ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަހްމަދު
ހަބަރު
13 Sep 2023 | 22:40
ވޯޓުލާން މީހުން ނުދިޔާއީ ދެވަނަ ބުރެއް އޮންނާތީ: މެޑަމް ފަޒުނާ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނުނިކުތީ އިބްތިހާބުގެ ދެވަނަ ބުރެއް އޮންނާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ. 

ފަޒްނާ މިފަދައިން ވިދާޅުވީ، އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި މިއަދު ގަލޮޅުގެ ގެތަކަށް ކުރި ޒިޔާރަތަށްފަހު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. 

ފަޒްނާގެ ޕޯސްޓްގައި ބުނެފައިވަނީ ވީގޮތާމެދު ދެރަވިޔަސް އެއްވެސް މީހަކު އުންމީދު ކަނޑާ ނުލާ ކަމަށާއި ރާއްޖޭގެ ރަށްތަކަށާއި ރާއްޖޭން ބޭރައް ގުޅައިގެން ރީރެޖިސްޓަރ ކުރަން ތައްޔާރުވަމުން އަންނަ ކަމުގައެވެ. އަދި ފަތުރަމުންދާ ހީލަތްތެރި ދޮގުވާހަކަތަކުގެ ޙަޤީގަތްވެސް މީހުނަށް އޮޅުންފިލުވައި ދެމުންދާ ކަމުގައި ފަޒްނާގެ ފޭސްބުކް ޕޯސްޓްގައި ބުނެފައިވެއެވެ. 
 އަދި މީގެ "އޮފަރ" އެއް ލިބުމުން އައިޑީ ދުކޮށްލާފަ ގަޭގައި މީހަކު ހުރި މީހަކާވެސް ދިމާވެފައިވާ ކަމަށެވެެ. 

އޭނާއަށް 2 ވަނަބުރުވެސް ވޯޓް ނުލެވޭނެތާއެވެ.

ފަޒްނާގެ ޕޯސްޓް

މީގެ އިތުރުން ފަޒްނާ ބުނެފައިވަނީ އެދާއިރާގެ ގެއެއްގައި ކުއްޔައް އުޅޭބަޔަކާ ވެސް ބައްދަލުކުރި ކަމަށާއި އެފަރާތްތަކުގެ ވަރަށް ބައިވަރު ޝަކުވާތަކެއް ހުރި ކަމަށެެވެ. އަދި އެހުރިހާ ވާކައެއް އަޑުއެހުމަށްފަހު ވޯޓެއް ދޭންބުނާކަށް ނުކެރޭނެ ކަމަށްބުނުމުން އެމީހުން ހިނިތުން ވެލާފައި ދުވަހަކުވެސް އަދި އެއްވެސް މީހަކު/ޕާޓީއަކުންވެސް އެ އެ ފަރާތްތަކުގެ އަޑު އަހައިފައި ނުވާކަމަށް ބުނި ކަމަށެވެ. 
އަދި ހަމަ އެޔާއެކު އެ ޕޯސްޓްގައި ބުނެފައިވަނީ ގެއަށް އައިސް ފޯނުބަލާލިއިރު ލިބުނު މެސެޖް އަދި އެހާމެ އުފާވެރިކަމުގައެވެ. 

މެސެޖް ފޮނުވިމީހަކީ ޕީޕީއެމް މީހަކަށް ވެގެން ނޫނެވެ. މިސަރުކާރު ދަމަހައްޓަށް ބޭނުންވާ ސަބަބަކަށް މެންޓަލް / ސޯޝަލް ކަމެއް ހިމެނުނީމައެވެ.  

ފަޒްނާގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ޕޯސްޓް ނިންމާލަމުން ބުނެފައިވަނީ، މިއަދު އިތުރު 5 ވޯޓް ލިބިއްޖެ ކަމަށާއި އެހެންކަމުން މީހުނާ ޒުވާބުކުރުމުގައި ވަގުތުބޭކާރު ނުކޮށް އެންމެންވެސް ވޯޓް ހޯދަން މަސައްކަތް ކުރުމަށެވެ. 

ކޮމެންޓް
ދަވާލާ
ރައްޔިތުން ނުދިޔައީ ބަނޑި ބުރާސްފަތި ތަކުރާރުވެ 19 ދިވެހިންގެ ލޭ ބޯލަފަނެތީ ، ދިވެހިންނަށް އެމްޑީޕީ ފުދިއްޖެ ފުދިއިތުރުވެސް ވެއްޖެ ދެން ހޯ ހޯ ހޯ
13 Sep 2023
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.