ކިނބިދޫގައި ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ކިނިބިދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
27 Aug 2023 | 18:34
ބޭންކުތަކުން ނެގި ލޯނުތައް ދެއްކޭނެ ކަމުގެ ޔަޤީންކަން އެބައޮތް: ރައީސް ޞާލިޙް

ބޭންކުތަކުން ނަގައިފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ.ކިނބިދޫއަށް ވަޑައިގެން ކިނިބިދޫ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހުވެސް ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމުގެ މަސައްކަތް ފެއްޓެވި ކަމަށާއި ދައުލަތުގައި އޭރު ފައިސާ ނެތް ކަމަށެވެ.

އަދި ރިޒާވްގައި ފައިސާއެއް ހުރިނަމަ އެފައިސާއެއް ހަރަދުކުރަންޖެހުނީ ޖީއެމްއާރްގެ އާބިޓްރޭޝަންގެ މައްސަލައަށް ކަމަށާއި ރިޒާވުން 200 އެތައް މިލިއަން ޑޮލަރެއް އެކަމަށް ދޭން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ. ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ރިޒާވްގައި ހުރީ މަދުއެއްޗެއް ކަމަށާއި، ހެޔޮއެދޭ ޤައުމުތަކުން ލިބުނު ފައިސާއާއި އެކީގައި މަސައްކަތް ފެއްޓެވި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މަސައްކަތް ފަށައިގަތް ތަނުން ކޮވިޑްގެ ވަބާ ކުރިމަތިވެވަޑައިގަތް ކަމަށާއި  އިޙްސާސްކުރަން ދަތި އެތައް އުނދަގޫ ތަކެއް ކުރިމަތިވިކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ ހުއްޓުމަކަށް އައި، އަޅުގަނޑުމެން ލޮލަށް ނުފެންނަ ސޫތްޕެއް، އެހެން ނަމަވެސް އަޅުގަނޑުމެން އެކަން އިރާދަކުރެއްވިޔާ ހުރަސްކޮށް މިއަދު މިއޮތީ އަނެއްކާވެސް ހަމަޖެހުމުގެ ނޭވާއެއް ލެވިފަ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ދަނޑިވަޅުތަކުގައި ކަންކުރަން އޮންނަނީ ދެގޮތަކަށް ކަމަށާއި އެއްގޮތަކީ މުސާރަތައް ކުޑަކޮށް ވަޒީފާއިން މީހުން މަދުކޮށް ޚަރަދު ކުޑަކުރުން ކަމަށާއި، ދެވަނަ ގޮތަކަށް އޮންނަނީ ފައިސާ ހޯދައިގެން ޕްރޮޖެކްޓްތައް ހިންގުމާއި މުސާރަ ދިނުމާއި އިކޮނޮމީ ހިންގުން ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ނިންމީ ދެވަނަ ގޮތް ކަމަށެވެ.

"އެގޮތް ނިންމީވެސް ތަޖުރިބާގެ އަލީގައި، 2008ވަނަ އަހަރު އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ސަރުކާރުގަ މުޅު ދުނިޔެއަށް އައި ފައިނޭންޝަލް ކްރައިސިސް، އަޅުގަނޑުމެންގެ އޭރުގެ ސަރުކާރުން ނެގި ޑިޒިޝަން، އޭރުގެ ފައިނޭންޝަލް މިނިސްޓަރާއި އޭރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ނިންމެވީ ޚަރަދު ކުޑަކުރުމަށް، މީހުން ވަޒީފާއިން ވަކިކުރުމަށް، މުސާރަ ކުޑަކުރުމަށް، އޭގެ ދަތި އުނދަގޫ ރައްޔިތުންނަށް އިންތިހާއަށްފޯރި" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ 2019 ވަނަ އަހަރު ކޮވިޑްގެ ދުވަސްވަރު ނިންމުން ނިންމެވީ އެތަޖުރިބާގެ އަލީގައި ކަމަށެވެ.

ރައީސް ވިދާޅުވީ ޚަރަދު ކުރުމަށް ނިންމައި އެގޮތައް މަސައްކަތްތައް އެބަހުރި ކަމަށާއި، އަދިވެސް އެފަދަ ޤައުމުތަކުން އުޅެނީ އެކަންކަމުން އަރައިނުގަނެވިގެން ކަމަށެވެ.

"އަޅުގަނޑު ހިތުން އަޅުގަނޑަށް އެނިންމުނީ އެންމެ ރަނގަޅުގޮތް، ދުނިޔޭގެ ޤައުމުތަކުން އެއީ ކިހިނެއްވީ ކަމެއްތޯ ބަލައި އަޅުގަނޑުމެންނަށް އެބަ މަރުޙަބާކިޔާ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުން މިހާރު ފެންނަން މިހިރަ ބަނދަރުތަކާއި ފެނާއި ނަރުދަމާއާއި އިންޖީނުގެތަކާއި ސިއްޚީ ޚިދުމަތާއި ސްކޫލްތަކަށް މިއަންނަ ބަދަލުތަކަކީ އޭގެ ސަބަބުން ކުރެވުނު ކަންތައްތައް ކަމަށެވެ.

"އަޅުގަނޑު ހިތުން ބިންގަލެއް މިއޮތީ އެޅިފަ، ދެންދާންވީ ކުރިއަށް، އެހެންވެ އަޅުގަނޑުމެންގެ ކުރިއަށްއޮތް ދައުރުގެ މެނިފެސްޓޯގައި އިޤްތިޞާދީ ބޮދު ބަދަލެއްގެ ވާހަކަ މިދައްކަނީ، އެކަން ކުރެވޭނެ ގޮތްތައް އިންތިޒާމް ކޮށްފައި ހުރީމަ، އެދުވަހު އަޅުގަނޑުމެން ފައިސާ ހޯދީ މިކަންކަން ކުރަންވެގެން، އަނބުރާ އެފައިސާ  ބޭންކުތަކަށް ދެއްކޭނެ ކަމުގެ އިރާދަކުރެއްވިއްޔާ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންގެ އެބައޮތް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުން ދަރަނީގެ ވާހަކަ ދައްކަވައި ބަނގުރޫޓް ވެފައި އޮތް ވާހަކަ ދައްކަވަފައި ވަޢުދުތައް ވެ ވަޑައިގަންނަވަނީ ފައިސާ ހުރިކަން ނުވަތަ ލިބޭނެކަން ދެނެވަޑައިގަންނަވާތީ ކަމަށާއި، އެހެންނޫންނަމަ އެބޭފުޅުން އެހައްދަވަނީ އިތުރުފުޅުތަކެއް ކަމަށެވެ.

ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޞާލިޙާއި އެކު އެމަނިކުފާނުގެ ސަރުކާރުގެ ބައެއް ވަޒީރުންވެސް ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.