N/A
N/A
ހަބަރު 21 Feb 2019 | 06:08

އިސްރޭލުން އިންޑިއާ ހިމާޔަތްކުރުމުގައި އެހީތެރިވާނެކަމަށް ބުނެފި!

އިސްރޭލުން ވަނީ އިންޑިއާއަށް ދިމާވެދާނެފަދަ ނުރައްކަލަކުން އެ ޤައުމު ރައްކާތެރިކޮށްދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްދޭން ތައްޔާރުކަމަށް ހާމަކޮށްފައެވެ. އަދި އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދު ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، އިސްރާއިލުން ވަނީ އިންޑިއާ ހިމާޔަތްކުރުމުގައި އެއްވެސް ހައްދެއް ނެތި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެ ޤައުމަށް އަރުވާފައެވެ.

އިސްރޭލުގެ ފަރާތުން މި މޭރުމުން ވާހަކަ ދައްކާފައިވަނީ ދާދި ފަހުން ހަމަޖެއްސުނު އެންވޯއި ޑރ. ރޮން މަލްކާއެވެ. އަދި އިންޑިއާއަށް ކުރިމަތިވެފައިވާ ޓެރޮރިޒަމްގެ މައްސަލައިގައި އެ ޤައުމުން ހަނގުރާމަވެރިންނަށް ވަރުގަދަ ރައްދެއް ދޭންޖެހޭނެކަމަށް ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންކަންވެސް ފާހަގަކޮށްލެވެއެވެ. އަދި އިންޑިއާ ރައްޔޮތުންގެ މެދު މި ދުވަސްކޮޅު ޓެރޮރިޒަމް ގެ ބިރު އެހާ ބޮޑުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަޝްމީރުގައި ޙަރަކާތްތެރިވަމުންދިޔަ 40 ސިފައިންނެއް ޓެރަރޮސްޓް ހަމަލާއެއްގައި މަރުވެގެންދިޔުމުންނެވެ.

ކުރިން އިސްރޭލް ސިފައިންގެ ތެރެއިން ފުލް ކާނަލްގެ މަޤާމުގައި ހުންނެވި މަލްކާ ވަނީ އެންމެން އެކީ މަސައްކަތް ކޮށްގެން މުޅި ދުނިޔެއިން ޓެރަރިޒަމް ނައްތާލަންޖެހޭނެކަމަށް ބުނެ ވާހަކަދައްކާފައެވެ. އަދި އިސްރޭލުގެ ޕްރައިމް މިނިސްޓާރ ބެންޖަމިން ނަތެންޔާހޫ އިންޑިއާ އާއި މެދު ގެންގުޅުއްވާ ގާތް ވިސްނުމާއި ސަމާލުކަމުގެ ވާހަކަވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި ނަތެންޔާހޫ ޤަބޫލުކުރައްވާ ގޮތުގައި އިންޑިއާ އަކީ އިސްރޭލުގެ ވަރަށް މުހިންމު އެކުވެރިއެއް ކަމަށްވެސް މަލްކާ ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ހައްޔަރުކޮށްފި
20 Oct 2026 ހަބަރު

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ހައްޔަރުކޮށްފި

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ތާރީހީ ދުވަހެއް: 10 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް
20 Oct 2026 ހަބަރު

ތާރީހީ ދުވަހެއް: 10 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް

އޮކްޓޫބަރު 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެޤައުމުގެ ބޮޑުވަޒީރު، މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ފޯލިކް އެސިޑް ހުހެއް ނުވޭ، ސްޓޭޓްފާމާއިން ލިބޭނެ
20 Oct 2026 ހަބަރު

ފޯލިކް އެސިޑް ހުހެއް ނުވޭ، ސްޓޭޓްފާމާއިން ލިބޭނެ

ރާއްޖެއިން މި ބޭސް ހުސްނުވާ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައިވެ އެވެ.

އުނގޫފާރު ހޮސްޕިޓަލުގެ އެކްސްރޭ މެޝިން ހަލާކުވެ، ޚިދުމަތް ނުލިބޭތާ މަހަކަށްވުރެ ގިނަ ދުވަސް، ރައްޔިތުންނަށް ބޮޑު ދައްޗެއް
20 Oct 2026 ހަބަރު

އުނގޫފާރު ހޮސްޕިޓަލުގެ އެކްސްރޭ މެޝިން ހަލާކުވެ، ޚިދުމަތް ނުލިބޭތާ މަހަކަށްވުރެ ގިނަ ދުވަސް، ރައްޔިތުންނަށް ބޮޑު ދައްޗެއް

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މައި އެކްސްރޭ މެޝިން ހަލާކުވެ، އާންމުކޮށް އެކްސްރޭގެ ޚިދުމަތް މެދުކެނޑިފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވުމުގެ ސަބަބުން، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ޖީއެސްޓީ އުވާލުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި
20 Oct 2026 ހަބަރު

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ޖީއެސްޓީ އުވާލުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި

ސަރުކާރުގެ ނަމުގައި ބިލު ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ. އެ ބިލުން ބޭނުންވަނީ ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ޖީއެސްޓީ ގާނޫނުގައި ހިމަނާފައިވާ ހުރިހާ މާއްދާއެއް ގާނޫނުން އުނިކުރުމެވެ.

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ދަށުން ވޭތުވެދިޔަ އަހަރު 14 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި
20 Oct 2026 ހަބަރު

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ދަށުން ވޭތުވެދިޔަ އަހަރު 14 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގައި ތިބި 14 ކުއްޖަކު މިދިޔަ އަހަރު ފޮސްޓަރިންގ ޕްރޮގްރާމުގެ ދަށުން އާއިލާތަކާ ހަވާލުކޮށް، އިތުރު 18 ކުއްޖަކު ދައުލަތުގެ ބެލުމަށް ނަގައިފިއެވެ.

ރަސްމާލެ މަޝްރޫއު: ފުލުހުން ތިބޭނެ، އެހެން ދީނަކަށް ފުރުސަތެއް ނޯންނާނެ
20 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫއު: ފުލުހުން ތިބޭނެ، އެހެން ދީނަކަށް ފުރުސަތެއް ނޯންނާނެ

"އެތަނުގައި ހުންނާނެ ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހުންގެ މަރުކަޒެއް،" ރައީސް ވިދާޅުވި އެވެ.

ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި
20 Oct 2026 ހަބަރު

ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި

ޕީސީބީން މިއަދު ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޑެޓާއި ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފައިވާ ކަމަށެވެ.