ލޯޔަރު ސިޔާޒް
ހަބަރު
12 Sep 2023 | 14:11
ގައުމީ ސަލާމަތަށް ނުރައްކާވާ ލިޔުމެއް ލީކުވެގެން ސަރުކާރަކުން އުފާކުރާތަން ކުރިން ނުދެކެން: ސިޔާޒް

ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ލިޔުމެއް ލީކުވެގެން ސަރުކާރަކުން އުފާފާޅުކުރާ ތަނެއް މިނޫނިއްޔާ ނުދެކެން ކަމުގައި ރައީސް އަބްދުالله ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ސިޔާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި ޗާގޯސް އާއި ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖުގްނައުތަށް ފޮނުއްވި ސިޓީކަމަށް ބުނާ ސިޓީއެއް ވަނީ އިއްޔެ ލީކުވެފައެވެ.

މިކަމާއި ގުޅިގެން ރައީސް ޔާމިނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާޒް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އަދި މިވީހާތަނަށް ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ލިޔުމެއް ލީކުވެގެން ސަރުކާރަކުން އުފާފާޅުކުރާ ތަނެއް މިނޫނިއްޔާ ނުދެކެން ކަމުގައެވެ.

އިއްޔެ ލީކުވެފައިވާ ސިޓީގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުމުގެ ވާހަކައެއް ނެތް ނަމަވެސް މީގެ ކުރިން ވެސް ގާނޫނީ ތަޖުރިބާކާރުންނާއި އަދި މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމުގައި ވެސް ވަނީ ރާއްޖެ އިން އެތައް އަހަރެއް ވަންދެން ޗާގޯސް އަކީ މޮރިޝަސްގެ ބާރު ނުހިނގާ ސަރަހައްދެއް ކަމަށް ކުރަމުން އައި ދައުވާ ރައީސް ސޯލިހްގެ ސިޓީން އަނބުރާ ގެންގޮސްފައިވާކަން ފާހަގަ ކޮށްފައެވެ.

މިއާއެކު ގިނަ އަދަދެއްގެ ފަރާތްތަކުން އަންނަނީ ސިޓީއަކީ އިންތިހާބަށް ތަރުހީބު ހޯދުމަށް ސަރުކާރުން ޖަހައިފައިވާ މަޅިއެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

މީގެ ކުރިން ސަރުކާރުން މި ސިޓީ އާންމުކޮށްފައި ނުވަނީ އެއީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކުރާނެ ފަދަ މައުލޫމާތު ހުރި ސިޓީއެއް ކަމުގައި ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިލެއްވި ނާކާމިޔާބީއާއެކު ރައީސް ޞާލިހުވަނީ ނާކާމިޔާބު ވުމުގެ އެންމެ ބޮޑު ސަބަބަކީ، މިނިވަންކަމާއި ގުޅިގެން ދެކެވޭ ވާހަކަތަކަށް ރައްދު ނުދެވުން ކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.