ޖަލު އޮފިސަރެއް--
ހަބަރު
05 Sep 2023 | 12:50
ޖަލު އޮފިސަރުން، ރަސްމީކޮށް ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

ކަރެކްޝަންސް ގެ އޮފިސަރުން ރަސްމީކޮށް ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފިއެވެ. 

ކަރެކްޝަންސް އިން މިއަދު ބުނީ ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފެށުމުން އޮފިސަރުން މިހާރަށް ވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވާނެ ކަމަށެވެ. 

އަދި ރަސްމީކޮށް މިކަން ފަށާއިރު، މިހާރު ބޭނުން ކުރަމުންދާނީ 51 ކެމެރާ ކަމަށްވެސް އިދާރާއިން މައުލޫމާތު ދެއެވެ. އަދި، ކުރިއަށް އޮތް ތަނުގައި ރަސްމީ މަސައްކަތު ވަގުތުގައި ގައިދީންނާ މުއާމަލާތް ކުރާ ހުރިހާ ވަގުތަކު މި ކެމެރާ ބޭނުން ކުރަންޖެހޭނެ ކަމަށެވެ. 

ބޮޑީވޯން ކެމެރާ އިން އެއްކުރެވޭ މައުލޫމާތުން އަދި ޖަލުތަކުގައި ހިންގާ އެކި އޮޕަރޭޝަންތަކާއި ހައިސެކިޔުރިޓީ ދޭން ޖެހޭ ގައިދީން އެއްތަނުން އަނެއްތަނަށް އުފުލާއިރު ލައިވް ސްޓްރީމް ކުރުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

އަދި ކެމެރާ އިން އެއްކުރެވޭ މައުލޫމާތަކީ އެއަށް އުނި އިތުރު ނުގެނެވޭނެހެން ރައްކާތެރި ކުރެވި ބަލަހައްޓާނެ މައުލޫމާތު ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

ކަރެކްޝަންސް އިން މިއަދު ބުނީ، ބޮޑީވޯން ކެމެރާއާ އެކު، އެ ސާވިސްގެ އޮފިސަރުންގެ ރައްކާތެރިކަމާއި ގައިދީން ބެލެހެއްޓުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ގެނައުމަށް އެހީއަކަށް ވާނެ ކަމަށެވެ. ހަމަ އެއާ އެކު، ޖަލުތެރޭގެ ހާލަތު ދެނެގަނެ، ދިމާވެދާނެ ހާދިސާއެއް ތަހުގީގު ކުރަން ޖެހޭ ހާލަތުގައި، އެތެރޭންނާއި ބޭރުން އެ ކަމެއް ތަހުގީގުކުރާ ފަރާތްތަކަށް ވީޑީއޯ އަދި އޯޑިއޯ ރެކޯޑިން އޮތުމުން އެ މައްސަލަ ބަލަން ފަސޭހަވެގެންދާނެ ކަމަށް އެ ތަނުން ބުންޏެވެ.

މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރާނެ ފިޔަވަޅެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.