އެޗްއާރްސީއެމްގެ ނާއިބު ރައީސް އަދުހަމް--
ހަބަރު
24 Sep 2023 | 14:25
އެޗްއާރްސީއެމް ގެ ނާއިބު އަދުހަމް ވަޒީފާއަށް ނުނިކުމެ އޮސްޓްރޭލިޔާގައި ދިރިއުޅޭތާ އެތައް ދުވަހެއް!

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރްސީއެމްގެ ނާއިބު ރައީސް އަހުމަދު އަދުހަމް އަބްދުالله ވަޒީފާއަށް ނުނިކުމެ އޮސްޓްރޭލިޔާގައި ދިރިއުޅޭތާ އެތައް ދުވަހެއް ވެފައިވާކަން ހާމަވެއްޖެއެވެ. 

"ވޮއިސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޮފީހަށް މަސައްކަތަށް ނުނިކުންނަވައި އަދުހަމް އޮސްޓްރޭލިޔާގައި ދިރިއުޅުއްވަމުންދާތާ މިހާރު 4 ވަރަކަށް މަސް ދުވަސް ވެއްޖެއެވެ. އަދި އޭނާ މިހާރު އަންނަނީ އޮސްޓަރުލިޔާގައި އަމިއްލަ ވިޔަފާރިއެއް ހޯދައި އެއިންވެސް ނަފާ ހޯދަމުން ކަމަށް މައުލޫމާތު ލިބެއެވެ.

އޮސްޓަރޭލިޔާގައި އަމިއްލަ ވިޔާފަރި ހޯދައި އެއިން ފައިދާ ނަގަމުންދާއިރު، އެޗްއާރްސީއެމްގެ ނާއިބު ރައީސް ގެ މަގާމުގައި ހުރުމުގެ ސަބަބުން ދައުލަތުގެ ފައިސާއިންވެސް އޭނާއަށް މަގާމުގެ އުޖޫރަ އަންނަނީ ލިބެމުންނެވެ. 

އަދުހަމް ހިންގާ ވިޔަފާރީގެ މަޢުލޫމާތު --

އެގޮތުން ވަޒީފާއަށް ނުނިކުންނެވި ނަމަވެސް، މުސާރައިގެ ގޮތުގައި 44,000 ރުފިޔާ އަދި އެމްޕްލޯޔަރ ޕެންޝަންގެ ގޮތުގައި 2,100, އެކު ޖުމްލަ 46,100 އޭނާއަށް ކޮންމެ މަހަކުވެސް އަންނަނީ ލިބެމުންނެވެ. 

މަގާމުގައި ހުންނަވައި، ބޮޑު މުސާރަ ނަންގަވައިގެން ވަޒީފާއަށް އޮފީހަށް އަދުހަމް ނުނުކުރައްވާއިރު، އެޗްއާރްސީއެމުން ރާއްޖޭގައި ހިނގަމުންދާ، އެ ކޮމިޝަންގެ ޒިންމާގެ ދަށަށް އަންނަ މައްސަލަތައް ނުބަލާ ކަން އާއްމުންގެ ގިނަބައެއް އަންނަނީ ފާހަގަކުރަމުންނެވެ. 

ޚާއްސަކޮށް މި ރިޔާސީ އިންތިހާބުގެ ތެރޭގައި، ކެންޑިޑޭޓުންގެ ކެންޕެއިން ކުރުމުގެ ހައްގަށް އެރުމާއި، އަދި އިދިކޮޅު ފަރާތްތަކަށް ޝުޢޫރު ފާޅުކުރުމުގެ ފުރުސަތު ނުދީ އެއްވެސް ހައްގަކާއި ނުލައި ހައްޔަރު ކުރަމުންދިޔަ މައްސަލާގައި ގިނަ ބައެއްގެ ނުރުހުން އެ ކޮމިޝަނަށް އަންނަނީ އަމާޒުވަމުންނެވެ.

އެގޮތުގައި އެ ހުރިހާ ކަމެއް ހިނގަމުންދިޔަ އިރު ނިދާފައި އޮތުމަށްފަހު، އެޗްއާރްސީއެމް ދާދިފަހުން ހޭލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ހުޔާ ސަރަހައްދަށް ކެންޕެއިނަށް ވަޑައިގެންނެވުމުން އެތަނުގައި ހިނގައި ދިޔަ ކަންކަމަށް ފަހުގައި ކަން ފާހަގަކޮށްލަން ޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.