މާލެސިޓީ ކައުންސިލްގެ ކައުންސިލަރުންނާ އެކު ޑރ. މުޢިއްޒު-- ފޮޓޯ/ މިހާރު
ހަބަރު
02 Oct 2023 | 15:09
"މުޢިއްޒު ވަނީ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ފުޅާކުރައްވާ، އާމްދަނީ އިތުރު ކުރައްވާފައި"

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އިންތިޚާބް ކާމިޔާބުކުރެއްވި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކާމިޔާބީ ފާހަގަކޮށް މާލޭ ސިޓީ ކައުންސިލުން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ. 

މާލޭ ސިޓީގެ މޭޔަރގެ މަގާމުގައިވެސް ހުންނެވި ޑރ. މުޢިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޑރ. މުޢިއްޒު މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނަވައިގެން ފާއިތުވި ދެ އަހަރު ދުވަހު މާލޭ ސިޓީއަށް ޚިދުމަތްކުރެއްވުމުގައި ނުހަނު ބުރަކޮށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ. 

"ސިޓީ ކައުންސިލްގެ ހިންގުން ރަނގަޅުކުރައްވައި ހަރުދަނާކުރައްވައި، ޚިދުމަތްތައް ފުޅާކުރައްވައި ޒަމާނީ ހަލުވި ޚިދުމަތްތަށް ތަޢާރަފްކުރެއްވިކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ. ލާމަރުކަޒީ ޤާނޫނުން ލާޒިމްކުރާ ކަންކަން އޭގެ ފުރިހަމަ މަޚްފޫމްގައި ތަރުތީބުން ކުރައްވައި ކައުންސިލްގެ އާމްދަނީ އިތުރުކުރައްވައި، ރައްޔިތުންގެ އަޑުއައްސަވައި މަޝްވަރާކުރައްވައި ރައްޔިތުން ގާތަށްވަޑައިގެން ޙާލުބައްލަވައި މަޝްވަރާ ބައްދަލުވުންތައް ބޭއްވިކަންވެސް މި ފުރުޞަތުގައި ފާހަގަކުރަމެވެ." މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. 

މިއާއެކު މާލެ ސިޓީ ކައުންސިލުން ބުނީ، ސިޓީ ކައުންސިލްގެ ޓީމް ގޮވައިގެން އެމަނިކުފާނު މަސައްކަތްކުރެއްވި ދުވަސްތަކަކީ މުވައްޒަފުންނަށް އުހައުވެރިކަން ގެނެސްދިން، މުވައްޒަފުންގެ އަގުވަޒަންކޮށް މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރެއްވި އަދި މަސައްކަތްކުރުމަށް މަގުފަހިކޮށްދެއްވި ދުވަސްތަކެއްކަމަށެވެ. 

"މަނިކުފާނަކީ ޝައުގުވެރިކަމާ މުރާލިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނަވާ ބޭފުޅަކަށްވީހިނދު މިއަދު ސިޓީ ކައުންސިލް ދޫކުރައްވައި ތިޔަ ވަޑައިގަންނަވަނީ އެއަށްވުރެ މަތިވެރި އަމާނަތާ ޙަވާލުވެވަޑައިގެން އެއަށްވުރެ މަތިވެރި ޚިދުމަތްތަކެއް ޤައުމަށް ކުރެއްވުމަށްކަމުގައިހެޔޮހިތުން ޤަބޫލުކުރާހިނދު މަނިކުފާނުގެ ޚިދުމަތުގެތެރޭގައި މި ސިޓީވެސް ހިމެނިގެންދާކަމީ ލިބޭ ޝަރަފެއްކަމުގައި ދަންނަވަމެވެ." ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. 

މިއާއެކު މުޢިއްޒުގެ މަސައްކަތުގައި މާތް الله ބަރަކާތްލައްވައި އެމަނިކުފާނުގެ ޒަޢާމަތުގެ ދަށުން ދިވެހި ގައުމަށް ފަހިކަމާ ފާގަތިކަން މިންވަރުކުރެއްވުން އެދި މާލެ ސިޓީ ކައުންސިލުން ވަނީ ދުޢާ ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.