ދަރުމަވަންތަ ހޮސްޕިޓަލު ބޭރު/ ފޮޓޯ: އިންޓަނެޓް
ހަބަރު
15 Sep 2023 | 09:55
އިންޑިއާގެ އެންގުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން ބަދަލުކުރަނީ!

އަވައްޓެރި އިންޑިއާއިން އަންގައިގެން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން މާލޭގައި ބިނާކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން ބަދަލުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަން ފަށައިފި އެވެ. 

އިންޑިއާއިން އަންގައިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން "ދަރުމަވަންތަ ވިންގު" އަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާއިރު އެކަނާއި ގުޅިގެން ކުރެވިފައިވާ މުޢާމަލާތްތައް "ވޮއިސް" އަށް ވަނީ ލިބިފަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލު ރަސްމީކޮށް ނުހުޅުވާ އެއީ އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ވެސް އިންޑިއާގެ އެދުމުގެ މަތިން ނެވެ. އަދި މިހާރު އެ ހޮސްޕިޓަލުގެ ނަން ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ ވެސް އިންޑިއާއިން އަންގައިކެން ކަމަށް "މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ނިޝާން އިއްޒުއްދީންގެ ލަގަބު އެރުވި ހަފްލާގެ ތެރެއިން

ދަރުމަވަންތަ ހޮސްޕިޓަލަކީ ސިއްޙީ ޚިދުމަތް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކުލީފު ކުޑަކޮށް، އެ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ނުޖެހި، ޒަމާނީ ސިއްހީ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ރާއްޖޭގައި ގާއިމްކުރި ހޮސްޕިޓަލެކެވެ. 

25 ފަންގިފިލާ ހުންނަ މި އިމާރާތުގެ 6 ފަންގިފިލާ ޚާއްސަ ކުރެވިފައި ވަނީ ނެޝަނަލް ޑައިގްނޯސްޓިކް ޚިދުމަތަށެވެ. 5 ފަންގިފިލާ ޚާއްސަ ކުރެވިފައި ވަނީ ބަލިމީހުންނަށް ބޭނުންވާ ޕްރައިވެޓް އެކޮމޮޑޭޝަން ޚިދުމަތަށެވެ. އޭގެ އިތުރުން ރޭޑިއޮލޮޖީ އާއި ފިޒިއޮތެރަޕީއާއި ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް ވެސް ފަންގިފިލާތައް ޚާއްސަ ކުރެވިފައި ވެއެވެ. 

އޭގެ އިތުރުން މެޑިކަލް ކޮލެޖުގެ ޚިދުމަތާއި އެކު، މެޑިކަލް ކޮލެޖަށް ބޭނުންވާ ވަސީލަތްތައް ވެސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ތަރައްގީކޮށް ފުރިހަމަ ކުރެވިފަ އެވެ. 

ހަމައެއާއެކު ކުޑަކުދިންނަށް ޚާއްސަ ސްޕޯޓްސް ތެރަޕީއާއި ހައިޑްރޯ ތެރަޕީފަދަ ފަރުވާދޭ ނިޒާމުތައް ވެސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކުރެވިފައެވެ. އަދި ޖިމަކާއި ޗައިލްޑް ކެއާ ސެންޓަރެއް ވެސް އެ ހޮސްޕިޓަލުގައި ވަނީ ތަރައްގީކުރެވިފަ އެވެ.

2.1 ބިލިއަން ރުފިޔާގެ އެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ތަރައްގީކުރެވުނު ސިއްހީ ޚިދުމަތުގެ އެންމެ އުސް، އަދި އެންމެ ވަރުގަދަ ބިނާކަމުގައި ވުމާއެކު، އެ ހޮސްޕިޓަލަށް ނަން ދެއްވީ ދިވެހިރާއްޖެ އިސްލާމްވި އިރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ އެތެރޭގެ ބައެއް މަންޒަރުތައް

މި ހޮސްޕިޓަލް ތަރައްގީ ކުރެއްވުމަށްފަހު ރައީސް ޔާމީނުގެ ވިސްނުންފުޅަކަށް ވީ އައިޖީއެމްއެޗާއި ވިލިމާލެ ހޮސްޕިޓަލަކީ ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ތަންތަން ކަމުގައި ހަމަޖެއްސުމަށެވެ.

އެހެން ނަމަވެސް، މިހާތަނަށް ވެސް އެ ހޮސްޕިޓަލަކީ އައިޖީއެމްއެޗްގެ ގޮތްޕެއްގެ ގޮތުގައި ހިންގަމުންދާއިރު، އައިޖީއެމްއެޗަކީ އިންޑިއާއިން 1990 ގެ އަހަރުތަކުގައި ހަދިޔާކުރި ހޮސްޕިޓަލެކެވެ. 1995 ވަނަ އަހަރު އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާފައި ވީ ނަމަވެސް، އިންޑިއާގެ ހުއްދައާއި ނުލާ އެ ހޮސްޕިޓަލުގެ އިމާރާތަށް އެއްވެސް ކަހަލަ ބަދަލެއް ގެނައުމުގެ ހުއްދައެއް ދިވެހި ސަރުކާރަކަށް ނޯވެއެވެ. 

އޭގެ އިތުރުން އެ ހޮސްޕިޓަލު ހުޅުވުނާ އެތައް އަހަރުތަކެއ ފާއިތުވެގެން ދިޔައިރު ވެސް އެމްއާރުއައި ފަދަ ސިއްހީ ޚިދުމަތްތައް ތަނުގައި ގާއިމް ނުކުރެވި އޮތުމުގެ ސަބަބުން، އެ ޚިދުމަތްތައް ހޯދުމަށް ދިވެހީންނަށް އޮތީ އިންޑިއާއަށް ދާން މަޖުބޫރުވެފަ އެވެ. އެކަން ވެސް ނިމުމަކަށް ގެނެސް، ރާއްޖޭގައި ފުރަތަމަ އެމްއާރުއައި މެޝިނެއް ބަހައްޓާފައި ވަނީ ވެސް ރައީސް ޔާމިނުގެ ވެރިކަމުގައި 2015 ވަނަ އަހަރުގަ އެވެ. 

ދަރުމަވަންތަ ރަސްގެފާނަށް ނިސްބަތްކޮށް ނަންދެވިފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން އިންޑިއާގެ އެންގުމަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރިޕޯޓު ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ ސަރުކާރަށް އަމާޒުވަމުން ނެވެ. 

އެގޮތުން ސަރުކާރުން އެ މަސައްކަތް ކުރާނަމަ އެއީ ދަރުމަވަންތަ ރަސްގެފާނަށް ކުރެވޭ ބޮޑު މަލާމާތެއްކަމަށް އެއްބަޔަކު ސިފަކުރަމުންދާއިރު، ފާޑުކިޔާ ބައެއް ފަރާތްތައް ބުނަމުންދަނީ އިންޑިއާއިން އަންގައިގެން ރާއްޖޭގެ ހޮސްޕިޓަލުތަކަށް ސަރުކާރުތަކުން ދީފައިވާ ނަންތައް ބަދަލުކުރާ ހިސާބަށް ދިއުމުން، މި ސަރުކާރު އިންޑިއާގެ "ދަށުވެފައި" އޮތް މިންވަރު ހާމަވާ ކަމަށެވެ. 

ހަމައެއާއެކު، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން، އެ ނޫން އެއްވެސް ނަމަކަށް ބަދަލުކުރަން ތާއީދު ނުކުރާކަމަށް ވެސް އެކަމާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރާ ފަރާތްތަކުން ދަނީ ބުނަމުން ނެވެ. 

ކޮމެންޓް
ޙަފްސާ
ކޮންމެ ދުވަހަކުވެސް ތިބާވަތުގެ ކޮންމެވެސް އެއްޗެކޭ ކިޔާތި.
15 Sep 2023
ޏަަ
ޏަނ ބަދހަލު ކުރެވިގެނ ނުވަަނެ
15 Sep 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.