ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ/ ޕީޕީއެމް
ހަބަރު
28 Aug 2023 | 23:30
ޝަރުޢީ ދާއިރާ މުވައްޒަފުން ވަކިން ކެޓަގަރައިޒްކޮށް ބޯހިޔާވަހިކަން ޔަގީން ބަޔަކަށް ހަދާނަން: މުޢިއްޒު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒުގެ ވެރިކަމެއްގައި، ޖުޑިޝަރީ ދާއިރާއަކީ ވެސް ވަކި ކެޓަގަރީއެއްގެ ގޮތުގައި ހަމަޖައްސައި އެދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ބޯހިޔާވަހިކަން ޔަގީން ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިފަދައިން ވިދާޅުވީ ރޭ ގދ. ތިނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އެގޮތުން ޑރ. މުއިއްޒު ވިދާޅުވީ ޖުޑިޝަރީ ދާއިރާގައި މަސައްކަތްކުރާ އެންމެ އާދައިގެ މީހުން ފެށިގެން ފަނޑިޔާރުންނަކީ އެހެން މީހުންކައިރިން ސަލާންޖަހަން ޖެހޭ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. އެމީހުންނަކީ ކޮންމެ މަހަކު ގޭ ކުލި ދައްކަން، ނުވަތަ އެޕާޓްމަންޓް ކުލިދައްކަން ޖެހުމުން ކޮންމެވެސް މީހެއްގެ އަތުން ލާރި ހޯދަންޖެހޭ ބަޔަކަށް ވެގެން ނުވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"މުޅި ބްރޯޑާ ހައުސިންގް ކެޓަގަރީގައި އެބޭފުޅުންވެސް ހަމަ ޝާމިލް ވާނެ. އެކަމަކު ވަކިން، އަޅުގަނޑު ދަންނަވާލަން ބޭނުން ވަކި ކެޓަގަރީއެއްގެ ގޮތުގައި ޚާއްސަ ކުރެވިގެން ޖުޑީޝަލް ދާއިރާއަކީ ވެސް ވަކި ކެޓަގަރީއެއްގެ ގޮތުގައި ހަމަޖައްސައި ސޯޝަލް ހައުސިން ޔަގީންކޮށްދޭނަން. އޭރުން އަމިއްލަވަންތަކަމެއް އަމިއްލަ މިނިވަން ކަމެއް އެލިބެނީ. އެލިބޭ މުސާރައިން މިހާރުވާގޮތަކީ 40 ހާސް ލިބުނަސް 50 ހާސް ލިބުނަސް އޭގެ ބޮޑުބައި މިދަނީ ކުލި ދައްކަން ގެއާ ބެހޭ އެހެންކަންތައް ކުރަން." 

ޑރ. މުހައްމަދު މުޢިއްޒު 

މިއާއެކު ޑރ. މުއިއްޒު ވިދާޅުވީ އަމިއްލަ ތަނެއް ލިބުމުން އެހެންމީހުންކައިރިން ސަލާން ޖަހަން ޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ކަމަށެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ޖުޑީޝަރީ ސަރުކާރުގެ ނުފޫޒުން މިނިވަންކުރައްވާނެ ކަމަށެވެ. އަދި ތެރެއިން ޖޭއެސްސީއިން ކުރަން ނުޖެހޭކަންކަން ނަގާ އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރަން، ކުރިއެކޭވެސް އެއްގޮތަށް އެކަމަށް ހާއްސަ ޑިޕާޓްމަންޓަށް ބަދަލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.