މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފު)
ހަބަރު
25 Aug 2023 | 20:13
އިންޑިޔާއާއި ދެކޮޅަށް ފަތުރަނީ ނުރައްކާތެރި ޕްރޮޕެގެންޑާ ތަކެއް؛ ރާއްޖޭގެ ސަލާމަތަށްވެސް އަސަރުކުރާނެ: ޝަރީފު

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ހަނި ވިސްނުން ގެންގުޅޭ ލީޑަރުން ތަކެއް، އަވަށްޓެރި އިންޑިޔާއާއި ގުޅިގެން ނުރައްކާތެރި ޕްރޮޕެގެންޑާ ތަކެއް ފަތުރަމުންދާ ކަމަށާ، އޭގެ ސަބަބުން ދިވެހިރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޕެއިންގެ ތެރެއިން، އަދުގެ ސަރުކާރާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމަށް ބައެއް ކެންޑިޑޭޓުން ފާޑުވިދާޅު ދައްކަވަމުންދާ ވާހަކަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މަވޯޓާ ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އިދިކޮޅު އެއްވެސް ކެންޑިޑޭޓެއްގެ ހަމަހަމަ ހަރުދަނާ ޚާރިޖީ ސިޔާސަތެއް ނެތް ކަމަށެވެ. 

އަދި ކެންޑިޑޭޓުންގެ ހަމައެކަނި ކުރަމުންދާ މަސައްކަތަކީ ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގާތް ގުޅުން ފުނޑުފުނޑު ކޮށްލަން ކުރާ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، އެ ކެންޑިޑޭޓުން، ދިވެހި ޤައުމިއްޔަތުގެ ނަމުގައި އިންޑިޔާ އާއި ދެކޮޅަށް ފަތުރަމުންދާ ޕްރޮޕެގެންޑާގެ ސަބަބުން އިންޑިޔާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުން ހީނަރު ވުމުގެ އިތުރުން، އެކަމުގެ ނޭދެވޭ އަސަރު، ސަރަހައްދީ ހަމަޖެހުމާއި، ސަލާމަތާއި، އަދި ކުރިއެރުމަށްވެސް ކުރާނެ ކަމަށެވެ. 

އަދި އެފަދަ ހަނި ވިސްނުންތަކެއް ގެންގުޅޭ ސިޔާސީ ލީޑަރުންތަކެއް ދިވެހިރާއްޖޭގެ ވެރިކަމަށް އައުމަށް މަސައްކަތްކުރަމުންދިއުމަކީ ހިތާމަވެރިކަމެއް ކަމަށާ، އެ ބޭފުޅުން ގެންދަނީ ނުރައްކާތެރި ވިސްނުންތަކެއް ފަތުރަމުންކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއާއެކު، ވަގުތީ ސިޔާސީ ބޭނުމެއްގައި، ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ އިގްތިސާދީ ބައިވެރިޔާ އަދި ތަރައްގީއަށް އެހީތެރިކަން ފޯރުވަމުންދާ ގައުމާއި ދެކޮޅަށް، އިދިކޮޅު ކެންޑިޑޭޓުން ފަތުރަމުން ދަނީ ނުރައްކާތެރި ވާހަކަތަކެއް ކަން ފާހަގަކުރައްވައި ޝަރީފް ވަނީ އޭގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދާއި ސަލާމަތައްވެސް ބޮޑެތި އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jul 2026
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދަން ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ
މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
11 Jul 2026
މުސަރައާއި އިނާޔަތްތަކަށް ކުރި ހޭދަ އާއެކު މިއަހަރު ކުރި ހަރަދުތައް އިތުރުވެއްޖެ
ފިނޭންސުގެ ރިޕޯޓަށް ބަލާއިރު، ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެއްކަމަށް ދެކޭކަމަށް ފިނޭންސުން ބުންޏެވެ
11 Jul 2026
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް މައްސަލާގައި ފަސް މީހަކަށް ދައުވާ
މި މައްސަލާ ގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
11 Jul 2026
ޕަރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ، އަދިވެސް އެމްބާޕޭއާ ޖަދަލުކުރުމުގައި
އަމަރެއްލާ ބުނީ އެމްބާޕޭ ދެއްކި ވާހަކަތަކަށް މައާފަށް ނޭދޭނަމަ އާނާވެސް ކޯޓަށް ދާނޭކަމަށެވެ
11 Jul 2026
ފްލެޓާއި ގޯތި ހަމަޖައްސައިދޭނޭ ބުނެ، އޮޅުވާލައިގެން ފައިސާ ހޯދަނީ
މި މައްސަލަ ތަހްގީގްކުރަން ފެށީ ފުލުހުންގެ ސަމާލުކަމަށް މައްސަލަ އައުމުންކަމަށް ފުލުހުން ބުންޏެވެ
11 Jul 2026
އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަދުވަސް
ކޯހަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތައް މި ސްކޮލަރޝިޕްގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ދަރިވަރު ކުރަންޖެހޭ އެހެނިހެން ހަރަދުތައް ހިމެނެއެވެ
11 Jul 2026
އެމްޑީޕީގެ ފަލްސަފާ ޤަބޫލުކުރި ދުވަސްތައް މާޒީވެ ހިނގައްޖެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައިސް ދެން ކަންތައްވީގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ
11 Jul 2026
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް
ޕީއެންސީން މިއަދު ކުރިއަށްގެންދާ އެޕާޓީގެ އެތެރޭގެ އިންތިހާބު މިއަދު ހަވީރު 16:00 ޖެހުމާ ހަމަޔަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ