މަޓާޓޯގެ ބައެއް އިސް ބޭފުޅުން
ހަބަރު
21 Sep 2023 | 16:45
ރާއްޖޭގެ އިގްތިސާދީ ހާލަތުގެ ނާޒުކުކަން މަޓޯޓާގެ ދިރާސާއިން ހާމަވެއްޖެ

ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަން، ރާއްޖޭގެ ޓޫރިޒަމާއި ފައިނޭންސް ސެކްޓާއާ ބެހޭގޮތުން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ފަރާތުން ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓުން ދައްކައިފިއެވެ. 

ރާއްޖޭގެ އިގްތިސާދު ހީނަރުކަން ފާހަގަކޮށް އެކަމާ ގުޅިގެން އއެކުލަވާލި މި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި، ޑޮލަރުގެ ތާށިކަމާއި ސަރުކާރުން ކުރާ ހޭދަތަކުގެ ބޮޑުކަމާއި ލޯކަލް ޓޫރިޒަމަށް އައިސްފައިވާ ނެދެވޭ އަސަރުގެ މައްޗަށް ބިނާކޮށް ދިރާސާ ކުރެވިފައިވާއިރު، އެ ރިޕޯޓުން ދައްކާގޮތުން ކޮވިޑުގެ ހާލަތުން އަރައިގަތުމަށްފަހުގައި ވެސް 2022 ވަނަ އަހަރު ރާއްޖެ އެތެރެވެފައިވާ ޓޫރިސްޓުންގެ އަދަދު، ބަލިމަޑުކަމުގެ ކުރިއާ އަޅައި ބަލާއިރު 1.6 އިންސައްތަ ވަނީ ދަށްވެފައެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ބޭންކިން ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ވަރުގެ ދަތި މައްސަލަތަކާއި ކުރިމަތިލާންޖެހިފައިވާ ކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި ޑޮލަރުގެ މައްސަލައާއި، ބޭންކުތަކުގެ މެދުގައި އޮންނަންޖެހޭ ފައިދާ ކުރަނިވި ވާދަވެރިކަން ކުޑަވުމާއި، ބޭންކުތައް ހިންގަމުންދާ އުސޫލުތަކުގެ ބަލިކަށިކަން މަޓޯޓާގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. 

އެގޮތުން އެ ހޯދުންތަކުން ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ ކަޅު ބާޒާރުގެ މައްޗަށް އެމްއެމްއޭގެ ބާރު ގެއްލި ފެއިލްވެފައިވާތަނާއި، އޭގެ ސަބަބުން މި ދާއިރާއަށް އަރާފައިވާ ބޮޑު ލޮޅުން ސާފުކޮށްފެންނަ ކަމުގައިވެސް އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. 

އަދިވެސް މި ރިޕޯޓުގައިވާ ގޮތުގައި މި ސަރަހައްދުގެ ގައުމުތަކާއި އަޅައި ބަލާއިރު ރާއްޖޭގެ ބޭންކުތަކުން ނަގަމުންދާ ފީތައް އެތައް ގުނައެއް ބޮޑެވެ. އެހެންނަމަވެސް ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުން ބޭރުފައިސާއިން މުއާމަލާތް ކުރެވޭ އަދަދު އިންތިހާއަށް ކުޑައެވެ.

ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ދިވެހި ސަރުކާރުން ނަގާފައިވާ ދަރަނިތައް ބޮޑުވެ، މިއަދުގެ ހާލަތައް ބަލާއިރު ރާއްޖޭގެ ދަރަނި 6.8 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އެއީ ރާއްޖޭގެ ޖީޑީޕީ އަށް ބަލާއިރު ގާތްގަނޑަކަށް 113 އިންސައްތައާ އެއްވަރުގެ އަދަދެކެވެ.

މިހާލަތާއި ކުރިމަތިލާން ޖެހިފައިވާ ސަބަބުތަކަށް ބަލާއިރު ސަރުލާރުގެ އެކި އެކި ހަރަދުތައް ބޮޑުވެފައި ޓޫރިޒަމްގެ އާމްދަނީއަށް ބަރޯސާވުން. އަދި ދިވެހި ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ދަށަށްގޮސް އިންފްލޭޝަން ކުރިމަތިލާން މިވަނީ ޖެހިފަ

މަޓޯޓާގެ ރިޕޯޓު

އަދިހަމަ މީގެ އިތުރުން ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމާ ގުޅިގެން ޓޫރިޒަމް ދާއިރާއަށް ކުރާނެ ނޭދެވޭ އަސަރުތައް ހާމަކޮށް އެކަމާ ދެކޮޅަށް މަޓާޓޯއިން ކުރިންވެސް އަޑު އުފުލިކަން ފާހަގަކޮށް އެ ޖަމިއްޔާގެ ރިޕޯޓޫގައި ބުނީ އެކަމުގެ ސަބަބުން ރާްޖޭގެ ރިސޯޓްތައް ވިއްކާ އަގު މަތިކުރަންޖެހި، ދުނިޔޭގެ އެހެން ޓޫރިސްޓް މަންޒިލްތަކާއި ވާދަކުރުމުގެ ފުރުސަތު ހަނިވެ، ފަތުރުވެރިން މަދުވުމުގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ވޭތުވެދިޔަ ހަތަރު އަހަރާއި ހަ އަހަރުގެ ތެރެގައި ޓޫރިޒަމް ދާއިރާއަށް އިންވެސްޓްކުރުމުގެ ގާބިލުކަން ހުރި ގިނަ ފަރާތްތަކުން އިވެސްޓް ކުރުން ވެސް މަދުވެފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން މި ރިޕޯޓަށް ބަލައި، ރާއްޖޭގެ އިގްތިސާދު ސަލާމަތް ކުރުމަށްޓަކައި ދިވެހި ސަރުކާރުން މިކަމާމެދު ވަރަށް އަވަހަށް ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ދެކޭކަމުގައިވެސް މަޓޯޓާގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.
06 Oct 2026
ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.