ޑރ. ޝަހީމް ޢަލީ ސަޢީދު ތިނަދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ޕީޕީއެމް
ހަބަރު
28 Aug 2023 | 09:49
ހެއްކާއިއެކު ޝަހީމް ހާމަކޮށްދެއްވީ އަދުގެ ސަރުކާރުން ތިނަދޫއަށް އިހުމާލު ވެފައިވާ މިންވަރު!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މިސަރުކާރުން ގދ. ތިނަދޫއާއި މެދު ވެފައިވާ އިހުމާލުތައް، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރ ޑރ. ޝަހީމް ޢަލީ ސަޢީދު ހާމަކޮށްދެއްވައިފިއެވެ. 

ތިނަދޫގައި އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ޝަހީމް ވިދާޅުވީ ތިނަދުއަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވަރަށް އިސްކަމެއް ދެއްވައިގެން ތަރައްގީ ކުރެއްވި ރަށެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ޒަޢާމަތުގައި ތިނަދޫގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް މިހާރު ފެންނަނީ އެ ވީރާނާވާން ދޫކޮށްލާފައި ތަން ކަމަށްވެސް ވިދާޅުވި އެވެ.

އެގޮތުން ތިނަދޫގައި ގާއިމްކުރި އިސްލާމީ މަރުކަޒަކީ މުޅި ހުވަދު އަތޮޅުގައި ހުންނަ އިސްލާމިކް ޔުނިވާސިޓީގެ ގޮތްޕެއް ކަމުގައި ހެދުމަށް އޭރު ނިންމުނު ކަމަށާ، އެހެން ނަމަވެސް މިހާރު އެތަނަށް އެއްވެސް ވަރަކަށް އަޅާނުލާ ކަމަށް ޝަހީމް ވިދާޅުވި އެވެ. 

"ރައީސް އޮފީހުން މިކަމަށްޓަކައި 2018 ވަނައަހަރުގެ މެދެއްހާތަނުގައި އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީއެއް އިސްލާމިކް ޔުނިވާސިޓީގައި އޮންނާނެ. އެ ސިޓީގައި އޮންނާނީ އިސްލާމިކް މަރުކަޒު ހަދާ ނިމުމުން އެތަނުގެ ތަޅުދަނޑިތައް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަށް ހަވާލުކުރުމަށް. މި ސަރަހައްދުގައި ހުރި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މައި މަރުކަޒު ކަމުގައި އެތަން ހެދުމަށް ޔާމީން ވަނީ ނިންމަވާފައި. ފަސް އަހަރު ވެގެން ދިޔައީ ތިނަދޫގެ ރައްޔިތުން ވިދާޅުވެ ބައްލަވާ ކޮބައިތޯ އިސްލާމިކް މަރުކަޒުގެ މަގްސަދު. އެތަން ދަނީ ވީރާނާވަމުން." 

ޑރ. ޝަހީމް ޢަލީ ސަޢީދު 

މިއާއެކު ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒަކީ އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެން ހަދާފައިވާ ތަނެއް ކަމަށެވެ. އަދި އެފަދައިން އަޅާ ނުކާތަން ފެނުމުން ހިތަށް ވަރަށް އަސަރު ކުރައްވާ ކަމަށެވެ. 

"އަޅުގަނޑަށް ފެންނަނީ މި ރަށުގެ އިސްލާމީ މަރުކަޒު އަޅުގަނޑުމެންނަށް އެދި ގޮވަމުންދާ ތަން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ދުވަހު ތިނަދޫގެ އިސްލާމިކް ސެންޓަރު އެއީ އިސްލާމިކް ޔުނިވާސިޓީގެ ގޮތްޕެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ރައީސް ޔާމީން ގެ ވެރިކަމުގައި އެންމެ 6 ދުވަސް ތެރޭގައި، ތިނަދޫގެ 53 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާ، އެހެން ނަމަވެސް އެ ބިމުގެ ބޭނުންވެސް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ޔާމީންގެ ވެރިކަމުގައި 53 ހެކްޓަރުގެ ބިން ތިނަދޫގައި ހިއްކި 6 ދުވަހުގެ ތެރޭގައި. މިއީ ދޮގެއްތޯ؟ އެ ބިންތަކުގެ ބޭނުން ކުރެވޭތޯ. ގޯތި ދީފައި ބުނާނެ ޝުކުރުވެރިވާށޭ ވޯޓު ދޭށޭ އެހެން ނޫނީ އަޒާބު ލިބޭނެއޭ. އެކަމު ޝުކުރުވެރިވަންޏާ ވޯޓު ދޭންވީ ކޮން ބަޔަކަށް. ބިން ހިއްކަ ފަރާތަކަށް ނޫންތޯ ވޯޓު ދޭން ޖެހޭނީ. އެ ބިން ހިއްކިފައި އޮތީމަ ނޫންތޯ ގޯތި ލިބިވަޑައިގަތީ ވެސް." 

ޑރ. ޝަހީމް ޢަލީ ސަޢީދު

ޝަހީމް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ތިނަދޫގައި މިޔުޒިޔަމް އެއް ގާއިމް ކުރެއްވި ކަމަށާ، އެހެން ނަމަވެސް އެތަން ވެސް މިހާރު އޮތީ ވީރާނާވެފައި ކަމަށެވެ. އެ ސަރުކާރުގައި ތިނަދޫއަށް އެއް ބިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ގެ ވެރިކަމުގައި މިޔުޒިޔަމް އެއް މިތަނުގައި ގާއިމް ކުރެއްވި. އެތަން އެ އޮތީ ވީރާނާ ވެފައި މިހާރު. އެއް ބިލިއަން ރުފިޔާ މިރަށަށް (ތިނަދޫ) އަށް އެކަނިވެސް ޚަރަދު ކުރި. 

ޑރ. ޝަހީމް ޢަލީ ސަޢީދު

މިއާއެކު ޝަހީމް ވިދާޅުވީ، ތިނަދޫގައި އެ ހުރިހާ މަޝްރޫތަކެއް ހިނގަމުން ދިޔައިރު އޭރުގައި ހައުސިން މިނިސްޓަރަކަށް ހުންނެވީ މުއިއްޒު ކަމަށާއި އެހެންކަމުން މިއަދު މުއިއްޒުގެ އަތްޕުޅުގައި ތިނަދޫގެ ރައްޔިތުން ހިއްޕަވަން ޖެހޭ ކަމަށެވެ.  ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ މުއިއްޒު ވެރިކަން ކުރައްވާނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jul 2026
މުސަރައާއި އިނާޔަތްތަކަށް ކުރި ހޭދަ އާއެކު މިއަހަރު ކުރި ހަރަދުތައް އިތުރުވެއްޖެ
ފިނޭންސުގެ ރިޕޯޓަށް ބަލާއިރު، ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެއްކަމަށް ދެކޭކަމަށް ފިނޭންސުން ބުންޏެވެ
11 Jul 2026
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް މައްސަލާގައި ފަސް މީހަކަށް ދައުވާ
މި މައްސަލާ ގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
11 Jul 2026
ޕަރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ، އަދިވެސް އެމްބާޕޭއާ ޖަދަލުކުރުމުގައި
އަމަރެއްލާ ބުނީ އެމްބާޕޭ ދެއްކި ވާހަކަތަކަށް މައާފަށް ނޭދޭނަމަ އާނާވެސް ކޯޓަށް ދާނޭކަމަށެވެ
11 Jul 2026
ފްލެޓާއި ގޯތި ހަމަޖައްސައިދޭނޭ ބުނެ، އޮޅުވާލައިގެން ފައިސާ ހޯދަނީ
މި މައްސަލަ ތަހްގީގްކުރަން ފެށީ ފުލުހުންގެ ސަމާލުކަމަށް މައްސަލަ އައުމުންކަމަށް ފުލުހުން ބުންޏެވެ
11 Jul 2026
އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަދުވަސް
ކޯހަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތައް މި ސްކޮލަރޝިޕްގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ދަރިވަރު ކުރަންޖެހޭ އެހެނިހެން ހަރަދުތައް ހިމެނެއެވެ
11 Jul 2026
އެމްޑީޕީގެ ފަލްސަފާ ޤަބޫލުކުރި ދުވަސްތައް މާޒީވެ ހިނގައްޖެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައިސް ދެން ކަންތައްވީގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ
11 Jul 2026
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް
ޕީއެންސީން މިއަދު ކުރިއަށްގެންދާ އެޕާޓީގެ އެތެރޭގެ އިންތިހާބު މިއަދު ހަވީރު 16:00 ޖެހުމާ ހަމަޔަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ
11 Jul 2026
ޓެސްޓުގެ ނަތީޖާ އަނބުރާ ލިބުމުން ދެން ކަންތައްކުރާނީ ކިހިނެތް؟
ޓެސްޓް ޕޭޕަރުން ލިބޭ މާކުހަކީ މުހިންމު އެއްޗަކަށް ވީނަމަވެސް، އެއީ ކުއްޖާގެ އުނގެނުމުގެ އެންމެ ފުރިހަމަ ތަސްވީރެއް ނޫނެވެ. ކުދިން ޓެސްޓު ކަރުދާސް ހިފައިގެން ގެއަށް އައުމުން ބެލެނިވެރިންނަށް ކަން ކުރެވޭ ގޮތަކުން ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ.