ސައީދު ފޮނަދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
02 Sep 2023 | 11:10
ރައީސް ޔާމީން އެދެނީ އިންޑިއާއަށް އަޅުވެތިވެފައި އޮތް މި ސަރުކާރު ނިންމަން: ސައީދު

ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމު އެދިވަޑައިގަންނަވަނީ އިންޑިއާއަށް އަޅުވެތިވެފައި އޮތް މި ސަރުކާރު ނިންމާދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވެފައި ވަނީ ލ ފޮނަދޫގައި ބޭއްވި ޑރ މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ސައީދު ވިދާޅުވީ ޑރ މުއިއްޒާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވާދަވެރިން ރިޔާސީ އިންތިޚާބުގެ ވޯޓަށް ކުޑަތަންވަމުންދާ ވަރަކަށް ރައީސް ޔާމިނުގެ ނަންފުޅު ބޭނުންކުރައްވާ، ފިތުނަ އުފެއްދުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި ތަފާތު ދޮގު ވާހަކަތައް ވެސް ދައްކަވަމުން ގެންދަވާނެ ކަމަށެވެ. 

އެގޮތުން ރައީސް ޔާމިނުގެ ތާއީދު ޑރ މުއިއްޒަށް ނެތް ކަމަށާއި، އެކަމާއި ގުޅޭގޮތުން ވެސް ތަފާތު ދޮގު ވާހަކަތައް ދައްކަވަމުން ގެންދަވާނެ ކަމަށެވެ. 

އެހެން ނަމަވެސް ޕީޕީއެމް-ޕީއެންސީއަކީ ތަހުޒީބު ފިކުރުގެ ޕާޓީއެއް ކަމަށާއި، މީހުން ދައްކާހާ ވާހަކައަކަށް ޕާޓީގެ އާންމު މެމްބަރުން ނުހެއްލޭނެކަމުގެ ޔަގީންކަން އޮތްކަމަށް ސައީދު ވިދާޅުވި އެވެ. އެއާއެކު އޭނާ ވިދާޅުވީ ރައީސް ޔާމީނުގެ ފުރިހަމަ ތާއީދު ޑރ މުއިއްޒަށް އޮތް ކަމަށެވެ. 

އެމަނިކުފާނު އެދިވަޑައިގަންނަވަނީ އިންޑިއާއަށް އަޅުވެތިވެފައި އޮތް މި ސަރުކާރު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ނަގާ ވޯޓުން އެއްބުރުން ބަލިކުރުމަށް ކަމަށް ސައީދު ވިދާޅުވި އެވެ. 

ރައީސް ޔާމީން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ބޭއްވި ރެލީއެއްގައި ވާހަކަދައްކަވަނީ

"ރައީސް ޔާމިނުގެ މެސެޖަކީ، އެމަނިކުފާނު ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ އިންޑިއާއަށް އަޅުވެތިވެފައި އޮތް މި ސަރުކާރު ނިންމާށޭ:

މާވަށު ދާއިރާގެ މެމްބަރު ސައީދު

ސައީދު މިފަދައިން ވިދާޅުވެފައިވާއިރު، ޑރ މުއިއްޒަށް ނުރުހުން ފާޅުކޮށް ރައީސް ޔާމިނު ފޮނުވި ނޯޓެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ލިޔުމެއް ދައުރުކުރަމުން ނެވެ. 

އެ ލިޔުމަކީ ރައީސް ޔާމިނުގެ ނޯޓެއް ނޫން ކަމަށާއި، އަދި އޭގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ވާހަކަފުޅެއް ރައީސް ޔާމީން ވިދާޅުވެފައި ނުވާކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އަދި އެފަދަ ފިތުނަވެރި ވާހަކަތަކުގައި ރައީސް ޔާމިނުގެ ސަޕޯޓަރުން ޖެހިވަޑައި ނުގެން މި ރިޔާސީ އިންތިޚާބު ޑރ މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްޕުޅު ކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށް ވެސް ޑރ ޤާނޫނީ ވަކީލުންގެ ބަޔާނުގައި ބުނެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.