ކިނބިދޫގައި ބޭއްވުނު ޖަލްސާގައި ރައީސް ޞާލިޙް ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
28 Aug 2023 | 08:59
އިންތިޚާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ރާއްޖެ ހަލަބޮލިކަމަކަށް އަމާޒު ހިފާފާނެ: ރައީސް ޞާލިޙް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ރާއްޖެ ހަލަބޮލި ކަމަކަށް އަމާޒު ހިފައިފާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކިނިބިދޫގައި ދެއްކެވި ވާހަކަ ފުޅުގައެވެ.

ރައީސް ވިދާޅުވީ ވަރަށް ގިނަ ރަށްރަށަށް ވަޑައިގަނެވިއްޖެ ކަމަށާއި ހުރިހާ ރަށަކުންވެސް ފެންނަނީ އެމަނިކުފާނުގެ ސަރުކާރުން ގެންނަމުންދާ އިސްލާޙީ ހެޔޮ ބަދަލުތަކާއި އެކު ކުރިއަށްދާން ބޭނުންވާ ކަމުގެ މަންޒަރުތައް ކަމަށެވެ.

"އަޅުގަނޑުމެން ތެރޭގަ އުޅެފާނެ, ޕާޓީތެރޭގަ އުޅެފާނެ ޚިޔާޅުތަފާތުވެގެން އުޅުއްވާ ބޭފުޅުން އުޅެދާނެ، އަޅުގަނޑު އެދުމަކީ ކިނބިދޫގެ ރައްޔިތުންވެސް، އެޚިޔާލާ ފިކުރު އެކަހެރިކޮށް ރައްޔިތުންނަށް ޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނިކުމެ ވަޑައިގެން އަޅުގަނޑަށް ވޯޓުދެއްވުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އިންތިޚާބުގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ އެގޮތް ކަމަށެވެ.

"އެހެންނޫންނަމަ މި ދެވަނަބުރަކަށް ގޮސް އަނެއްކާވެސް ބޮޑު ހަލަބޮލިކަމަކަށް މިރާއްޖެ އަމާޒުހިފުމަކީ އެކަށީގެންވާކަމެއް، އެފުރުސަތު ނުދެއްވުން އެއީ ކޮންމެ ރައްޔިތަކު އެއާއި ދެތެރޭގައި ވިސްނާވަޑައިގަންނަވަންޖެހޭ ކަމެއް" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ކިނބިދޫގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވަނީ ދެން އަންނަ ދައުރެއްގައި ކިނބިދުއާއި ވޭމަންޑޫ ކޯޒްވޭ އަކުން ގުޅާލަ ދެއްވާނެ ކަމަށާއި، އެރަށުގެ ފުޓްސަލް ދަނޑު ނިންމަވައި ދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އެރަށު ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް އަޅައި ސްކޫލަށް ކްލާސް ރޫމް އިތުރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެރަށުގައި ހުންނަ ކުޅިވަރު އެރީނާ އަޕްގްރޭޑްކޮށް އިތުރު ވަސީލަތްތަކާއި ޚިދްމަތް ލިބޭނެ ގޮތް ހަދައި، ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި ދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.