ޑރ މުހައްމަދު ޝަހީމް އަލީ ސައީދު
ހަބަރު
28 Aug 2023 | 12:53
ކަންކަން ނުކުރެވި ލަސްވަނީ އެކަންކަން ކުރުމުގެ ތަސައްވުރެއް ނެތީމަ: ޑރ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރަށް ކަންކަން ނުކުރެވި ލަސްވަމުންދަނީ މި ސަރުކާރުގެ ވެރިންގެ ކިނބައިގައި ކަންކަން ކުރުމުގެ ތަސައްވުރެއް ނެތުމުންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ. 

ގދ ތިނަދޫގައި ރޭ ބޭއްވި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގ ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ، ރައީސް ޔާމީނުގެ އަރިހުގައި ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅެއްގައި  ރަސްގެފާނު ރައީސް ޔާމީނު އަރިހުން ބޭނުންފުޅުވަނީ ކޮންކަމެއްތޯ ސުވާލުކުރެއްވުމުން ދިވެހި ހައްޖުވެރިންނާއި އުމްރާވެރިން ވިސާ ހޯދުމަށް އެހެން ޤައުމަކަށް ދާންޖެހޭތީ އެކަމުގެ ދަތިކަން ފާހަގަކުރައްވައި އެކަމަށް ހައްލުކޮށްދެއްވުން ރައީސް ޔާމީނު އެދިވަޑައިގެންނެވި ކަމަށެވެ.

އެ ބައްދަލުވުމަށްފަހު ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަޒީރުން ރާއްޖެ ވަޑައިގެންނެވިތާ ހަފުތާއެއްގެ ތެރޭގައި ޝާހީ ޤަރާރުތައް ރާއްޖެއަށް އަންނަން ފެށިކަމަށާއި، ރައީސް ޔާމީނު އެދިވަޑައިގެންނެވި ހުރިހާ ކަމެއް ހަމަޖެހިގެން ދިޔަކަމަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވީ، ކަންކަން ކުރުމުގެ ތަސައްވުރު ގެންގުޅޭނަމަ އެކަންކަން ފަސޭހަކަމާއެކު ވާނެކަމަށެވެ. 

އަޅުގަނޑު މިދަންނަވަނީ ވެރިކަމަކުން ރައްޔިތުންނަށް ކަންކަން ކޮށްދޭން އުޅޭނަމަ އެކަންކަންވާނޭ. ކަންކަން ނުކުރެވި ލަސްވެގެން މިދަނީ ކަންކަން ކުރުމުގެ ވިސްނުމާއި ތަސައްވުރު އެއުރެންގެ ކިނބައިގައި ނެތުމުންނޭ

ޑރ މުހައްމަދު ޝަހީމް އަލީ ސައީދު 

މީގެ އިތުރުން ޑރ.ޝަހީމު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލު ފަދަ ބޮޑު ތަސައްވުރަކާ އެއްގޮތަށް އެ ހޮސްޕިޓަލަށް ކަންކަން ނުހިނގުމުގެ ސަބަބުން އެބިޔަ ބޮޑު ހޮސްޕިޓަލުގެ އުފާވެރިކަން ރައްޔިތުންނަށް ލިބިފައި ނުވާކަމަށެވެ. 

މިއާއެކު ޝަހީމް ވިދާޅުވީ މަދުރަސާއެއްގެ މިޝަނާއި ވިޝަން އެނގޭނީ އެ މަދުރަސާއެއްގައި ކިޔެވި ދަރިވަރުންނަށް ކަމުގައްޔާއި ރައީސް ޔާމީނުގެ ސިޔާސީ މަދުރަސާގައި ކިޔަވައިވިދާޅުވި ބޭފުޅެއްގެ ހައިސިއްޔަތުން ރައީސް ޔާމީނުގެ ތަސައްވުރު އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ އެ ބޭފުޅާއަށް ކަމަށެވެ.

މިކަންކަން ފާހަގަކުރައްވައި ޑރ.ޝަހީމު ވިދާޅުވީ ރައީސް ޔާމީނުގެ ސިޔާސީ މަދުރަސާއިން ދަސްވެނިވި އެންމެ އިލްމުވެރި ޤާބިލު އެއް ބޭފުޅަކީ ޑރ.މުޢިއްޒު ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.