އެޗްއާރުސީއެމްއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ހަބަރު
02 Oct 2023 | 08:37
ނިޒާމާ މެދު ހިތްހަމަ ނުޖެހުމަކީ ބާތިލް ވޯޓު ގިނަވާ ސަބަބެއް: އެޗްއާރުސީއެމް

ދައުލަތުގެ ވެރިކަން ކުރާ ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތާ މެދު ހިތްހަމަނުޖެހުމަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބާތިލް ވޯޓު ގިނަވި ސަބަބުތަކުގެ ތެރެއިން އެއް ސަބަބަށް ވުން އެކަށީގެންވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބުނެފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުމާއި ގުޅިގެން އެޗްއާރުސީއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގް ވިދާޅުވީ، ނިޒާމަށް އިތުބާރު ނުކުރާ މީހުން ވެސް ބާތިލް ވޯޓު ލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އިލެކްޓެޑް ކޮންމެ މަގާމަކަށް މީހަކު އައްޔަން ކުރި ކަމުގައި ވިޔަސް، މާބޮޑު ބަދަލުތަކެއް ނިޒާމަށް ނާންނާނެ ކަމުގެ ގަބޫލުކުރުންތައް އޮތްކަމަށް ވަންޏާވެސް ބާތިލް ވޯޓު ލުމުގެ ފުރުސަތު އެބަ އޮތް

އާމިނަތު ޝިފާއަތު އަބްދުއްރައްޒާގް

މީގެ އިތުރުން ޝިފާއަތު ވަނީ، ރާއްޖޭގެ ނިޒާމު އޮންނަ ގޮތުން އިންތިޚާބަށް ކުރިމަތިލާ އެއްވެސް މީހަކަށް ތާއީދު ނުކުރާނަމަ އެކަން ހާމަކޮށް ފާހަގަ ޖަހާނެ ގޮޅިއެއް ނޯންނަކަން ފާހަގަކުރައްވައި އެއްވެސް ކެންޑިޑޭޓަކަށް އަދި ނިޒާމަށް ވެސް ތާއީދު ނުކުރާކަން ދައްކަން ބައެއް މީހުން ވޯޓު ކަރުދާހުގައި ވޯޓު ބާތިލް ކުރާ ސަބަބު ލިޔާކަމަށް ވިދާޅުވެފައެވެ. 

އެކަން އިތުރަށް ތަފްސީލްކޮށްދެމުން އެޗްއާރުސީއެމުން ވަނީ، މީހުން ހިތްހަމަނުޖެހެނީ، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ލިބިދޭ ޚިދުމަތްތަތަކާއި, ރައްކާތެރިކަމާއި, ހައްލުތަކަކީ އެންމެ އެކަށީގެންވާގޮތަށް އަދި އެންމެ ޒިންމާކުރުވަނިވި ގޮތެއްގައި ހިނގަމުންދާ ކަންކަންކަމުގައި ގަބޫލު ނުކުރެވޭތީ ކަމަށް ބުނެފައެވެ.އަދި ހަމަ އެޔާއެކު ޝިފާއަތު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުންނާއި ސަރުކާރުގެ އިދާރާތަކުން ވޯޓު ބާތިލް ވާނެ ހާލަތްތައް ވަރަށް ރަނގަޅަށް ރައްޔިތުންނަށް އޮޅުން ފިލުވައިދިން ކަމަށާއި ނަމަވެސް އެއަށްވުރެ ބޮޑު މަސައްކަތެއް ވޯޓު ބާތިލްވާނެ ހާލަތްތައް އަންގައިދިނުމަށް ކުރަން ޖެހޭކަމަށެވެ. 

މީގެ އިތުރުންވެސް އޭނާ ވިދާޅުވީ، އެކިކަހަލަ ޝަކުވާތަކާ ގުޅިގެންނާއި ވޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ސައްހަ ވޯޓާއި ބާތިލް ވޯޓު ކަނޑައެޅުމުގެ އުސޫލު ބަދަލުކުރަން ޖެހުނު ކަމަށެވެ. މިއީ ވެސް ބާތިލް ވޯޓު ގިނަވި ސަބަބެއްކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އިންތިޚާބުގެ ފުރަތަމަ ބުރުގައި ބާތިލް ވޯޓު ކަނޑައެޅުމުގައި އެކި ވޯޓު ފޮށިތަކުގެ އެކި ވެރިން އެކި ގޮތަށް ކަންތައް ކޮށްފައި އެބަ ހުރި ކަމަށެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ބާތިލް ވޯޓުގެ އަދަދަކީ 7،456އެވެ.

އެއީ، ފުރަތަމަ ބުރާ އަޅާ ބަލާއިރު 2،621 ވޯޓުގެ އިތުރުވުމެކެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ ބުނާ ގޮތުން، އެ ބުރުގައި ވަނީ 4،835 ބާތިލު ވޯޓު ލައިފައެވެ.


ކޮމެންޓް
އުދުހޭ ކޮކާ
މިއީ ކޮންކަހަލަ ގަމާރު ވާހަކަ ދައްކާ ކަނޑުކޮހުން ތަކެއް.
02 Oct 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.