ތިނަދޫ ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ--ފޮޓޯ/ޖޭޕީ
ހަބަރު
06 Sep 2023 | 08:53
މާލެއާއި އަތޮޅުތެރެ ތަފާތެއް ނުކުރާނަށް؛ ގެންގުޅޭނީ އެއްއަގެއް، އެއްއުސޫލެއް، އެއްހަމައެއް: ގާސިމް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ވެ، ވެރިކަމަށް އިންތިޚާބު ވެ ވަޑައިގެންފި ނަމަ، މާލެއާއި އަތޮޅުތެރެ ތަފާތެއް ނުކުރައްވާނެ ކަމަށާއި ހުރިހާ ތަނަކަށްވެސް ގެންގުޅޭނީ ގެންގުޅޭނީ އެއްއަގެއް، އެއްއުސޫލެއް އަދި އެއްހަމައެއް ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ރޭ ތިނަދޫގައި ބޭއްވި ކެންޕެއިން ޖަލާސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖެތެރެއާއި މާލޭގެ ތަފާތު ނައްތާލާނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ތަނެއްގައި ވެސް އެއްހަމައަކާއި އެއްއުސޫލެއް ގާއިމްކޮށްދެއްވާ އަގުތަކުގެ ތަފާތު ނައްތާލާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖެތެރޭ އާއި މާލެއާ، ކަރަންޓާއި ފެނުގެ ކަންކަން ވެސް މިހުރި ތަފާތުކަން އަޅުގަނޑު ގެ ވެރިކަމެއްގައި މާތް الله އިރާދަކުރެއްވިޔާ ރާއްޖޭގެ ހުރިހާ ތަނެއްގައި އޮންނާނީ އެއް އަގެއް. މާލެ އެކޭ ރާއްޖެތެރެ އެކޭ ތަފާތެއް ނުކުރާނަން.

ގާސިމް އިބްރާހިމް 

މިއާއެކު ގާސިމް ވިދާޅުވީ މިހާތަނަށް، ފެނާއި ކަރަންޓް ބިލު ފަދަ އަސާސީ ޚިދުމަތްތަކަށް ފައިސާ ނުދެއްކިގެން ޖޫރިމަނާ ކޮށްފައިވާ މީހުންގެ ޖޫރިމަނާތައްވެސް އެމަނިކުފާނުގެ ވެރިކަމެއްގައި މައާފްކޮށްދެއްވާނެކަމަށެވެ. 

އަދި މިހާތަނަށް ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކަރަންޓު ބިލާއި، ފެނުގެ ބިލާއި، ޖޫރިމަނާ ކޮށްފައިވާ ހުރިހާ ޖޫރިމަނާއެއް މަޢާފް ކުރާނަން. އަދި އޭގެ އިތުރުން، ކުރިއަށް އޮތް މުސްތަގްބަލުގައި ވިޔަފާރި ކުރާ ތަންތަނުން ޑަބަލްކޮށް، ތިންގުނަ ކޮށްފައި ނަގާ ރެންޓުވެސް، ކަރަންޓުވެސް ފެނުގެވެސް ނުނެގޭނެ. ނަގަން ޖެހޭނީ ހަމަ އެއް އަގެއް. އެއް ގޮތަކަށް އެކަން ކުރާނީ. އެއް އުސޫލުން އެކަން ގެންދާނީ. އެއް އަގެއް އޮންނާނީ. އެއް ރޭޓަކަށް. 

ގާސިމް އިބްރާހިމް 

ރައްޔިތުންގެ ޖީބުތައް ފުރާދީ ތަނަވަސްކަން އިތުރުކޮށްދޭނެ ކަމަށްބުނެ އަންނަ ސަރުކާރުތަކުން މީގެ ކުރިން ރައްޔިތުންނަށް ދެއްކީ ދަޅަތަކެއްކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންނަމަވެސް، އެފަދައިން ކަން ނުކުރައްވާނެ ކަމަށާއި ވެރިކަން ލިބިވަޑައިގެންފިނަމަ ރައްޔިތުން 'ފެލާލައި' އުޞޫލުން އަގުނަގާ ނެގުން ނައްތާލާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ މާލޭ ސަރަހައްދައް މީހުން ޖަމާކުރުމުގެ ބަދަލުގައި އެމަނިކުފާނު ގައުމު ބިނާ ކުރައްވާ ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމްކުރައްވާ ސިޓީތަކުގައި ތަހުޒީބު ވަސީލަތްތައް ގާއިމްކޮށް ފުރުޞަތުތައް އުފައްދައިގެންނެވެ. އެކަންކުރާނީ ދުނިޔޭގެ އެންމެ ތަހުޒިބު ސިޓީ ތަކުގެ ނަމޫނާއިއިންނާއި އެކަމުގެ އިލްމާއި ދިރާސާތައްކުރާ ކުރާ މާހިރުންގެ ލަފަޔާއި ބައިވެރިވުން ހޯދައިގެން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.