މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒް ވާހަކަ ދައްކަވަނީ
ހަބަރު
19 Aug 2023 | 10:37
ސަރުކާރުން ދެވަނަ ދައުރެއް އެދެމުން އެދަނީ ފުރަތަމަ ދައުރުގެ ވައުދުތައް ފުއްދުމަށް: އިމްތިޔާޒް ފަހުމީ

މިހާރުގެ ސަރުކާރުން ދެވަނަ ރިޔާސީ ދައުރެއް ދިނުމަށް ރައްޔިތުންގެ ކިބައިން އެދެމުން އެދަނީ އަދި ފުރަތަމަ ދައުރުގެ ވައުދުތައް ފުއްދުމަށް ކަމުގައި ވިދާޅުވެ އެމްޑީޕީގައި އިސްކޮށް ކުރިން ހަރަކާތްތެރިވި، އަދި މިހާރު ދަ ޑިމޮކްރެޓްސްގައި ހުންނެވި އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ. 

އެ ބޭފުޅާ މިފަދައިން ވިދާޅުވީ މިހާރު ކުރިއަށްދާ ދަ ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. 

އެގޮތުން އިމްތިޔާޒް ވިދާޅުވީ އެމްޑީޕީން މީގެ ކުރިން ވެފައިވާ މައިގަނޑު ބޮޑެތި ވައުދުތައް ފުއްދުމަށް ކަމަށާއި މިއީ ހެއްވާ ޒާތުގެ ކަމެއްކަމުގައި ވިދާޅުވެ އިމްތިޔާޒް ވަނީ ސަރުކާރާ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. 

އަދި މީގެ އިތުރުން އިމްތިޔާޒް ފާހަގަ ކުރެއްވި ގޮތުގައި ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ސިޔާސީގޮތުން އެއްވެސް ކަމެއް ހާސިލް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން އެއީ ކެމްޕެއިން ހަރާކާތެއް ކަމަށާއި އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެެ.

އަދިވެސް ރައީސް ޞާލިހަށް ފާޑުވިދާޅުވަމުން އިމްތިޔާޒް ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި 4 އަހަރުގެ ދައުރެއްވެސް ދިގުކަމުގައި ވިދާޅުވި ބޭފުޅަކު އިތުރު ދައުރެއް ބޭނުންވެ ވަޑައިގެން އުޅުއްވުމަކީ ހުތުރު ކަމެއްކަމުގައެވެ. 

ހަމައެއާއެކު އިމްތިޔާޒް ވިދާޅުވީ، ދައުލަތު ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރައްވަމުން ރައީސް ޞާލިޙް އިތުރު ދައުރެއް ލިބިވަޑައިގަންނަވާތޯ މަސައްކަތް ކުރައްވާތަން ފެނިވަޑައިގަަންނަވާކަމުގައެވެ. 

ހުތުރު ގޮތަކަށް ކެމްޕެއިން ގެ ކަންތައްތައް ކުރިއަށް ގެންދަވާ، އިދިކޮޅު ފަރާތްތަކާ އެހާ ފުރަސާރަ ކުރައްވާ، ދައުލަތުގެ ވަސީލަތްތައް ނަމަ ގޮތުގައި ބޭނުން ކުރައްވަމުން އިތުރު ދައުރެއް ލިބިވަޑައި ގަންނަވާތޯ އުޅުއްވާ މަންޒަރު މި ފެންނަނީ

އިމްތިޔާޒް ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން އިމްތިޔާޒް ގެ ވާހަކަފުޅުގައި ވިދާޅުވީ، 2018 ގައި އެމްޑީޕީގެ ވެރިކަމެއް ގެނައުމަށް ކެނޑިނޭޅި އެންމެ ގަދަޔަށް މަސައްކަތް ކުރެއްވި ފަރާތްތައް މި ސަރުކާރުން ވަޒީފާއިން ވަކިކުރަމުން އެ ގެންދަނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވާތީ ކަމުގައެވެ. 

އެހެން ނަމަވެސް 2018 ގައި އެ ފަރާތްތަކުން މަސައްކަތްކުރެއްވީ އެމްޑީޕީގެ ވެރިކަމެއް ގެނައުމަށް ކަމަށާއި ރައީސްއަށް ދެވަނަ ދައުރެއް ހޯދައި ދިނުމުގެ ވާހަކަ އެއްވެސް ބޭފުޅަކު ދައްކަވައިފައި ނުވާނެ ކަމުގައި އިމްތިޔާޒް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.