ގާސިމް އޮމަދޫގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ ޖޭޕީ
ހަބަރު
26 Aug 2023 | 15:50
މިވީ 15 އަހަރުން އެންމެ ދެ އަހަރު ފިޔަވައި، ސަރުކާރުތަކުން ފެނިގެން ދިޔައީ ދަށު ދަރަޖައިގެ ޢަމަލުތައް: ގާސިމް

2008 ވަނަ އަހަރުން ފެށިގެން މިވީ 15 އަހަރުގެ ތެރޭގައި، ޖުމްހޫރީ ޕާޓީގެ އެހީތެރި ކަމާއި އެކު އައި ހުރިހާ ސަރުކާރެއްގެ ފަރާތުންވެސް ފެންނަމުންދަނީ ހަޑި ހުތުރު ޢަމަލުތައް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް އދ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އޮމަދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، އޭނާގެ ސިޔާސީ ހަޔާތް ގާތްގަނޑަކަށް 1984 ގައި ފެށުނީއްސުރެ ވެސް ކުރައްވަމުން އަންނަނީ އިސްލާހީ މަސައްކަތް ކަމަށެވެ. 

ދިވެހިރާއްޖޭގެ އައު ގާނޫނު އަސާސީ އާއި އެކު 2008 ވަނަ އަހަރުން ފެށިގެން އަދާއި ހަމައަށް ވީ 15 އަހަރުގެ ތެރޭގައި އައި ކޮންމެ ސަރުކާރެއްވެސް ގެނައުމަށް ގިނަ މަސައްކަތް ތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. 

އަދި އެވީ 15 އަހަރުގެ ތެރެއިން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަން ފިޔަވައި ދެން އައި ހުރިހާ ވެރިކަމެއްގައި ވެސް އޭނާ އޭނާ އާއި މެދު ކަންތައްތައް ވެފައި ވަނީ ވަރަށް ދެރަ ގޮތަކަށް ކަމަށް ވިދާޅުވިއެވެ. 

"އަބަދުވެސް ކޮންމެ ސަރުކާރަކުންވެސް މި ދިމާވަނީ ވަރަށް ދެރަވަރުކޮށް، ހާއްސަކޮށް ދެރަވަރު ނޫން ގޮތަށް އަޅުގަނޑުުމެން ފާހަގަކޮށްލަން އޮތީ ހަމަ ދެ އަހަރު މީގެ ތެރެއިން، ވޭތުވެގެންދިޔަ 15 އަހަރު ތެރޭގައި.". 

ގާސިމް އިބްރާހިމް 

ގާސިމް ވިދާޅުވީ، ޑރ. ވަހީދުގެ ވެރިކަމުގެ ދެ އަހަރު ފިޔަވައި ދެން އައި 13 އަހަރު ފެނިގެން ގޮސްފައި ވަނީ ވަރަށް ނިކަމެތި ދަށު ދަރަޖައިގެ އަމަލުތައް ކަމަށާ، އެގޮތުން ރައްޔިތުންގެ ހައްގުތަކަށް އަރާ ފައިސާ އާއި މުދަލަށް އެކި ގޮތްގޮތަށް ބޭނުން ކުރަމުންދާތަން ފެންނަމުންދާ ކަމަށެވެ.

އަދި އަދުގެ ސަރުކާރުން ވެސް ކެންޕެއިން ގެ ނަމުގައި ދެވަނަ ދައުރެއް ހޯދުމަށް ކުރަމުންދަނީ ވިޔާނުދާ ހަޑި ހުތުރު އަމަތުތައް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ދައުލަތު މުވައްޒަފުންނާއި މުދާ ބޭނުންކޮށްގެން ސަރުކާރުން ރިޔާސީ ކެމްއިންތައް ފުޅާ ކުރަމުންދާ ކަމަށެވެ. އަދި ބޭނުމެއް ނެތްހާ މީހުންނަށް ވަޒީފާ ދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ. 

"މިއަދު ތާއިދު ހޯއްދެވުމުގެ ގޮތުން ކޮންމެހެން ދެވަނަ ދައުރަކަށް އައުމުގެ ބޭނުމުގައި ސަރުކާރުން މި ކެމްޕެއިންގެ ތެރޭގައި ކުރަމުންދާ ގިނަ ކަންތައްތަކަކީ ވިޔާ ނުދާ ހަޑި ހުތުރު އަމަލު".

ގާސިމް އިބްރާހިމް 

ގާސިމް ވިދާޅުވީ އިންތިހާބާ ދިމާކޮށް އެ ދެމުންދާ ވަޒިފާތަކަށް ނަގާ މީހުން އިންތިހާބަށް ފަހު، ބަޖެޓްގައި ފައިސާ ނެތް ކަަމަށް ބުނެ ލ ވަކި ކުރަމުންދާނެ ކަމަށެވެ.

ކޮމެންޓް
ނަހުލަށް
އެންމެ ދަށުދަރަޖައުގަ ވަނީ އަނބިދޮންކަމަނަގެ ވުޒާރާ. ބާކި އޮތް ދެމަހަށް ހަވާލުވާންވީނު!!
26 Aug 2023
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.