އެމްއެންޑީއެފް ގެ ކުރީގެ ކެޕްޓަން ޢަލީ އިހްސާން--ފޮޓޯ/ ވީނިޔުސް
ހަބަރު
18 Sep 2023 | 08:36
"2012 އިން ފެށިގެން އަޅުގަނޑާއި އާއިލާ ތަހަންމަލް މިކުރަނީ މެޑަމް ފަޒުނާމެން އޭރުއްސުރެ ކުރި ފުރައްސާރަ"

2012 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް އަދިވެސް އެބޭފުޅާއާއި، ޢާއިލާ، ތަހަންމަލް ކުރަމުން ދަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އަދި އެބޭފުޅުންގެ އެކުވެރިން އޭރުއްސުރެ ކުރަމުން އަންނަ ފުރައްސާރަ ކަމަށް، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވެއްޖެއެވެ. 

އިއްޔެ ހަވީރުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ހިޔާ ފްލެޓު ސަރަހައްދަށް ދިޔުމުން, ފަޒުނާއާއި ދިމާލަށް "ބާޣީ" އޭ ގޮވައި ވަނީ އެ ސަރަހައްދުގައި ބަޔަކު އަޑުގަދަ ކޮށްފައެވެ. 

އެކަމާއި ގުޅިގެން ނުރުހުން ފާޅުކުރައްވައި، ފަޒުނާ ފޭސްބުކުގައި ދިގު ޕޯސްޓެއް ލިޔުއްްވާފައިވާއިރު، ފަޒުނާގެ ވާހަކަތަކާއި ގުޅުވައި ކެޕްޓަން އިހްސާން ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް މީހަކަށް ބާޣީ އަށް ގޮވުމަކީ އެމީހަކަށް ވެސް އަދި އެމީހެއްގެ އާއިލާއަށްވެސް ތަހަންމަލްކުރަން ފަސޭހަވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ތަހުޒީބު މުޖުތަމަޢު އެއްގައި ކަން ކުރަންވާނެ ގޮތެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

"2012 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް އަދިވެސް އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާ، ތަހަންމަލް ކުރަމުން މިދަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ (ރައީސް ޞާލިހު) އާއި ފަސްޓް ލޭޑީ (މެޑަމް ފަޒުނާ) އަދި އެބޭފުޅުންގެ އެކުވެރިން އޭރުއްސުރެ އަޅުގަނޑުމެންނަށް ކުރަމުން އަންނަ ފުރައްސާރަ." 2012 ވަނަ އަހަރު، ސިފައިންނާ ދިމާއަށް ބާޣީ އަށް ގޮވައި ފަޒުނާ ކުރެއްވި ޓުވީޓެއްގެ ފޮޓޯ ހިއްސާ ކުރަމުން ކުރި ޕޯސްޓުގައި އިހްސާން ވިދާޅުވި އެވެ.

އިހްސާން އިތުރަށް ވިދާޅުވީ، މީސް މީޑިއާގަޔާއި އަނބި ދަރިން ގޮވައިގެން އާއްމު ތަންތަނުގައި އުޅެނިކޮށް އޭނާ އާ ދިމާއަށް "ބާޣީ" ގޮވަމުން އަންނަތާ މިހާރު 11 އަހަރުވެފައިވާ ކަމަށެވެ. އަދި އެއީ ދިވެހި ކޮންމެ ސިފައިންގެ މީހަކާއި، ފުލުހެއް އަދި އެމީހުންގެ އާއިލާވެސް ތަހަންމަލް ކުރަމުންދާ ކަންކަން ކަމަށް އިހްސާން ފާހަގަކުރެއްވިއެވެ. 

މިއާއެކު އިހްސާން ވިދާޅުވީ، ފަޒުނާ ބާޣީ އަކަށް ނުވާ ގޮތަށް ޔުނީފޯމު އެޅި ސިފައިންނާ ފުލުހުންވެސް ބާޣީންނަށް ނުވާނެ ކަމަށެވެ. 

ފަޒުނާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި އެކަމަނާއަށް ފުރައްސާރަ ކުރީ ދެމީހުން ކަމަށް ވިދާޅުވެފައިވާއިރު އެތަނުން އެކަކީ 1988 ވަނަ އަހަރު ފަޒުނާގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއިލް އަޑީގައި ހުރެގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި މީހެއްގެ ދަރިއެކެވެ.

ނޮވެންބަރު 3 ގެ އެ ހާދިސާގައި އެމީހާ އާއި އޭނާގެ ބައްޕަ ވެސް ރަހީނު ކުރި މީހުންގެ ތެރޭގައި ހިމެނޭއިރު އޭނާގެ ކުރިމަތީގައި ބައްޕަ ގަޔަށް ބަޑި ޖަހައި، ކަނޑަށް ވައްޓާލާފައިވާ ކަމަށާ ފަޒުނާ ފެނުމުން އެދުވަހުގެ ހާދިސާ ހަނދާން ވެގެން، ބާޣީއަށް ގޮވުނީ ކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.