އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
03 Oct 2023 | 11:23
ނިޒާމީ ވޯޓާއި ގުޅޭ ގަރާރު ފާސްކުރީ އަވަސްއަރުވާލައިގެން، ގިނަ މައްސަލަތައް އެބަހުރި: އަސްލަމް

ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ގަރާރު ފާސްކޮށްފައިވަނީ އަވަސް އަރުވާލައިގެން ކަމަށާއި، އެ ގަރާރުގައި ފުރިހަމަ ނުވާ އެތައް ކަމެއް ހުރިކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

އަސްލަމް މިފަދައިން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާއި ގުޅޭ މައްސަލައަށް މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައި ވަނީ 30 އޮކްޓޯބަރު 2023ގެ ކުރިން ވެރިކަމުގެ ނިޒާމާއި ގުޅޭ ވޯޓު ނަގަންވާނެ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. 

އެ ގަރާރާއި ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ އެމްޑީޕީ ހިމެނޭހެން 29 މެންބަރުންގެ ވޯޓުންނެވެ. 

އެކަމާއި ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ނިޒާމީ ވޯޓުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ ވަރަށް ހައްސާސް ދަނޑިވަޅެއްގައި ކަމަށެވެ. އަދި އޭރުގެ ހާލަތަށް ބަލައި އެއް ދުވަސްތެރޭ ދިރާސާކުރެވި ގަރާރު ފާސްކުރި ނަމަވެސް އެއީ ވަރަށް އަވަސްއަރުވާލައިގެން ކުރެވުނު ކަމަކަށް ވާތީ ފުރިހަމަ ނުވާ އެތައް ކަންތައްތަކެއް ހުރިކަން އަސްލަމް ފާހަގަކުރެއްވި އެވެ. 

"މި ގަރާރު ފާސްވެގެން ދިޔައީ ވަރަށް އުނދަގޫ ދަތި ވަގުތެއްގައި. އެކަމާއި ދޭތެރޭގައި އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އިއްޒަތްތެރި ހުރިހާ މެމްބަރުންނަށް ވެސް ފުންކޮށް ވިސްނާލާ އަދި މި ކަމާއި ގުޅޭގޮތުން އަޅުގަނޑުމެންގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ކުރެވުނު ކަމަކަށް. އެހެންކަމުން އެހާ އަވަސްކޮށް އަޅުގަނޑުމެން އެއްދުވަހު ބަހުސް ކުރުމަށް ފަހުގައި މުޅި މަޖިލީހުގެ ކޮމެޓީއަކަށް ގެންގޮސް މި ފާސްކުރުމަށް ފަހު މި ގަރާރު ނިމިގެން ދިއުމުން މީގައި ހިމަނަން ޖެހޭ ވަރަށް ކަންކަން ނުހިމެނި ހުރިކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ"

އެމްޑީޕީ ޕީޖީ ލީޑަރު އަސްލަމް

އަސްލަމް ވިދާޅުވީ ނިޒާމީ ވޯޓުގެ ގަރާރާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނަށް ގިނަ ސުވާލުތަކެއް އުފެދިގެން ދިޔައީ ވެސް ގަރާރުގައި ފުރިހަމަ ނުވެ އެތައް ކަމެއް އޮތުމުން ކަމަށެވެ. 

އެހެންކަމުން ގަރާރާއި ގުޅޭގޮތުން އީސީން ފޮނުވާފައިވާ ސިޓީ މަޖިލީހުގެ ދާއިމީ ކޮމެޓީއަކަށް ގެންގޮސް ގަރާރާއި، އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި ހުރި ކަންބޮޑުވުންތަކާއި ބަލައި އެކަން ކުރިއަށް ގެންދެވޭނެ ގޮތްތައް ސާފުކޮށް ބަލައި ދިރާސާ ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އަސްލަމް ވިދާޅުވި އެވެ. 

އަސްލަމް ވިދާޅުވީ ނިޒާމީ ވޯޓުގެ ވާހަކައަކީ ކުޑަ ވާހަކައެއް ނޫން ކަމަށެވެ. އަދި އެއީ ގައުމީ ވަރަށް ބޮޑު ނިންމުމެއް ކަމަށެވެ.

އެހެންކަމުން އަވަސް އަރުވާލައިގެން ކުރުމުގެ ބަދަލުގައި ދިރާސާތައްކޮށް ފުރިހަމައަށް އެކަންކަމާއި ގުޅޭގޮތުން ވާހަކަދެކެވިގެން ރަނގަޅު އިންތިޒާމެއްގެ ތެރެއިން އެ ކަންކަން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއްކަމަށް އަސްލަމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.