މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒް ފަހުމީ
ހަބަރު
19 Aug 2023 | 14:02
ރައީސް ދެވަނަ ދައުރެއް އެދެނީ ވައްކަން ކުރެއްވުމަށް: އިމްތިޔާޒް ފަހުމީ

ރައީސް ޞާލިހަށް ދެވަނަ ރިޔާސީ ދައުރެއް ލިބިވަޑައިގެންފިނަމަ ސިޔާސީގޮތުން ހާސިލްކުރާއްވާނެ އިތުރު އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވަނީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ވައްކަމުގެ ސަރުކާދަ ޑިމޮކްރެޓްސް ގެ ލީޑަރޝިޕްގައި މަސައްކަތްކުރައްވާ އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ. 

މއިަދު ދަ ޑިމޮކްރެޓްސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމްތިޔާޒު ވިދާޅުވީ، ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮަޑަށް ވިއްކެވީ ކުރީގެ ސަރުކާރުން ހިންގައިފައިވާ ޚިޔާނާތުގެ މައްސަލަތައް ބެއްލެވުން ކަމުގައްޔާއި އެހެންނަމަވެސް ފަސްއަހަރުގެ ދައުރު ނިމުން އިރުވެސް އެކަމުގެ ނަތީޖާއެއް ނުފެނުން ކަމުގައެވެ.

މިއީ ރައްޔިތުން ކަންބޮޑުވާ ކަމެއް، ދެވަނަ ދައުރެއް ދެއްވައިފިނަމަ ވައްކަން އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމަށާ އަޅުގަނޑުމެންނަށްވެސް ތުހުމަތު އެބަ ކުރެވޭ

އިމްތިޔާޒް ވިދާޅުވިއެވެ. 

އެގޮތުން މިސަރުކާރުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް ހަދުފަހަނަ އަޅާ މިންވަރަށް ގޮއްސައިވާކަމަށާއި އެގޮތުން ވެންޓިލޭޓަރުގެ މައްސަލައަށް ވެސް ވީނުވީއެއް ނޭނގޭ ކަން ފާހަގަ ކުރައްވައި އިމްތިޔާޒް ވަނީ ސަރުކާރާއި ބައްދަލުވާ ކޮންމެ ފަހަރަކު އެކަންކަމާއި ގުޅޭގޮތުން ސުވާލު ކުރެއްވުމަށް ނޫސްވެރިންނަށް ގޮވާލައްވައިފައެވެ. 

އަދި ހަމައެއާއެކު ސަރުކާރާއި ގުޅުންހުރި ބޭބޭފުޅުންގެ މައްސަލަތަކަށް ވާނުވާއެއް ނޭނގޭކަމަށާއި އެފަދަ ބައެއް ބޭފުޅުންނަށް ކުރެއްވުމަށް ފޮނުވައިފައިވާ ދައުވާތަކަށް ވާނުވާއެއް ނޭނގި ސަރުކާރުގެ އެކި މަގާމުތަކުގައި ބައިތިއްބައިގެން ކެމްޕެއިންއަށްވެސް ވަޑައިގަންނަވަނީ އެ ބޭބޭފުޅުން އަރިހުގައި ބައިތިއްބައިގެން ކަމުގައި ވިދާޅުވެ އިމްތިޔާޒް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. 

އަދި މީގެ އިތުރުން 2017 ގައި ނަދީމުގެ މަރުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ބަޔަކަށް ފެނަކައިން މަތީ ވަޒީފާތައް ދިނުމުގެ މައްޗަށް އަލި އަޅުއްވާ އިމްތިޔާޒް ވިދާޅުވީ، ޚިޔާނާތުގެ މައްސަލަތަކުގައި ތިބޭ މީހުންނަށް ވަޒީފާތައް ދީ ވަޒީފާގައި ބައިތިއްބަން ޖެހޭ ފަރާތްތައް ވަޒީފާއިން ވަކިކުރާ ކުރުމުން ސަރުކާރުގެ ބޭއިންސާފެއް ނެތް މިންވަރު ހާމަވަމުންދާ ކަމުގައެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެ ޕާޓީ ބައިބައިވެ އުފެދުނު ދަ ޑިމޮކްރެޓްސްގެ އިސްސަފުގައި ހުންނެވީ އެމްޑީޕީގެ ކުރީގެ ރައީސް މުހަންމަދު ނަޝީދެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި އިލިޔާސް ލަބީބު ވާދަކުރައްވާއިރު އެ ޕާޓީން އަންނަނީ ރިޔާސީ ކެމްޕޭންގެ ހަރަކާތްތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.