ރައީސް ސޯލިހު އަދި ސިޔާމް-- ފޮޓޯ: އެމްޑީޕީ
ހަބަރު
04 Sep 2023 | 08:27
އަޅުގަނޑަކީ ދެފުށްކެހެރި މީހެއް ނޫން؛ މިހުރީ ސީދާ ރައީސް ޞާލިހާއެކު: ސިޔާމް

އެބޭފުޅާ އަކީ 'ދެފުށްކެހެރި' މީހެއް ނޫން ކަމަށާ، ކުރިއަށް އޮތް ފަސް އަހަރު ނިމެންދެން ހުންނަވާނީ، އެމްޑީޕީީ ގެ ރިޔާސީ ކެންޑިޑޭޓް، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެކު ކަމަށް އެމްޑީއޭގެ ލީޑަރ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދަވާދެއްވުމަށް އެމަނިކުފާނާއި އެކު ކޯލިޝަން ހައްދަވައިގެން ހުންނެވި ނަމަވެސް ސިޔާމަކީ ގާތް ރަހުމަތްތެރިއެއް ކަމަށާއި، ރިޔާސީ އިންތިޚާބުގައި ސިޔާމު ވޯޓުދެއްވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަށްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

"އެބޭފުޅުން އެތާ ތިއްބެވީ، ނަމުގައި އިބްރާހިމް މުހައްމަދު ޞާލިހުގެ ކައިރީގައި މަލަމަތި ދައްކައިގެން. އަޅުގަނޑު ކައިރީގައި ވިދާޅުވެފައި އޮތީ ތިމަންނާމެން މިތާ ތިއްބަސް ނުބަލާށޭ، ވޯޓު ލާނީ ޤާސިމަށޭ" ނ އަތޮޅަށް ގާސިމް ކުރެއްވި ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި މިލަދޫއަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

ގާސިމްގެ އެ ވާހަކައަށް ރައްދު ދެއްވަމުން، ރޭ މަކުނުދޫ ގައި ބޭއްވި އެމްޑީޕީގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ގާސިމަކީ ވަރަށް ގާތް ރަހުމަތްތެރިއެއް ނަމަވެސް އެފަދައިން ވިދާޅުވެ އެ ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. 

ރޭގެ ޖަލްސާގައި ސިޔާމް ވާހަކަ ދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ

އަޅުގަނޑު ދަންނަވާލާނަން އަޅުގަނޑު ގެ އަޚް ގާސިމް އިބްރާހިމް އަށް. ގާސިމް އޭ ތިޔަ ވަރަށް ދޮގު ނުހައްދަވާށޭ. އަޅުގަނޑު މިއީ ދެފުށްކެހެރި މީހެއް ނޫން. އަޅުގަނޑު މިހުރީ ސީދާ އިބްރާޙީމް މުހައްމަދު ޞާލިހު ގެ އަރިހުގައި. އަޅުގަނޑެއް ގައިމުވެސް، އިބްރާޙީމް މުހައްމަދު ޞާލިހު ދޫކޮށްލާފަކާ، އަޅުގަނޑެއް މި ފަސް އަހަރަކު އިރާދަކުރެއްވިޔަކާ ނުދާނަން. 

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް 

މިއާއެކު ސިޔާމް ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހު އާއި އެކު ކޯލިޝަން ހަދައި އެމަނިކުފާނަށް ވެރިކަން ހޯދަވައި ދެއްވުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް ގާސިމްގެ އަރިހުން ވެސް އެދިވަޑައިގެންފައެވެ. 

އަޅުގަނޑު ގާސިމް އަށް އިލްތިމާސްކުރަން. ރަހުމަތްތެރިޔާއޭ. އަޅުގަނޑު މެންނާ ގުޅެން އަންނާށޭ. ގުޅުނީމައޭ ތިބޭފުޅާއަށް ވެސް ރަނގަޅު ވާނީ. ތި ކުރައްވަނީ ހަމަ ބޭކާރު މަސައްކަތް ތަކެކޭ. ބޭކާރު ލާރިއޭ ތި ޚަރަދު ކުރައްވަނީ. ބޭކާރު އެނާޖީއޭ ތި ވޭސްޓު ކުރައްވަނީ. އެހެން ނުހައްދަވާ އަޅުގަނޑުމެންނާ އެކު އަންނަވާށޭ. ދިވެހިރާއްޖެ ތަރައްޤީ ކުރެވޭނީ އަޅުގަނޑުމެންނާ އެކު ދެންވެސް އައިސްގެންނޭ. އަވަހަށް ވަޑައިގަންނަވާށޭ. އަޅުގަނޑުމެން މި ތިބީ މަރުހަބާ ކިޔަން ގާސިމް އަށް. ވަޑައިގަންނަވާށޭ. ވަޑައިގަންނަވާށޭ. 

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް 

ސިޔާމް މިފަދައިން ވިދާޅުވެފައި ވާއިރު، މ. މުލަކުގައި ބޭއްވި ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީއޭގެ ނައިބް ރައީސް މައުރޫފު ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުކުރުމަށް އެމްޑީއޭއިން އަދާކުރި ސިއްރު ރޯލުގެ ވާހަކަތައް ހާމަކުރައްވާފަ އެވެ. 

އެގޮތުން މައުރޫފު ވިދާޅުވީ އެމްޑީއޭގެ މުއައްސިސުން 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސިންގަޕޫރުގައި ރައީސް ޞާލިހާއެކު ސިއްރު ބައްދަލުވުމެއް ބާއްވާފައިވާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މައުރޫފުގެ އިތުރުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ. 

އެ ބައްދަލުވުމަށްފަހު ރިޔާސީ އިންތިޚާބުގައި ސިޔާމު ހުންނެވީ ހަޤީގަތުގައި ރައީސް ޞާލިހުގެ ފަހަތްޕުޅުގައިކަމަށް މައުރޫފު ވަނީ ވިދާޅުވެފަ އެވެ. އަދި އެ އިންތިޚާބު ކާމިޔާބުކުރުމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް އެމްޑީއޭއިން ކޮށްފައިވާނެކަމަށް މައުރޫފު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.