އިމްތިޔާޒް ފަހުމީ. ފޮޓޯ:ދަ މޯލްޑިވްސް ޖާނަލް
ހަބަރު
29 Aug 2023 | 20:06
ހަމަނުޖެހުން ހިންގާނެކަމުގެ އިންޒާރު ރައީސް ޞާލިހު ދެއްވި ކަމަށްބުނެ އެކަން ކުށްވެރިކޮށްފި

ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ ޤައުމު ހަމަނުޖެހުމަކަށް ހިނގައިދާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން އެއީ ހަމަނުޖެހުން ހިންގާނެ ކަމަށް ރައީސް ރައްޔިތުންނަށް ދެއްވި އިންޒާރެއް ކަމަށްބުނެ ޑިމޮކްރެޓްސްގެ އިންތިޚާބީ ތަރުޖަމާނު އިމްތިޔާޒް ފަހުމީ އެކަން ކުށްވެރިކުރައްވައިފިއެވެ.

މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް މިހެން ވިދާޅުވީ ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތ.އަތޮޅަށް ކުރެއްވެވި ދަތުރު ފުޅިގައި ކިނބިދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ޤައުމު ހަލަބޮލިކަމެއްގެ ތެރެއަށް ހިނގައިދާނެ ކަމަށާއި، އެކަން އެހެން ވިޔަނުދިނުމަށްޓަކައި އެމަނިކުފާނަށް ވޯޓި ދެއްވުމަށެވެ.

އިއްޔެ ކިނިބިދޫގައި ރައީސް މިހެން ވިދާޅުވެފައި ވަނިކޮށް އިމްތިޔާޒް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ދެވަނަ ބުރަކަށް ގޮސްފި ނަމަ ރާއްޖޭގައި ހަމަ ނުޖެހުން ހިންގާނެކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވާކަމަށާއި އެކަން ސިފަވަނީ އިންޒާރެއް ދެއްވިގޮތަށް ކަމަށެވެ.

އަދި އެފަދައިން ވިދާޅުވީ ކޮން ސަބަބަކާހުރެކަން ސާފުކޮށް ނުދެއްވާ އެއީ ރައީސް ޞާލިޙް ދެއްވި އިންޒާރެއްކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒް އިތުރަށް ވިދާޅުވީ ދެވަނަ ބުރަކަށް ދިޔަ ނަމަވެސް ހަމަ ނުޖެހުމެއް ހިނގައިގެން ނުވާނެކަމަށާއި ރައީސް ޞާލިޙް ރައީސް ކަމުގައި ހުންނަވާ އެ ޒިންމާ ނުވަތަ މަސްއޫލިއްޔަތު އަދާ ކުރެވޭ ނަމަ ހަމަ ނުޖެހުމެއް ހިންގަން ޖާގަ ދެއްވައިގެންވެސް ނުވާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.