އަހަރުގެ އެންމެ ބޮޑެ ކާރޑޭޝިއަން ކަންތައްގަނޑު: ކޮއްކޮ ކައިލީގެ ރައްޓިއްސަކާ ހުރެ ކްލޮއީ އޭނާގެ ދަރިފުޅުގެ ބައްޕަ ދޫކޮށްލައިފި!

23 Feb 2019 | 14:14

ފައިތުވި ހަފްތާގައި މީސްމީޑިއާގައި އިތުރު ވާހަކައެއް ދެކެވުނު ހެން ހިޔެއްވެސް ނުވެއެވެ. މަޝްހޫރު ކާރޑޭޝިއަން އާއިލާ އަށް ފެބްރުއަރީ 19 ވަނަ ދުވަހު އައި ލޮޅުމުގެ ސަބަބުން އެހެން ސެލެބްރިޓީންގެ އިތުރުން އާންމުންވެސް ދަނީ އެކި ޕްލެޓްފޯރމް ތަކުގައި ޚިޔާލުފާޅުކުރަމުންނެވެ.

އަސްލު ވެގެންދިޔައީ ކިހިނެއްތޯ ބަލާލިއިރު، ކްލޮއީ ކާރޑޭޝިއަން އާއެކު 2016 ވަނަ އަހަރުންސުރެ ލޯބީގެ ގުޅުމެއްގައި އުޅުނު ބާސްކެޓްބޯލް ކުޅުންތެރިޔާ ޓްރިސްޓަން ތޮމްޕްސަން މިވަނީ، ކްލޮއީގެ ކޮއްކޮ ކައިލީގެ އެންމެ ގާތް ރަހުމަތްތެރިޔާ ޖޯރޑިން ވުޑްސް އާއެކު ގުޅުމެއް ހިންގައިގެން، މުޅި ކާރޑޭޝިއަން އާއިލާ ތެރޭ އެ މައްސަލަ ގޯސްވެގެންނެވެ.

ޓްރިސްޓަން އަކީ އެންމެ ވަފާތެރި ލޯބިވެރިޔާއެއް ނޫނެވެ. އަދި ރައްޓެހި ވުމުގެ ތެރެއިން އިރުއިރުކޮޅާ ޓްރިސްޓަން ގެ ކަންތަކާހުރެ ކްލޮއީ އާއި ޓްރިސްޓަން އެކިފަހަރުގެ މަތިން ރުޅިވެފައިވާއިރު، ކްލޮއީ ވަނީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހު ޓްރިސްޓަން އަށް ބަލިވެ އިނދެ އޭނާގެ ކުޑަ އަންހެންދަރިފުޅު ޓްރޫ ވެސް ވިހާފައެވެ. އެހެންނަމަވެސް ޓްރިސްޓަން އަށް ކޮންމެ ފަހަރަކުވެސް މާފުދެމުން އަންނަ ކްލޮއީ އަށް، މި ފެބްރުއަރީ މަހު ފަޅާއަރާފައިވަނީ ހީވެސް ނުކުރެވޭ ވަރުގެ ބޭވަފާތެރިކަމެކެވެ.

މި އަހަރުގެ ވެލެންޓައިންސް ޑޭ އާއި ގުޅިގެން ޓްރިސްޓަން ގެ އެކުވެރިއެއްގެ ގޭގައި ބޭއްވުނު "ސިންގަލްސް" ޕާރޓީއެއްގައި ޓްރިސްޓަން ވަނީ އޭނާއާއި ކްލޮއީގެ ގުޅުން އެއްކޮށް ނިންމާލާވަރުގެ ބޮޑު ކަމެއް ކޮށްފައެވެ. ޕާރޓީއަށް އައިސް އުޅުން، އަދި ކާރޑޭޝިއަން އާއިލާ އާއި ވަރަށް ގާތް މީހެއްގެ ގޮތުގައި މިޔޮެއް ހުރިހާ ދުވަހު ދެމިހުރި ޖޯރޑިން ވުޑްސް އާއެކު ގުޅުމެއް ހިންގި ކަމަށް އެރޭ އެތާ މަންޒަރު ބަލަން ތިބި މީހުން ވަނީ މީސްމީޑިއާގައި ފަޅާއަރުވާލާފައެވެ. 

ޖޯރޑިން އަކީ ކްލޮއީގެ ކޮއްކޮ ކައިލީގެ އެންމެ ގާތް ރަހުމަތްތެރިޔާ އެވެ. ސްކޫލްގަ އުޅުނީންސުރެ "ބެސްޓް ފްރެންޑްސް" ގެ ގޮތުގައި އުޅުނު ކައިލީ އާއި ޖޯރޑިން ބޮޑުވެފައިވަނީ އެއްކޮށެވެ. އަދި އިއްޔެ ނޫން ކުރީ ދުވަހާޖެހެންދެންވެސް ޖޯރޑިން ދިރިއުޅެމުން ދިޔައީ، ކައިލީ ދިރިއުޅޭ ގޭގެ ގެސްޓްހައުސްގައި އޭނަޔާ އޭނަގެ އަންހެން ދަރިފުޅު ސްޓޯރމީ އާއި އެކީ އެވެ. ޚަބަތުލިބޭ ގޮތުގައި ކަައިލީ ހުރީ އޭނާ އާއިލާހެން ގެންގުޅުނު ޖޯރޑިންގެ އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުން ނުވެފައެވެ. އަދި އޭނާގެ ދައްތައަށް އެވަރު ބޮޑު ހިތްދަތިކަމެއް ދޭން ޖޯރޑިން އަށް ކެރުނީތީވެސް ހައިރާންވެ، ކައިލީ އެކަމާ މެދު ހިތާމަކުރާކަމަށްވެސް ވަނީ ޚަބަރުފެތުރިފައެވެ.

ޓްރިސްޓަން އާއެކު ޖޯރޑިން އެފަދަ ކަމެއް ކޮށްފާނެކަމަކަށް ކާރޑޭޝިއަން އާއިލާގެ އެއްވެސް މީހަކު ހިޔެއްވެސް ނުކުރެއެވެ. އެތައް އަހަރެއްވަންދެން ގާތްްކޮށް ގެންގުޅުނު ޖޯރޑިން ގެ ފަރާތުން ފެނުނު އުޅުމަކީ، ކްލޮއީގެ ލޯބިވެރިޔާ އޭނާއަށް ބޭވަފާތެރިވުމާއި ގާތްކުރާވަރުގެ ދަށު ދަރަގައިގެ އަމަލެއްކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ޚަބަރުލިބޭ ގޮތުގައި ކާރޑޭޝިއަން އާއިލާގެ އެއްވެސް މީހަކު ހުރީ، ޖޯރޑިން ކިތަންމެ ވަރަކަށް މާފަށް އެދެމުންދިޔައަސް އޭނާ އަނބުރާ ޤަބޫލުކުރާނެ ކަހަލަ ގޮތަކަށް ނޫނެވެ.

ކްލޮއީ ވަނީ ޓްރިސްޓަން އާއި ރުޅިވުމަށްފަހު އިއްޔެ އިވެންޓެއްގައި އާންމުންނަށް ދައްކާލާފައެވެ. އަދި ކްލޮއީގެ "ގުޑް އެމެރިކަން" ބްރޭންޑަށް މޮޑެލް ކުރަމުން އޭނާގެ ކެރިއަރު ފަށާފައިވާ ޖޯރޑިން ވެސް ވަނީ ކޮސްމެޓިކްސް އިވެންޓަކުން މީޑިއާތަކާއި މުޢާމަލާތް ކޮށްފައެވެ.

Advertisement

ކޮމެންޓް