ދިއްގަރުގައި ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
19 Aug 2023 | 11:26
މަސް ކިލޯއެއްގެ އަގު 20 ރުފިޔާގައި ހިފަހައްޓާނަން: ޑރ މުއިއްޒު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުވާނެގޮތަށް ހިފަހައްޓަވާނެކަމުގެ ޔަގީން ކަން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ދެއްވައިފި އެވެ.

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ މ ދިއްގަރުގައި ބޭއްވި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ރައީސް ޔާމީން ޚާއްސަ އިސްކަމެއް ދެއްވާ، ކޮޅަށް ޖައްސަވަން މަސައްކަތް ކުރައްވާ ސިޔާސަތެއް ކަމަށެވެ.

ރައީސް ޔާމިނުގެ މެނިފެސްޓޯގައި ވެސް މަސްވެރިކަމަށް ޗެޕްޓަރެއް ޚާއްސަ ކުރައްވާފައިވާ ކަމަށާއި، އޭގައި ހުރި ކަންކަން ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން ޑރ މުއިއްޒު ވިދާޅުވި އެވެ.

މަސް ކިލޯއެއް މިހާރު ގަންނަމުންދަނީ އެކަށީގެންވާ އަގެއްގައި ނޫންކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ މަސް ކިލޯއެއްގެ އަގު 20 ރުފިޔާގައި ހިފަހައްޓަވާނެ ކަމަށެވެ. އަދި އެ އަގު ވެއްޓުނަ ނުދެއްވާ ބޮޑު ކުރުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.  

ޑރ މުއިއްޒު ދިއްގަރު ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދައްކަވަނީ.

ޑރ މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ދިއްގަރުގައި ކޮށްދެއްވާނެ މުހިންމު ކަންކަމަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން މި ރަށުގައި މިހާރު ފަށާފައިވާ ބައެއް މަޝްރޫއުތައް، އޭގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫއު، ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން ސުކޫލަށް ބޭނުންވާ ޓީޗަރުން ހަމަކުރުމާއި ކުނި މެނޭޖުކުރުން ފަދަ އަސާސީ ކަންކަން ކަށަވަރުކުރައްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެ ވަޑައިގަންނަވާނީ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންނާއި ގާތުން މަސައްކަތްކުރައްވާ ލީޑަރަކަށް ކަމަށެވެ. ތަރައްގީގެ މަޝްރޫއުތަކަކީ ރައްޔިތުންނަށްޓަކައި ހިންގާ މަޝްރޫއުތަކެއް ކަމުން، އެ މަޝްރޫއުތައް ހިންގާނީ ރައްޔިތުންގެ ތާއީދާއި އެކުގައި ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.