މުއިއްޒު ހޮޅުދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
24 Aug 2023 | 19:43
މި ސަރުކާރަށް 5 އަހަރުން ހޮޅުދޫގައި ފެން އަޅާ ނުދެވުނީމަ ހައިރާނެއް ނުވޭ: ޑރ މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް 5 އަހަރު ދުވަހުގެ ތެރޭގައި ހޮޅުދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމާނުލެވުނީތީ ހައިރާންވެވަޑައި ނުގަންނަވާ ކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ނ އަތޮޅަށް އެމަނިކުފާނު ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫއަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

ޑރ މުއިއްޒު ވިދާޅުވީ ހޮޅުދޫއަކީ ރައީސް ޔާމިނުގެ ޒައާމަތުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ރަށެއްކަމަށް ރައްޔިތުން ބުނަމުންދާ ކަމަށެވެ. 

އެހެން ނަމަވެސް ރައީސް ޔާމިނުގެ ވެރިކަން ބަދަލުވެ ރައީސް ޞާލިހުގެ ވެރިކަމާއި ހިސާބުން މި ފަސް އަހަރު ހޮޅުދޫގެ ތަރައްގީ ދިޔައީ ފަހަތަށް ކަމަށާއި، އެއީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ހަގީގަތުގައި މި ސަރުކާރަށް 5 އަހަރުގެ ތެރޭގައި ރަށެއްގައި ފެނުގެ ނިޒާމު ގާއިމުނުކުރެވިގެން އުޅޭކަމަށް ބުނުމުން ހައިރާންވެވަޑައި ނުގަންނަވާ ކަމަށެވެ.

އެއީ މާލޭގައި ހަދާ އަމީނީ މަގުގެ މަސައްކަތް އަވަސްކުރުމަށް ކަމަށް ބުނެ މާލޭ ސިޓީކައުންސިލްގެ އަތުން އަތުލާ ސަރުކާރުގެ މަގުހަދާ ކުންފުނި އާރުޑީސީއާއި ހަވާލުކުރި ފަހުން ދައުރު ނިމެންދާއިރު، މިހާތަނަށް އެ މަސައްކަތް ވެސް ނިންމާލެވިފައި ނުވާތީކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"ހައިރާނެއް ނުވޭ 5 އަހަރުތެރޭ މަޝްރޫއެއް ނުނިމުނީމަ، މާލެއިން އަޅުގަނޑުމެންނަށް އެބަ ފެނޭ އަމީނީ މަގު ނުނިމިގެން އުޅޭތަން ވެސް. އެހެންވީމަ ހައިރާނެއް ނުވޭ މި ދާ ގޮތެއް" 

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒު ވިދާޅުވީ ހޮޅުދޫގެ ރައްޔިތުން އެދޭ ތަރައްގީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. 

ޑރ މުއިއްޒު ވިދާޅުވީ ރައްޔިތުންނާއި ގުޅުންހުރި ތަރައްގީގެ ކަންކަން ކުރިއަށް ގެންގޮސްދިނުމުގެ މަސައްކަތް ހަވާލުކުރާނީ ނަތީޖާ ނެރެދީފައި އޮތް ބަޔަކާތޯ ނޫނީ މިހާރުވެސް މިދާ ގޮތަށް ކަންކަން ކުރާ ބަޔަކާތޯ ނިންމާނީ ރައްޔިތުން ކަމަށެވެ. 

އެހެން ނަމަވެސް، 5 އަހަރު ދުވަހަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކުރުމަށް އެކަށީގެންވާ މުއްދަތެއް ކަމަށާއި، އެކަން ނުކުރެވި މަޝްރޫއުތައް ލަސްވެގެން ދިއުމަކީ ރަތައްގީގެ ވިސްނުމުން ބަލާއިރު، ދޫކޮށްލައިގެން ތިބެވޭ ވަރަށްވުރެ މާ ބޮޑުކަމެއްކަމަށް މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒުގެ ވެރިކަމުގައި ހޮޅުދޫގައި ހިންގާނެ ބައެއް ކަންކަން:

1. ފެނުގެ ނިޒާމުގެ މަސައްކަތް ނިންމުން

2. ހޮޅުދޫގައި ބޮޑު ސުކޫލެއް އަޅެން 

3. ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުން 

4. ހޮޅުދޫގެ މަގުހެދުމުގެ މަޝްރޫއު ނިންމުން 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.