އިބްރާހީމް މުހައްމަދު ސާލިހް
ހަބަރު
03 Sep 2023 | 13:24
ފޮނަދޫގައި ސިޓީ ހޮޓާހެދުން ގައުމީ ސަލަމާތަށް އޮތް ނުރައްކަލެއް؟

ހުކުރު ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ މާލޭގެ ބޮޑު ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހް އެމަނިކުފާނު ދެން އަންނަ ރިޔާސީ ދައުރަކަށް ރައްޔިތުން ހޮވައިފިނަމަ ހިންގަވާނެ ވަރަށް ބޮޑު މަޝްރޫއެއް އިއުލާން ކުރެއްވިއެވެ. އެމަޝްރޫއު އިއުލާން ކުރައްވަމުން ވިދާޅުވީ އެއީ މެނިފެސްޓޯ އިއުލާން ކުރިއިރު ކަސިޔާރުވެފައިވާ އެކަމަކު މިހާރު އެމަނިކުފާނު ވާހަކަދައްކަވައި ހިންގަވަން ނިންމަވާފައިވާ ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އެ ޕްރޮޖެކްޓަކީ މާލޭގެ މޫނުމަތީގައިވާ ރާއްޖޭގެ ގައުމީ ތެޔޮ ރިޒާވް ރައްކާކުރެވިފައިވާ ފޮނުދޫގައި ބޮޑު ކޮންވެންޝަން ސެންޓަރަކާއެކު ހޮޓަލެއް އެމަނިކުފާނުގެ ދެވަނަ ދައުރުގައި އެޅުއްވުމެވެ. އެކަން ކުރުމަށް ފައިސާ ހަމަޖައްސައިދޭން ގައުމަކުން އެއްބަސްވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

ފޮނަދޫގައި ހިންގުމަށް ރައީސް ސާލިހް މިއިއުލާން ކުރެއްވި ޕްރޮޖެކްޓާއިމެދު ފުންކޮށް ވިސްނައި ގައުމީ ސަލާމަތާގުޅޭ ނަޒަރަކުން ކަޅިއެއް ހިންގައިލަން ޖެހިއްޖެއެވެ. އެތައް ޒަމާނެއް ވަންދެން އެރަށް ދިވެހި ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ރިސޯޓް ނުހަދައި ސިޓީ ހޮޓާ ނާޅައި ބާއްވަންވީ ކީއްވެގެންހެއްޔެވެ. ތެދުފުޅެކެވެ. ކުރީ ޒަމާނުގައި އެރަށަކީ މާލޭގެ ކޮންމެވެސް ބޭފުޅަކަށް ސަރުކާރުން ދެއްވާފައި އޮންނަ ފަޅު ރަށެކެވެ. ހުޅުލެވެސް އެގޮތަށް މާލޭގެ ބޭފުޅަކަށް ދެއްވާފައި އޮވެއެވެ. އެކަމަކު ދިވެހި ގައުމުގެ ޒަމާނީ އަސްކަރިއްޔާއެއް އުފެދި ގައުމީ ސަލާމަތާއިގުޅޭ ސްޓްރެޓަޖީތައް އެކަށައަޅަން ފެށީއްސުރެ ފޮނަދޫ އޮންނަނީ ގައުމީ ސަލާމަތަށްޓަކައި ދިވެހި އަސްކަރިއްޔާގެ ރާޑަރުތެރޭގައެވެ. އެސްޓީއޯއިން ޜާއްޖޭގެ ގައުމީ ތެޔޮރިޒާވް ފޮނަދޫގައި ބަހައްޓަމުންދިޔަޔަސް ސިފައިންގެ ބެލުމުގެ ދަށުން އެރަށް ނެއްޓިގެންނެއް ނުދެއެވެ.

ރައީސް ސާލިހްގެ ސިޓީ ހޮޓާ މަޝްރޫއު އިއުލާން ކުރުމާއެކު ރާއްޖޭގެ އަސްކަރިއްޔާގެ އެންމެ އިސްކޮށް ކުރިން އުޅުއްވި އެއްބޭފަޅަކު ވިދާޅުވި ގޮތުގައި މީގެކުރިން އެރަށުގައި އަމިއްލަ ފަރާތްތަކުން އެކިއެކި މަޝްރޫއުތައް ހިންގަން ޝައުގުވެރިކަން ފާޅުކުރުމުންވެސް ދިވެހި އަސްކަރިއްޔާގެ އިސްވެރިން އެކަމަށް ހުރަސްއެޅުއްވިއެވެ. އެއީ ގައުމީ ސަލާމަތަށް ކުރިމަތިވާނެ ނުރައްކަލެއްކަމަށް އަސްކަރިއްޔާގެ ބޭފުޅުން ދެކެވަޑައިގަތެވެ.

ގައުމީ ސަލާމަތާއި ފޮނުދުއާއި ގުޅުވަނީ ކީއްވެގެން ހެއްޔެވެ. ފޮނަދޫ އޮތީ ރާއްޖޭގެ ސިފައިންނާ ފުލުހުންގެ މައިމަރުކަޒުތައް ކުރިމަތީގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީގައެވެ. އެދިމާއިން ކަނޑުމަތީގައި އުޅަނދެއް މަޑުކުރިޔަސް ކޯސްޓްގާޑު ސިފައިން އެއުޅަނދެއް ދުރައްޖައްސައެވެ. ސިޓީ ހޮޓާ އަޅައިގެން ބޭރުމީހުން ފޮނަދޫގައި މިނިވަންކަމާއެކު ދިރިއުޅެން ފެށުން ގައުމީ ސަލާމަތަށް ނުރައްކާ އޮތް މިންވަރު އެނގިވަޑައިގަންނަވާނީ އަސްކަރިއްޔާގެ ބޭފުޅުންނަށެވެ. މީގެކުރިން ތިއްބެވި ބޭފުޅުން ގެންގުޅުއްވި ސްޓްރެޓަޖީ މިހާރު ތިއްބެވި ބޭފުޅުން ރިވައިޒްކުރައްވާފައި އެއީ ގައުމީ ސަލާމަތަށް މުހިއްމު ރަށެއް ނޫންކަމަށް ނިންމަވާފައިވާނަމަ ރައީސް ސާލިހްގެ އެޕްރޮޖެކްޓް ހިންގުމަކީ މައްސަލައަކަށް ނުވެދާނެއެވެ.

ފޮނަދޫގައި ރައީސް ސާލިހް ހައްދަވަން އިއުލާން ކުރެއްވި ކޮންވެންޝަން ސެންޓަރާއި ސިޓީ ހޮޓާ މަޝްރޫއު ސީރިއަސް އަދި މާ ނުރައްކާތެރި އެހެން މަންޒަރެއް ފެނެއެވެ. ރާއްޖޭގެ އެންމެ މުހިއްމު ސްޓްރެޓެޖިކް ސަރަހައްދުތަކުގައި ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގަން ހަމައެކަނި އަވަށްޓެރި އިންޑިއާއާއި ސަރުކާރާ ހަވާލުކޮށްފައި އޮތުމުން އިންޑިއާގެ ނުފޫޒު ދިވެހި ސަރުކާރުގެ މައްޗަށް އޮންނަކަމާއި ދިވެހި ގައުމުގެ މިނިވަންކަމާ ސިޔާސަދަތަށް އެކަމުން ބުރޫ އަރަމުންދާކަމަށް އިދިކޮޅު ސިޔާސީ ލީޑަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެމަޝްރޫއުތަކާ ގުޅުވައިގެން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބާފައި ތިބިކަން މިސެޕްޓެމްބަރ 9 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރިޔާސީ ކެންޑިޑޭޓުން ތުހުމަތު ކުރައްވަމުން ގެންދަވައެވެ. އެތުހުމަތު ތަކެއް ސްރީލަންކާއާއި ޕާކިސްތާނާއި ޗައިނާއާއި އެމެރިކާގެ މައްޗަކަށް ނުކުރެއެވެ. އުތުރުގައި ހަނިމާދޫ އެއަރޕޯޓް އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހަދަން އިންޑިއާ ސަރުކާރުން ލޯން ނެގުމުން އިންޑިއާ ސަރުކާރުން އެމަޝްރޫއު ހިންގަން ހަވާލުކޮށްފައިވަނީ އެގައުމުގެ ކުންފުންޏަކާއެވެ. އެތަނުގައި އިންޑިއާ ސިފައިން ތިބޭކަމާއި އިންޑިއާގެ އަސްކަރީ އުޅަނދުތައް ޖައްސާކަމުގެ އަޑުތައް އާއްމު ޕަބްލިކްގައި ހުރެއެވެ. ރާއްޖޭގެ މެދުތެރެއިން މާލެއާ ކައިރިން އުތުރު ތިލަފަޅުގައި އަސްކަރީ ފެޒިލިޓީޒްތައް ހަދަން ހަވާލުކޮށްފައި އޮތީވެސް އިންޑިއާއަށެވެ. އެތަނުގައި މިނިވަންކަމާއެކު އުޅެން ދިވެހި ސިފައިންނަށް ހުރަސްތައް އޮންނަކަމާއި އިންޑިއާ ސަރުކާރާއެކު ސާލިހްގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ސިއްރުކުރަމުންދާކަމަށް ތުހުމަތު ކުރެވެމުންދެއެވެ. ދެކުނުނުން އައްޑޫގައި ޕޮލިސް އެކަޑީއާއި ގުޅިގެން އިންޑިއާ ސިފައިން ތިބިކަމަށް ސިޔާސީ ބޭފުޅުން ތުހުމަތު ކުރައްވައެވެ. ލ އަތޮޅަކީވެސް އެކަހަލަ ތަނެކެވެ. އެހެން އޮއްވައި ސިފައިންނާއި ފުލުހުންގެ ހެޑްކުއާޓަރ ކުރިމަތީގައި ހޮޓަލެއް ހަދަން ގައުމަކުން ލޯންދޭއިރު އެގައުމަކުން ޝަރުތު ކުރާގޮތަށް އެމަޝްރޫއު ހިންގަން އެގައުމެއްގެ ކުންފުންޏަކަށް ދޫކޮށްފިނަމަ އެގައުމުގެ އަސްކަރީ ސިފައިން ގެނެސް ބަތިއްބައިގެން ކުރާނެ ކަންތަކުގެ ނުރައްކާތެރިކަން ދިވެހި އަސްކަރިއްޔާގެ ޖެނެރަލުންނާއި އަސްކަރީ ސްޓްރެޓަޖީ ރާވާ ބޭފުޅުންނަށް ވަޒަން ކުރެވެން ވާނެއެވެ. ސިޓީ ހޮޓަލަށް ލޯން ދޫކުރަނީ ކޮން ގައުމަކުން ކަމެއް ރައީސް ވިދާޅެއް ނުވެއެވެ. އެކަމަކު މިކަހަލަ ބޮޑެތި ޕްރޮޖެކްޓްތަކަށް ސާލިހްގެ ސަރުކާރަށް ލޯންދެމުން އަންނަނީ މުޅިންވެސް އަވަށްޓެރި އިންޑިއާއިންނެވެ. ސިޓީ ހޮޓަލަށް ލޯން ނަންގަވަނީ އިންޑިއާއިން ކަމަށްވާނަމަ ދެން ބުނާނެ އެއްޗެއް ނެތެވެ. މުޅި ދިވެހި ގައުމު ވަށާ ބަނދެވި ނިމުނީ ނޫންތޯއެވެ.

ފޮނަދޫގައި ހުރި ގައުމީ ސްޓްރެޓެޖިކް ތެޔޮ ރިޒާވް އެހެން ރަށަކަށް ބަދަލު ކުރެވިދާނެއެވެ. އެކަމަކު އެރަށަކީ ބިދޭސިން ބޭނުން އިރަކު އައިސް ރާއްޖޭގެ ދިފާއީ މައިމަރުކަޒުތައް ކުރިމަތީގައި ބަނޑަހަ ޖަހައި ވީޑިއޯ ކެމެރާތައް އަޅުވައިގެން ޖާސޫސްކުރަން ދޫކޮށްލާފައި ބާއްވަންވީ ރަށެއްތޯ ރައީސް އަލުން ވިސްނަވާލައްވަން ޖެހެއެވެ. ދިވެހި އަސްކަރިއްޔާގެ ވެރިން ރައީސަށް މިކަމުގެ ނުރައްކާ ދަންނަވައިދެއްވަން ޖެހެއެވެ.

ކޮމެންޓް
ޛުން
ވެރިކަމަށް ބޫތު ކައިފަހުރިމީހަކު ޖުމްހޫރީމައިދާނުން ބިމެއް އިންޑިޔާއަށް އަޝްކަރީ އިމާރާތެއްއަޅަންވެސް ދީފާނެ.އޭނަ ބޭނުންވަނީ ގައުމު ވިއްކައިގެންވެސް ރައްޔިތުން އަޅުވެތިކޮށްގެންވެސް ދެވަނަ ދައުރެއް
04 Sep 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.