އިއްޔެގެ ކެންޕެއިނަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ/ ޕީއެސްއެމް
ހަބަރު
20 Sep 2023 | 08:46
"މަޖިލީހުން ފާސްކޮށްފިނަމަ އޮކްޓޯބަރ ގައި ނިޒާމީ ވޯޓު ނަގަން، މިމަހު 30ގެ ކުރިން އީސީއަށް ފޮނުވާނަން"

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތުން ފާސްކޮށް ތަސްދީގުކުރަން އެ އެމަނިކުފާނަށް ފޮނުވައިފި ނަމަ، އޮކްޓޯބަރުގައި އެ ވޯޓު ނެގުމަށް، އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވަމުންދާ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބު ވަނީ ނިޒާމާ ގުޅޭ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފަ އެވެ.

އެ ގަރާރުގެ ކިޔުން އިއްވައި އެކަމާއި ގުޅިގެން ގޮތް ނިންމުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްްވަން އިއްޔެގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އަދި އެ މައްސަލާގައި ކޮމިޓީގައި މަޝްވަރާ ކުރުން މިއަދު އޮންނާނެ އެވެ.

އެ ގަރާރުގައި މިހާރު ބުނެފައިވާ ގޮތުން، ފެންނަ ނުފެންނަ ވޯޓު 30 އޮކްޓޯބަރުގެ ކުރިން ނަގަންވާނެއެވެ. 

އެކަމާއި ގުޅިގެން، އިއްޔެ ރައީސް ޞާލިހުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހެންވޭރުގެ ގެތަކަށް ވަޑައިގެން އުޅުއްވަނިކޮށް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ނިޒާމީ ވޯޓެއް ނެގުމަކީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކުރެވޭނެ ކަމެއް ކަމަށެވެ. އަދި ގާނޫނު އަސާސީ އަށް ބަދަލު ގެންނާނެ ގޮތް ވެސް ހަމަ އެ ގާނޫނު އަސާސީގައި ހާމަކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެގޮތުން، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ ދައުރު/އުމުރަށް ބަދަލު އަތުވެދާނެ ކަމެއް ކަމަށާ، ބަރުލަމާނީ ނިޒާމުގައި، ދިގުވެގެން ފަސް އަހަރު ނޫނީ ހަތަރު އަހަރު އޮތް ނަމަވެސް، މެދު ތެރެއިން މެޖޯރިޓީ ގެއްލިއްޖެއްޔާ އަލުން ވޯޓަކަށް ދާން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"އެހެންވެއްޖެއްޔާ މީގައި ކަން ކުރަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތް އެތި އަޅުގަނޑަށް މާނަކުރެވެނީ، އެކެއް، ފުރަތަމަ، ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައި ކޮށްފައި ތިންބައިގެ އަގުލަބިއްޔަތުން ފާސްކޮށްފައި ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގުކުރަން ފޮނުވަން ޖެހޭނެ. ފޮނުވީމާ އަޅުގަނޑު އެ ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ. އެހެންވީމާ އެ ޕްރޮސެސް އެހެން އައިމަ އަޅުގަނޑު އެ އޮތް ގޮތަށް އެކަމެއް ކުރާނަން،" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމަކާއި ގުޅޭ ވޯޓެއް އެންމެ ކުރިން ނަގާފައިވަނީ 2007 ވަނަ އަހަރުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ