ޑރ މުހައްމަދު މުއިއްޒު
ހަބަރު
18 Aug 2023 | 23:26
މުއިއްޒުގެ ވެރިކަމެއްގައި 1000 ނިކަމެތިން ހިލޭ ހައްޖަށް!

އެ މަނިކުފާނުގެ ވެރިކަމެއްގައި 1000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވައިދެއްވާނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

އެ މަނިކުފާނުގެ މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިއަދު މ މުލަކަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަން ހިންގުމުގައި މައްސަލަތަކެއް ހުރިކަމަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ، ހައްޖު ކޯޕަރޭޝަނަށް ބަދަލުތަކެއް އައިސް ތަރައްގީ ކުރެވެން ޖެހޭ ކަމަށާއި ހައްޖު ފަންޑުން އިންވެސްޓް ކުރެވޭނެ ގޮތް ހަމަޖެހި އެ ކޯޕަރޭޝަން ފައިނޭޝަލީ ވަރުގަދަވާން ޖެހޭ ކަމަށެެވެ.

ހައްޖު ކޯޕަރޭޝަން ހިނގަނީ އެންމެ ރަނގަޅަކަށް ނޫން. ރައްޔިތުންނަކަށް މާ ބޮޑު ފައިދާއެއް ނުކުރޭ

ޑރ މުހައްމަދު މުއިއްޒު

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، އެމަނިކުފާނުން އެފަދައިން މި ވިދާޅުވަނީ އެކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށާއި އެ ގޮތަށް އެ ކަން ކުރުމުގެ ސަބަބުން ހައްޖަށް ދެވޭ އަގު ކުޑަ ކުރެވޭ ކަމަށް ވެސް އޭނާ މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން، ރާއްޖޭގައި ހައްޖަށް ނުދެވޭ ވަރުގެ ފަގީރުން އެބަތިބި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް، އެ އިސްލާހުތައް ހައްޖު ކޯޕަރޭޝަނަށް ގެނެވުމުން ވެރިކަމުގެ ކޮންމެ އަހަރަށް ބަހައިލައިގެން ކޮންމެ އަހަރެއްގައި 100 މީހުން ހިލޭ ހައްޖަށް ފޮނުވައިދެވޭނެ ކަމަށް ވިދާޅުވިއެވެ.މުއިއްޒު ވިދާޅުވީ، އޭނާގެ ފަސް އަހަރުގެ ދައުރުގައި 1000 މީހުން ހިލޭ ހައްޖަށް ފޮނުވައިދޭނެ ކަމަށެވެެ. އަދި، މީހުން ހައްޖަށް ފޮނުވުމުގައި އަމިއްލަ ފައިސާއިން ހައްޖަށް ދިއުމަށް ނުކުޅެދިފައިވާ ނިކަމެތިންނަށް އިސްކަން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ގާނޫނީ ބާރުލިބިފައިވާ އިދާރާއެއް އުފައްދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.އޭގެ ސަބަބުން، ޒަކާތު ފަންޑު ވަރުގަދަކުރެވި، ޒަކާތު ފަންޑުން ޝަރީއާ ހުއްދަދޭ އެކި ދާއިރާތަކަށް އިންވެސްޓް ކުރެވޭނެ ގޮތް މަގުފަހިވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.އެ ޒަކާތު ފަންޑު ބޮޑު ކުރުން ބޭނުމަކީ. ޒަކާތު ފަންޑުން ޝަރީއާ ހުއްދަދޭ ކޮންމެ ކަމަކަށް ވެސް އިންވެސްޓް ކުރުމުގެ ފުރުސަތު އޮތުންކަމަށް ވެސް ވިދާޅުވިއެވެ. އެ ކަމުގެ ސަބަބުން ސީދާގޮތުން ރައްޔިތުންނަށް ނަފާވާނެކަމަށް ވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ ރަށްތަކަށް މުއިއްޒު ވަނީ ގިނަ ވައުދުތަކެއް ވެ ވަޑައިގަންނަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ