ރޭގެ ގައުމީ މަޖިލިސް ބައްދަލުމުގައި ރައީސް ޞާލިހު ވާހަކަ ދައްކަވަނީ--ފޮޓޯ/ ވޮއިސް
ހަބަރު
04 Oct 2023 | 09:34
އަޅުގަނޑުގެ އަމާޒަކީ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުން: ރައީސް ޞާލިހު

މިހާރު އެމަނިކުފާނުގެ އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިހް މިފަދައިން ވިދާޅުވެފައި ވަނީ ނިޒާމީ ވޯޓާ ގުޅޭ ގޮތުން ނަގަން ތައްޔާރުވަމުންދާ ވޯޓުގައި އެމްޑީޕީން ގޮތް ނިންމާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރޭ ބޭއްވުނު އެމްޑީޕީީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަން ފަށްޓަވަމުން ރައީސް ޞާލިހު ވަނީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވަން ޕާޓީގެ މަޖިލިސް މެންބަރުންނާއި ޤައުމީ މަޖިލީހުގެ މެންބަރުންނާއި ދާއިރާގެ މެންބަރުން އަދި އާންމު މެންބަރުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަން ފާހަގަކުރައްވައި އެހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. 

އެއަށްފަހު އެމަނިކުފާނު ވިދާޅުވީ، ދެން އެ ޕާޓީން މަސައްކަތް ކުރަންވާނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން މަސައްކަތް ކޮށް ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެއީ އެ ޕާޓީއަށް އައު ކަމެއް ނޫން ކަމަށާ، "ބައެއް ފަހަރު އެމްޑީޕީއަށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ މާރަނގަޅު މަސައްކަތްތައް ކުރެވޭ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއާއެކު ރައީސް ޞާލިހް ވަނީ، އެމަނިކުފާނުގެ މިހާރުގެ އަމާޒަކީ ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވުން ކަމަށާ، އަދި އެކަން ކުރުމަށާއި، ޖެހިގެން އަންނަ 2028 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި އެކަމުގައި އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ. 

"އަޅުގަނޑުގެ ކުރިއަށް އޮތްތަނުގެ އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ހޯދައިދިނުން. 2028 ގައި މި ޕާޓީ ރާއްޖޭގެ ވެރިކަމަށް މި ޕާޓީ ގެނައުމަށް ކުރަންޖެހޭ މަސައްކަތްކުރުން،" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރޭގެ ބައްދަލުވުމުގައި، މަޖިލީހުގައި މިހާރު ބަހުސް ކުރެވެމުންދާ ބަރުލަމާނީ ނިޒާމާގުޅޭ ގަރާރަށް ތާއީދު ނުކުރަން އެމްޑީޕީގެ މުޅި ގައުމީ މަޖިލީހުން ފާސްކޮށްފައިވާއިރު، ރައީސް ޞާލިހު ވަނީ ރާއްޖޭގައި ރިޔާސީ މިޒާމު ދަމަހައްޓަން ކުރެވެން ހުރި މަސައްކަތްތައް އެމަނިކުފާނު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.
10 Jul 2026
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: ފަސް މީހަކަށް އަނިޔާވި، ދޯނި މަޑުނުކުރި
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަސްމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
09 Jul 2026
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.
09 Jul 2026
ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް, ބައެއް ތަކެތި އޮޔާ ދަނީ
އެމްއެންޑީއެފުން ވަނީ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.
09 Jul 2026
އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބަލީގަައި ކަމަށް އެނގިފައިވެ އެވެ. އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ހިމެނުނީ އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރުގެ ގޮތުގަ އެވެ.
09 Jul 2026
ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ