ގާސިމް އިބްރާހިމް-- ފޮޓޯ/ ޖޭޕީ
ހަބަރު
29 Aug 2023 | 16:27
ރައީސް ޞާލިހު ވެރިކަމަށް ގެނައީ ގާބިލު ވީމައެއް ނޫން؛ އެ ނޫން ގޮތެއް ނެތީމާ: ގާސިމް

2018 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ގެންނަން ގުޅިފައިވާ ކޯލިޝަނުން ނިންމީ އެ ނޫން އެހެން ގޮތެއް އޭރު ނެތުމުން ކަމަށާ، އެއީ އެމަނިކުފާނަކީ އެކަމަށް އެންމެ ގާބިލު މީހާއަށް ވީމާ ނިންމި ނިންމުމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޕެއިނަށް ބ ތުޅާދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެރިކަން ހޯދާދިނުމަށް މަސައްކަތް ކުރެއްވީ، އެމަނިކުފާނު އެ މަސައްކަތް އަމާނާތްތެރިކަމާއެކު ކުރައްވާނެ ކަމަށުގެ އުއްމީދުގައި ކަމަށެވެ.

އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ގެނެވުނީމާ، ދެން އަޅުގަނޑުމެންނަށް ވަރަށް އަމާނާތްތެރިކަމާއެކީގައި، ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް އަޅުގަނޑުމެންގެ ގައުމަށް ކޮށްދެއްވާނެ ކަމަށް. އެ އުއްމީދުގައި (ވެރިކަމަށް ގެނައީ) 

ގާސިމް އިބްރާހިމް 

އަދި އެމަނިކުފާނު ވެރިކަމަށް ގެނައީ އެނޫން އެހެން ގޮތެއް ނެތުމުން ކަމާއި، އެއީ އެންމެ ގާބިލު ބޭފުޅާ ކަމަށް ވުމުން ނޫން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. 

އަޅުގަނޑުމެންނަށް އެހެން ގޮތެއް ނެތުނީމާ، އަޅުގަނޑުމެން އެންމެން ވެގެން، އިއްތިފާގުން ކޮންމެސް މީހަކު ނެރެން ވެގެން، އޭރުވެސް އެންމެ ބޮޑު ޕާޓީ ކަމަށް ވިސްނޭ ޕާޓީގެ ކެންޑިޑޭޓެއް ނެރެން ވެގެން (ރައީސް ޞާލިހު) ނެރުނީ. އެއްގޮތަކަށްވެސް އެއީ އެންމެ ގާބިލް މީހާއަށް ވީމައެއް ނޫން. މިއަދު އޭނާގެ ހުރި ނާގާބިލުކަން އަޅުގަނޑުމެންނަށް ފެނިގެން ހިގައްޖެ. ޚިޔާނާތްތެރިކަން އަޅުގަނޑުމެންނަށް ތަސައްވުރު ކުރެވިއްޖެ. އަޅުގަނޑު (މިހެން) މި ދަންނަވަނީ ވަރަށް ސާފުކޮށް ކެރި ހުރެ. 

ގާސިމް އިބްރާހިމް 

އެހެންނަމަވެސް، އެމަނިކުފާނަށް ވެރިކަން ހަވާލު ކުރުމުން މި ގައުމު އިންޑިއާގެ އަޅުވެތި ކަމަށް ދާ ކަމަށާ، ވެރިކަމަށް ކުރިމަތި ލެއްވީ، އެތަން ބަލަން ނުހުރެވިގެން އެތައް ބައެއްގެ އާދޭސް ތަކާއި ހުރެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ ގައުމުގެ މިހާރުގެ ހާލަތާއި މިސަރުކާރުގެ އަމަލުތަކުގެ ސަބަބުން ލިބުނު ނިކަމެތިކަމުގެ ވާހަކަ ރައްޔިތުންނަށް އެނގިތިބެ ސެޕްޓެމްބަރ 9 ވަނަ ދުވަހު ނަގާ ވޯޓުގައި އެހެންގޮތަކަށް ނިންމާފިނަމަ އެކަމުގެ ސަބަބުން ގައުމަށް ލިބޭނެ ނިކަމެތިކަން ވަޒަންނުކުރެވޭނެ ކަމަށެވެ. އަދި ރައީސް ޞާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަކީ އަޅުވެތި ކަމަށް އެނބުރި ދިޔުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.