މިނިސްޓަރު އަހުމަދު މަހުލޫފް--
ހަބަރު
29 Sep 2023 | 09:28
މާލެ ސަރަހައްދުން ގޯތި ލިބުނު މީހުން ގޯއްޗަށް ވަންނާނީ ތިލަމާލޭ ބުރިޖުގައި ދުއްވާލާފަ ގޮސް: މަހުލޫފް

މުޅި މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތައް ގޯއްޗަށް ވަންނާނީ ތިލަމާލޭ ބުރިޖުގައި ދުއްވާލާފަގޮސް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. 

ތިލަމާލޭ ބުރިޖުގެ މަސައްކަތާއި ގުޅިގެން ސަރުކާރަށް އަމާޒުވަމުންދާ ފާޑު ކިޔުންތަކަށް ރައްދު ދެއްވުމަށް، އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު މީސް މީޑިއާގައި މަހްލޫފް އާންމު ކުރެއްވި ވީޑިއޯ އެއްގައި އޭނާ ވިދާޅުވީ، ބްރިޖުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގައި ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ފެނިމުން ހައިރާންވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެގޮތުން، ބުރިޖުގެ ސެގްމެންޓް ތަކުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، 100 އަށްވުރެ ގިނަ ސެގްމެންޓް ގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކު ޖުމްލަ 1200 ސެގްމެންޓް ހެދިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ބޭފުޅުންނާއެކު ހެދިފައިވާ ކޮންޓްރެކްޓް ގައިވާ ގޮތަށްވުރެ މާ އަވަހަށް، މާ ބާރު ސްޕީޑެއްގައި މި މަސައްކަތް ނިމިގެންދާނެ. އެކަމުގެ އެއްވެސް ޝައްކެއް އަޅުގަނޑުގެ ނެތް. 

އަހުމަދު މަހުލޫފް 

މަހްލޫފް ވިދާޅުވީ، ތިލަމާލޭ ބުރިޖުގެ މަސައްކަތް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ސަރުކާރުން ދިވެހިރާއްޖެއަށް ޚާއްސަކޮށް މާލެ ސަރަހައްދަށް ގެންނަ ބޮޑު އިންގިލާބީ ބަދަލަކަށް ކަމަށެވެ. 

އަދި މާލެ ސަރަހައްދުން ރައީސް ޞާލިހު ދޫކުރައްވާފައިވާ ގޯތިތައް މިހާރު ކަނޑަމުންދާއިރު، އެ ގޯތި ތަކުގެ ވެރިފަރާތްތަކުން އެ ތަންތަން ހަދަމުންދާއިރު އެ ބްރިޖުވެސް އެ ތަންތަނާއި ގުޅިގެން ދާނެ ކަމަށް މަހްލޫފު ވިދާޅުވި އެވެ. 

"އިރާދަކުރެއްވިއްޔާ 7 ކިލޯ މީޓަރުގެ ބުރިޖުން ދަތުރުކުރެވޭނެ. މުޅި މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތައް ގޯއްޗަށް ވަންނާނީ އިރާދަކުރެއްވިއްޔާ ބުރިޖުގައި ދުއްވާލާފަގޮސް." މަހްލޫފް ގެ ވީޑިއޯ އާއި އެކު ހިއްސާ ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ. 

މަހްލޫފް އިތުރަށް ވިދާޅުވީ ބުރިޖުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ކުރިއަށްދަނީ އެތަނުގައި ކަމަށާ، އެ މަސައްކަތް މިހާރު ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ. އެހެންކަމުން، ބާކީ 30 އިންސައްތަ މަސައްކަތް ވެސް ބާރަށް ކުރިއަށް ގޮތް އަވަހަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.