މަންތާާ އެއާ އޮޕަރޭޓްކުރުމުގެ ހުއްދަ ދީފި

21 Feb 2019 | 20:30

ރާއްޖޭގެ އެތެރޭގެ އުދުުހުންތައް ފެށުމުގެ ހުއްދަ މަންތާ އެއާއަށްދީފިއެވެ.

މަންތާ އެއާއަށް އެ ހުއްދަ ދީފައިވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަރާތުންނެވެ.

އެ އެއާލައިނަށް ހުއްދަ ދިން އިރު ދަތުރުތައް ކުރަން އޭޓީއާރު 72- 600 މަރުކާގެ ދެ ބޯޓު ވަނީ ރާއްޖެ ގެނެސްފަ އެވެ. އަދި އިތުރު ބޯޓެއް މިއަހަރުގެ ކުރީކޮޅު ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް އެ އެއާލައިނުންވަނީ ބުނެފައެވެ.

ސިވިލްއޭވިއޭޝަނުން މަންތާއަށް އެއާ އޮޕަރޭޓާސް ސެޓްފިކެޓް (އޭއޯސީ) ދިނުމާއެކު މިއަދުން ފެށިގެން ޗާޓަރު ދަތުރުތައް ކުރެވޭނެ އެވެ. ނަމަވެސް ޓިކެޓް ވިއްކައިގެން ދަތުރުކުރެވޭނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށް ސިވިލް އޭވިއޭޝަނުން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް