ތިމަރަފުށީގައި ބޭއްވުނު ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
28 Aug 2023 | 09:02
ދެވަނަ ބުރަކަށް ގެންދަން އުޅެނީ ޑީލު ހަދައިގެން އޭގެން އަމިއްލަ ފައިދާ ހޯދަން: ރައީސް ޞާލިޙް

ބޭނުންފުޅުވެލައްވަނީ އިންތިޚާބު އެއްބުރުން ނިންމަވާން ކަމަށާއި އެމަންޒަރު މިހާރު އެބަ ފެންނަކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތ.އަތޮޅަށް ކުރައްވަމުން ގެންދަވަ ކެމްޕޭނު ދަތުރުފުޅުގައި  ރޭ އަތޮޅު ތިމަރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި އެކު ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންގެ ތެރޭގައި އެބަތިއްބެވި ކޮންމެހެން ވެރިކަމަށް އަންނަން ބޭނުންނުވާ ބައިބައިކޮށްލައި އިންތިޚާބު ދެވަނަ ބުރަކަށް ގެންދަން މަސައްކަތް ކުރާ ބޭފުޅުންތަކެއް އެބަތިއްބެވި، ބޭނުންވަނީ ދެވަނަ ބުރުގައި ކޮންމެވެސް ބަޔަކާއި ޑީލެއް ހަދައިގެން އަމިއްލައަށް އޭގެން ފައިދާތަކެއް ހޯދުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ތިމަރަފުށީަގައި ބޭއްވުު ޖަލްސާއަށް ރައީސް ވަޑައިގަތުން. ފޮޓޯ: އެމްޑީޕީ

ރައީސް ޞާލިޙް ވިދާޅުވީ އެފުރުސަތު ނުދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެއީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

"ބޭނުންވަނީ އެއްބުރުން މިކަން ނިންމަން، އިރާދަކުރެއްވިއްޔާ އެމަންޒަރު އަޅުގަނޑުމެންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އެބަފެނޭ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނީ ރާއްޖޭގައި މިހާތަނަށް އިންތިޚާބެއް ކާމިޔާބު ކުރާ އެންމެ ތަފާތުބޮޑު އަޣްލަބިއްޔަތުން" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

އަދި އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jul 2026
މުސަރައާއި އިނާޔަތްތަކަށް ކުރި ހޭދަ އާއެކު މިއަހަރު ކުރި ހަރަދުތައް އިތުރުވެއްޖެ
ފިނޭންސުގެ ރިޕޯޓަށް ބަލާއިރު، ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެއްކަމަށް ދެކޭކަމަށް ފިނޭންސުން ބުންޏެވެ
11 Jul 2026
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް މައްސަލާގައި ފަސް މީހަކަށް ދައުވާ
މި މައްސަލާ ގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
11 Jul 2026
ޕަރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ، އަދިވެސް އެމްބާޕޭއާ ޖަދަލުކުރުމުގައި
އަމަރެއްލާ ބުނީ އެމްބާޕޭ ދެއްކި ވާހަކަތަކަށް މައާފަށް ނޭދޭނަމަ އާނާވެސް ކޯޓަށް ދާނޭކަމަށެވެ
11 Jul 2026
ފްލެޓާއި ގޯތި ހަމަޖައްސައިދޭނޭ ބުނެ، އޮޅުވާލައިގެން ފައިސާ ހޯދަނީ
މި މައްސަލަ ތަހްގީގްކުރަން ފެށީ ފުލުހުންގެ ސަމާލުކަމަށް މައްސަލަ އައުމުންކަމަށް ފުލުހުން ބުންޏެވެ
11 Jul 2026
އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަދުވަސް
ކޯހަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތައް މި ސްކޮލަރޝިޕްގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ދަރިވަރު ކުރަންޖެހޭ އެހެނިހެން ހަރަދުތައް ހިމެނެއެވެ
11 Jul 2026
އެމްޑީޕީގެ ފަލްސަފާ ޤަބޫލުކުރި ދުވަސްތައް މާޒީވެ ހިނގައްޖެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައިސް ދެން ކަންތައްވީގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ
11 Jul 2026
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް
ޕީއެންސީން މިއަދު ކުރިއަށްގެންދާ އެޕާޓީގެ އެތެރޭގެ އިންތިހާބު މިއަދު ހަވީރު 16:00 ޖެހުމާ ހަމަޔަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ
11 Jul 2026
ޓެސްޓުގެ ނަތީޖާ އަނބުރާ ލިބުމުން ދެން ކަންތައްކުރާނީ ކިހިނެތް؟
ޓެސްޓް ޕޭޕަރުން ލިބޭ މާކުހަކީ މުހިންމު އެއްޗަކަށް ވީނަމަވެސް، އެއީ ކުއްޖާގެ އުނގެނުމުގެ އެންމެ ފުރިހަމަ ތަސްވީރެއް ނޫނެވެ. ކުދިން ޓެސްޓު ކަރުދާސް ހިފައިގެން ގެއަށް އައުމުން ބެލެނިވެރިންނަށް ކަން ކުރެވޭ ގޮތަކުން ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ.