ގާސިމް ނައިފަރަށް ވަޑައިގަތުން-- ފޮޓޯ/ ޖޭޕީ
ހަބަރު
30 Aug 2023 | 16:24
ނައިފަރުގެ ބޭސްވެރިކަމުގެ ރަންޒަމާން ގެނައުމަށް ޓާޝިއަރީ ހޮސްޕިޓަލެއް އަޅާނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ގެ ވެރިކަމެއްގައި ޅ. ނައިފަރުގައި ޓާޝިއަރީ ހޮސްޕިޓަލެއް އަޅައި، ބޭސްވެރިކަމުގެ ރަންޒަމާން އެ ރަށަށް އަލުން އަނބުރައި ގެނެސްދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. 

މިއަދު ޅ.ނައިފަރުގައި ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ, އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް އެ ރަށު ރައްޔިތުން ބޭނުން ފަސް ކަމެއް ކޮށްދެއްވާނެ ކަމަށާ، އަދި އެއާއި އެކު ކްލާސް ރޫމް ތަކާއި މިސްކިތްތައް އޭސީ ކުރުން ފަދަ ކަންކަން ކޮށްދެއްވާނެ ކަމަށެވެ.

އެ ކަންކަމުގެ އިތުރުން ނައިފަރަށް ކޮށްދެއްވާނެ ކަންކަން ހާމަ ކުރައްވަމުން ގާސިމް ވިދާޅުވީ އެ ރަށަކީ ވެސް އާބާދީގެ ގޮތުން ބޮޑު ރަށެއް ކަމަށެވެ. އަދި އެއީ ތައުލީމީ، އަދި ޒަމާނުއްސުރެން ވެސް ބޭސްވެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ރަށެއް ކަމަށް ގާސިމް ވިދާޅުވި އެވެ. 

މިރަށަކީ އިންސާނުން ތަރުބިއްޔަތު ކުރުމުގެ ރޮނގުން ވަރަށް ގިނަ މަސައްކަތް ތަކެއް ކުރައްވާފައިވާ ރަށެއް. އެއީ އަޅުގަނޑުމެންނަށް ސިއްރުވާ ކަމެއް ނޫން. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޭސްފަރުވާ ކުރުމަށާ، އަދި ތައުލީމު އުނގެނުމަށް މިރަށަށް އަންނަމުން ދިޔައީ. އެއީ ޒަމާނުއްސުރެން އަޅުގަނޑުމެން އެންމެން ދަންނަ ހަގީގަތެއް. އެހެން ކަމުން މިފަދަ ރަށަކަށް އިސްކަންދީގެން މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. 

ގާސިމް އިބްރާހިމް 

މިއާއެކު ގާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ނައިފަރަށް ކޮށްދެއްވާނެ ގިނަ ކަންކަމުގެ ތަފްސީލް ދެއްވާފައެވެ.

1) މަގުތައް ހެދުން

2) ރައްޔިތުން ބޭނުންވާ ވަރުގެ ބޮޑު ބަނދަރެއް

3) އާޓިފިޝަލް ބީޗެއް

4) އިތުރަށް ހިއްކާނެ ބިމެއް ފަޅުގައި ނެތް މިންވަރަށް ބިން ހިއްކައި ދިނުން. 

5) ފުލެޓު އެޅުން

6) ޓާޝިއަރީ ހޮސްޕިޓަލެއް އެޅުން 

ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަވާނީ މަސައްކަތް ފައްޓަވާގޮތައް ވަރަށް ބާރަށް ކުރިއަށް ކަމަށާ، އެއްވެސް ބަޔަކަށް އުނދަގޫ ވާގޮތަށް ކަންކަން ނުކުރައްވާނެ ކަމަށެވެ. 

މީގެ އިތުރުން، ފެލިވަރު ތަރައްގީކޮށް، އެތަނުން ހުރިހާ ވަސީލަތްތަކެއް ލިބޭނެ ގޮތް ހަދައި ދެއްވާނެ ކަމަށާ، އަދި ވަޒީފާގެ ފުރުސަތުތައް ވެސް ހޯދައި ދެއްވާނެ ކަަމަށް ގާސިމް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ