ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު--
ހަބަރު
15 Sep 2023 | 18:20
ޢުމަރު، 2028 ގެ ކެންޕެއިން ފަށްޓަވައިފި!

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު، 2028 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެންޕެއިން ފަށްޓަވައިފި އެވެ. 

2028 ވަނަ އަހަރުގެ ކެންޕެއިން ފެށްޓެވިކަން ހާމަކުރައްވައި އުމަރު ވަނީ އޭނާގެ ރަސްމީ ފޭސްބުކު އެކައުންޓްގެ ޕްރޮފައިލް ފޮޓޯ ބަދަލު ކުރައްވާފައެވެ. އެ ފޮޓޯ ގައި އޭނާގެ ކެންޕެއިން ސްލޯގަންގެ ގޮތުގައި ލިޔުއްވާފައިވަނީ މިފަހަރުގެވެސް ސްލޯގަން ކަމުގައިވާ "އަ ނިޔު ޑައިރެކްޝަން" ނުވަތަ "އައު މިސްރާބަކަށް" މިހެންނެވެ. އެއާއެކު އުމަރު2028 ހޭޝްޓެގް ވެސް ވަނީ ބޭނުން ކުރައްވާފައެވެ. 

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރާއްޖެއިން ތިންވަނައަށް އެންމެ ބޮޑު ޕާޓީގެ ކެންޑިޑޭޓް، އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމާއި، ދެން ވެސް ޕާޓީ ތަމްސީލް ކުރައްވަމުންދިޔަ މުހައްމަދު ނާޒިމް ފަދަ ބޭފުޅުންގެ މައްޗަށް އުމަރު ވަނީ ކުރި ހޯއްދަވާފައެވެ.

8 ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިޚާބުގެ 4 ވަނައަށް އެންމެ ގިނަ ވޯޓު ހޯދީ ޢުމަރެވެ. އެގޮތުން ޖުމުލަ 6300 އަށްވުރެ ގިނަ ވޯޓު އުމަރަށް ލިބިލެއްވިއެވެ. 

އަދި އިންތިހާބުގެ ދެވަނަބުރަށް އެހެން ބައެއް ޕާޓީ ތަކުން އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީ އާއި އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފަށްޓަވާފައި ވާއިރު، އުމަރު ނިންމެވީ އެއްވެސް ކޮޅަކަށް ނުޖެހި ހުންނެވުމަށެވެ.

މި އިންތިޚާބު ގެ ކެންޕެއިން ތެރެއިންވެސް އުމަރު ވިދާޅުވަމުން ދިޔައީ ޕާޓީ އެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެ ވެރިކަމަށް އިންތިޚާބުވެވަޑައިގެންނެވުނި ނަމަވެސް، ގައުމު އިސްލާހު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން، ފުރަތަަމަ ބުރުން ނާކާމިޔާބީ ލިބިލެއްވި ނަމަވެސް، ދެވަނަ ބުރުގައި އެހެން ބަޔަކާ ކޯލިޝަން ނުހައްދަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.