އުމަރުގެ ކެންޕެއިންގެ ތެރެއިން--ފޮޓޯ/ އުމަރު ފޭސްބުކު ޕޭޖު
ހަބަރު
10 Sep 2023 | 11:44
ގިނިކަންޏާ ނުކުމެވަޑައިގެން ޢުމަރު ހޯއްދެވި ކާމިޔާބީއަށް އެތައް ބައެއްގެ ތަޢުރީފު!

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގިނިކަންޏާ ނުކުންނަވައި، ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ހޯއްދެވި ކާމިޔާބީއަށް ގިނަ ބައެއްގެ ތަޢުރީފު އޮހެން ފަށައިފި އެވެ. 

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަން އިއުލާން ކުރައްވައި ކެންޕެއިން ފެށުނީއްސުރެ ވެސް ޢުމަރު ދައްކަމުން ދިޔައީ އެހެން ކެންޑިޑޭޓުންނާ ތަފާތު ވާހަކަތަކެކެވެ. ނުވަތަ ފާޅުގައި އެހެން ކެންޑިޑޭޓުން މާ ބޮޑަށް ދައްކައި ނޫޅޭ ވާހަކަ ތަކެކެވެ. 

އެގޮތުން ރަށްރަށުގަޔާއި، މާލޭގައި އަދި މީސްމީޑިއާ މެދުވެރިކޮށްވެސް ބޭއްވި އުމަރުގެ ކެންޕެއިން ބައްދަލުވުންތަކުގެ ތެރެއިން އެންމެ ގަދަޔަށް އޭނާ ދެއްކެވި ވާހަކައަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރާނެ ވާހަކަ އާއި ގޭންގުތައް ރޫޅާލާނެ ވާހަކައެވެ. މިދެ މައްސަލަ އަކީ މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަށް ވާއިރު، އެ މައްސަލައިގެ ހައްލަކީ އިސްލާމީ ޝަރީޢަތުގައިވާ އަދަބުތައް، އެކަންކަން ކުރާ މީހުންނަށް ދިނުން ކަމަށް އޭނާ އައީ ވިދާޅުވަމުންނެވެ.

މީގެ އިތުރުންވެސް، ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާނެ ކަމަށް ބުނެ ނުފުއްދޭވަރުގެ ބޮޑެތި ވަޢުދުތައް ވެ "ޅޮސް އުނދޯންޔަށް ލާން" އުޅުމުގެ ބަދަލުގައި އުމަރު ކިޔައިދެއްވަމުން ދިޔައީ މުޖުތަމައުގައި އިސްލާހުކޮށް، މާރާމާރީތަކާއި، ހައްގަކާއި ނުލައި މީހުން މެރުމުގެ މައްސަލަތައް ހައްލުކުރުމަށް އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތަށް މަރަށް މަރު ހިފައިގެން މަރުތައް މަދުކުރުމުގެ ވާހަކައެވެ. 

މި ސަބަބު ތަކާއި ހުރެ އޭނާއަށް މީހުން ވޯޓު ނުދޭނެ ކަމަށާ، އޭނާއަށް ވެސް ނުރައްކާވާނެ ކަމަށް ބުނަމުންދިޔައިރު، އުމަރު ވިދާޅުވަމުން ދިޔައީ އެފަދައިން ކަން ވިޔަސް އޭނާގެ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ. ކަން ކުރައްވަމުން ދިޔައީވެސް އެފަދައިންނެވެ. 

އެފަދަ ގޮތަކަށް ކެންޕެއިން ނިމި، އިއްޔެ ނަތީޖާ އިއުލާން ކުރެވުނުއިރު، އެންމެން އެންމެ ހައިރާން ކުރުވި ނަތީޖާއަކަށްވީ އުމަރުގެ ނަތީޖާ ކަމޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ. 

އިންތިހާބުގައި ރާއްޖެއިން ތިންވަނައަށް އެންމެ ބޮޑު ޕާޓީގެ ކެންޑިޑޭޓް، އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމާއި، ދެން ވެސް ޕާޓީ ތަމްސީލް ކުރައްވަމުންދިޔަ މުހައްމަދު ނާޒިމް ފަދަ ބޭފުޅުންގެ މައްޗަށް އުމަރު ވަނީ ކުރި ހޯއްދަވާފައެވެ. 8 ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިޚާބުގެ 4 ވަނައަށް އެންމެ ގިނަ ވޯޓު ހޯދީ ޢުމަރެވެ. އެގޮތުން ޖުމުލަ 6300 އަށްވުރެ ގިނަ ވޯޓު އުމަރަށް ލިބިލެއްވިއެވެ. 

އުމަރުގެ އެ ކާމިޔާބީއަށް ގިނަ ބައެއް ތައުރީފް ކޮށް، އޭނާއަށް މަރުހަބާ ކިޔަމުން އަންނައިރު، އަބަދުވެސް އެގޮތުގައި ސާބިތުވެ ހުރުމަށް އެންމެންވެސް އަންނަނީ އެދެމުންނެވެ. އަދި ގައުމުގެ މައްސަލަތަކުގެ ހައްލަކީ ހަގީގަތުގައިވެސް އުމަރު ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

އިމްތިހާބުން ލިބުނު ކާމިޔާބީ އާއި އެކު، އުމަރު ވަނީ އޭނާގެ މަސައްކަތުގައި ބައިވެރިވެ ދެއްވި ހުރިހާ ބޭފުޅުންނާއި ވޯޓް ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް
ކެނޑިޑޭޓް ޓަފް
އުމަރު އޭނާގެ ޕޮލިސީ ބަދަލު ނުކުރާނެ. ބުނަން ޖެހޭ އެއްޗެއް ބުނާނެ. ފަހަތަކަށް ނުޖެހޭނެ.
10 Sep 2023
ލެއްގިބަބުރު
ކޮންމެންޓްތައްކިޔާފައި އަހަރެންހަމަ އަންތަރީސްވެއްޖެ. މީނާއަކީ ކާކުކަމާއި މީނާގެ ހިސްޓްރީއަކީ ކޮބާކަންވެސް މީހުނަށް ހަމަނޭގެނީބާވައޭ. ރައްޔިތުންގެ މިހިރަ ތަންދޮރުނުދަންނަ ޖާހިލުކަމުގެ އަގުއަދާކުރަންޖެހޭނެ.
11 Sep 2023
ފތނ
ޢުމަރު ވާދަ ނުކުރައްވާ އިންތިހާބަކަށް ދެން ވޯޓުވެސް ނުދޭނަން އިންޝާﷲ.
11 Sep 2023
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.