އުމަރު ނަސީރު
ހަބަރު
21 Sep 2023 | 09:14
ދެވަނަބުރަށް އުމަރުގެ ނިންމުން މިރޭ އިއުލާންކުރަނީ!

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއިމެދު އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަގޮތުން ވާދަކޮށް ހަތަރުވަނަ އަށް އެންމެ ގިނަ ވޯޓު ހޯދި އުމަރު ނަސީރުގެ ނިންމުން މިރޭ އިއުލާނުކުރާނެކަން ހާމަކޮށްފިއެވެ. 

އުމަރު ނަސީރުގެ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ބުނެފައިވަނީ މި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާގުޅޭ ގޮތުން އުމަރު ނަސީރާއި އޭނާގެ ނިއުޑައިރެކްޝަން ޓީމުން ނިންމާ ނިންމުން އިޢުލާން ކުރުން ބުރާސްފަތި (21 ސެޕްޓެމްބަރ) ދުވަހުގެރޭ 9:30ގައި އޮންނާނެކަމަށެވެ. 

މި ނިންމުން އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ އޭނާގެ ކެމްޕެއިން ސްޓޫޑިއޯގައި މިރޭ ފޭސްބުކް އަދި ޓިކްޓޮކް މެދުވެރިކޮށް ދައްކާ ލައިވްއަކުންނެވެ. 

ފެހި ގާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އުމަރު ނަސީރުވަނީ ވާދަކުރައްވައިފައެވެ. އެ ފަހަރު އޭނާ ދިޔައީ އެންމެ އިންތިހާބުގެ ފުލަށެވެ. އެ ނަތީޖާއަށް ފަހުގައި ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުއްވުމަށް އުމަރު ވަނީ ނިންމަވައިފައެވެ.

އޭގެ ފަހުން، 2013 ގެ ރިޔާސީ އިންތިހާބުގައި އުމަރު ނަސީރަށް ކުރިމަތިނުލެއްވުނީ ޕީޕީއެމް ޕްރައިމަރީގައި ކުރީގެ ރައީސް ޔާމީންއާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވުމުންނެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އުމަރު ވާދަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.