އުމަރު ނަސީރު
ހަބަރު
29 Sep 2023 | 11:05
ކޮޅުބަދަލުކުރައްވައި ރަނިންމޭޓް ދެއްކެވި ވާހަކަތަކަށް އުމަރު ނަސީރު މައާފަށް އެދިއްޖެ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރުގެ ރަނިންމޭޓް މާޒް ސަލީމް ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދު ކުރައްވައި ކުއްލިގޮތަކަށް އެމްޑީޕީގެ ޕޯޑިއަމަކަށް އަރުއްވައި ދެއްކެވި ވާހަކަތަކާމެދު ހިތާމަކޮށް އެވާހަކަތަކާމެދު ދިވެހި ރައްޔިތުންގެ ކިބައިން މައާފް އެދިވަޑައިގަންނަވާކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު ވިދާޅުވީ މާޒްސަލީމަށް އެވީ ގޮތަކާމެދު ވަރަށް ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

" ޚާއްސަގޮތެއްގައި އަޅުގަނޑު ހައިރާންވީ ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކެވީތީވެ. ޚުދު ސަލީމަކީ އަޅުގަނޑާއެކު މަގުމަތީގައި ޕިކަޕްތަކަށް އަރައިގެން އަޑުގަދަކުރާއިން އިންޑިއާ ސިފައިން ބާލަން ގޮވަމުންދިޔަ މީހެއް. މިއަދު އެހެން ޕޯޑިއަމަކަށްއަރާ އެހެންގޮތަކަށް ވާހަކަދެއްކީމާ އަޅުގަނޑު މުޅިން ހައިރާންވެއްޖެ. ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން އެއީ އަޅުގަނޑުމެން އެންމެން ދަންނަކަމެއް. އެއި ހަގީގަތެއް. އެމީހުން ބާލަންޖެހޭނެ ދިވެހިރާއްޖެއިން" އުމަރު ވިދާޅުވީ ދިވެހިރާއްޖޭގައި އިންޑިއާސިފައިން ތިބުމަކީ ދިވެހިގައުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއްކަމަށާއި އެކަމުގައި ދިވެހި ގައުމުން އެމީހުން ބާލަން ރައްޔިތުން މަސައްކަތްކުރަންޖެހޭނެކަމެއްކަމަށެވެ.

" އަޅުގަނޑާއެކު މަސައްކަތްކުރި މީހަކު ކޮޅުބަދަލުކުރުމަކީ އަޅުގަނޑު ޒިންމާވާންޖެހޭނެކަމެއްނޫން. މިކަން މިހެން ދިމާވީތީ އަޅުގަނޑު ވަރަށް ހިތާމަކުރަން. ތިބޭފުޅުންގެ އަރިހުން މައާފަށްވެސް އެދެން" އުމަރު ވިދާޅުވީ މާޒް ސަލީމް ކޮޅުބަދަލުކުރުމަކުން އިންޑިއާސިފައިން ބޭލުމަށް ކުރާ މަސައްކަތުގައި އޭނާގެ އަޒުމަކަށް ބަދަލެއް ނާންނާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.