ދިވެހިރާއްޖޭގެ ފުރަތަމަ އޮންލައިން ޓްރެވަލް އޭޖެންސީ ވެބްސައިޓް ލޯންޗުކޮށްފި

05 Oct 2018 | 15:50

ޓްރެވެލަރ.އެމްވީ ގެ ނަމުގައި ދިވެހިރާއްޖޭގެ ފުރަތަމަ އޮންލައިން ޓްރެވަލް އޭޖެންސީ ވެބްސައިޓް ލޯންޗުކޮށްފިއެވެ. އޮންލައިން ޓްރެވަލް އޭޖެންސީ އަދި ބީޒްނަސް-ޓު-ބިޒްނަސް ޓްރެވަލް ކޮންޕޯނެންޓެއްގެ މައްޗައް ބިނާކޮށްފައިވާ މި ވެބްސައިޓް ލޯންޗު ކޮށްފައިވަނީ ލަނިއަކިއާ ޓްރެވަލްގެ ފަރާތުންނެވެ.

ދިވެހިރާއްޖޭގެ އެތައް ރިސޯޓު، ގެސްޓް ހައުސް، އަދި ހޮޓެލެއް މި ވެބްސައިޓުގައި ހިމޭނެނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އޮންލައިން ޓްރެވަލް އޭޖެންސީތަކަށް ޓްރެވެލަރ.އެމްވީ ވެބްސައިޓުގެ ކޮންޓެންޓް ވިއްކުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

ޓްރެވެލަރ.އެމްވީ ހާއްސަ ކުރެވިފައިވަނީ ހަމައެކަނި ކަސްޓަމަރުންނަކަށް ނޫނެވެ. ސްޓޭސް އޮފް ދި އާޓް އޮޓޯމޭޓެޑް ޕްލެޓްފޯމެއް މެދުވެރިކޮށް ހޮޓެލިއަރުންނާއި ޓްރެވަލް އޭޖެންސީތައްވެސް މި ޓްރެވަލް ވެބްސައިޓުން ގުޅުވައިދެއެވެ. މިހެންވުމުގެ ސަބަބުން މާކްއަޕްސް، ކޮންޓެންޓް، ކޮންޓްރެކްޓް ތައްޔާރު ކުރުން އަދި ހޮޓްލިއާސްއާއި ޓްރެވަލް އޭޖެންސީތަކުން އަގުތައް ކަނޑައެޅުމުގައި ހޭދާކުރާ ވަގުތު ވަރަށް ބޮޑުތަނުން ސަލާމަތްވެގެން ދާނެއެވެ.

ޓްރެވެލަރ.އެމްވީ އިންވަނީ ރިސޯޓު، ގެސްޓް ހައުސް، އަދި ހޮޓެލްތަކުގެ ތެރެއިން ޕާޓްނަރުންގެ ގޮތުގައި އެ ފަރާތާއި ގުޅެން ބޭނުންވާ ފަރާތްތަކަށް https://partners.traveler.mv/ މެދުވެރިކޮށް ރަޖިސްޓަރވުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

Advertisement

ކޮމެންޓް