުތަނބުން ފެށިގެން ހުއްޓޭ ގަޑިއެއްގެ ބެޓެރި ބަދަލުކޮއްލުމާއި ހަމަޔަށް."

ކަން މިހެން ހުރި އިރު އަނެއްކާވެސް މިފަދަ އިތުރު ފަސް އަހަރު ބޭނުންވޭތޯ ސައީދު ވަނީ ސުވާލު ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.