އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން
ހަބަރު
23 Aug 2023 | 11:29
މުއްދަތު ހަމަވެފައި ހުރި އައިވީ ގުޅި މައްސަލަ އެޗްއާރްސީއެމުން ބަލަނީ!

ގދ. ގައްދޫ ސިއްހީ މަރުކަޒުގައި މުއްދަތު ހަމަވެފައި ހުރި އައިވީ ކުޑަކުދިންތަކަކަށް ގުޅި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް [އެޗްއާރްސީއެމް] އިން ބަލަން ފަށައިފި އެވެ.

އެޗްއާރްސީއެމުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ގައްދޫ ސިއްހީ މަރުކަޒުން ހަތަރު ކުޑަކުއްޖެއްގެ ގަޔަށް މުއްދަތު ހަމަވެފައިވާ އައިވީ ދިން ކަމަށް ބުނާ މައްސަލަ ފެންމަތިވެފައިވާތީ އެ ކަންތައް ހިނގި ގޮތް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ ކުޑަކުދިންތަކެއްގެ ސިއްހަތާ ގުޅުންހުރި ކަމަކަށް ވާތީ އެ ކޮމިޝަނުން ވަނީ އެކަމާއި މެދު ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި މި ކަމުގައި އިހުމާލުވެފައިވާ މީހުން ހޯދާ މިފަދަ ކަމެއް ތަކުރާރު ވިޔަނުދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ހެލްތު މިނިސްޓްރީ އާއި ކަމާ ގުޅުންހުރި އިދާރާތަކަށް ވަނީ ގޮވާލާފަ އެވެ.

އެޗްއާރުސީއެމުން މިކަމަށް ގޮވާލާފައިވާއިރު މުއްދަތު ހަމަވެފައިހުރި އައިވީ ގުޅި މައްސަލައިގައި ގައްދޫ ސިއްހީ މަރުކަޒުގެ ހަތަރު މުވައްޒަފަކު ގޭގައި މަޑުކުރުމަށް އަންގާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. ނަމަވެސް ވޮއިސް އަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލުން ވަނީ އެކަން ދޮގު ކޮށްފައެވެ. 

ގދ. ގައްދޫ ސިއްހީ މަރުކަޒުގައި މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންތަކަކަށް ދިން މައްސަލައެއް ފެންމަތިވެ، އެރަށުގެ ގިނަ އަދަދެއްގެ މީހުންވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

އެ ރަށު ސިއްޙީ މަރުކަޒުން މިދިޔަ މަހު މުއްދަތު ހަމަވެފައިވާ އައިވީތަކެއް ދީފައިވަނީ 4 އަހަރުގެ ކުއްޖެއްގެ އިތުރުން 2 އަހަރުން ދަށުގެ ދެކުއްޖަކަށްށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.