ޝިފާޒު ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: އަވަސް
ހަބަރު
07 Oct 2023 | 13:15
މިވެރިކަން ވައްޓާލީ ފާޅުގައި، އެކަމާއި ރުޅިގަދަވެގެން އެމްޑީޕީއަށް މާދަމާއެއް ނުލިބޭނެ: ޝިފާޒު

އެމްޑީޕީ އިސްވެ އޮވެ ހިންގަމުން ދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ވައްޓާލީ ފާޅުގައި ކަމަށާއި، އެކަމާއި ރުޅިއައިސްގެން އެމްޑީޕީން އުޅޭނަމަ ދެން ވެސް ކުރިއެރުމެއް އެ ޕާޓީއަށް ނުލިބޭނެކަމަށް އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެސްޓް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ. 

ޝިފާޒު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގައި އިސްކޮށް ތިބި ބައެއް ބޭފުޅުން އެ ޕާޓީ ދޫކުރައްވާ ނިކުމެވަޑައިގަތް ސަބަބާއި، އަދި އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރަން ޖެހުނު ސަބަބުތަކަށް އަލިއަޅުވާލައްވާ ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ޝިފާޒު ވިދާޅުވީ އެމްޑީޕީން މެމްބަރުންތަކެއް ވަކިވުމުގެ ކުރިން އޭރު ހަދަމުން ދިޔަ ގޯސްތަކުގެ ވާހަކަތައް ތަކުރާރުކޮށް ކިޔައިދީފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އޭރު ދެއްކި އެއްވެސް ވާހަކައެއް އަޑުނާހާ ޕާޓީތެރެއިން އެއްފަރާތްކުރުމުގެ މަސައްކަތް ކުރަން ފެށުމުން، ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން މަސައްކަތް ފަށާ އެކަން ކާމިޔާބުކޮށްފައިވާނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އެއީ ސިއްރިއްޔާތުގައި ކުރި މަސައްކަތެއް ވެސް ނޫން ކަމަށެވެ. ކަންކަން ގޯސްކޮށް ހިންގަން ފެށުމުން، އެމްޑީޕީން ނިކުމެ އެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ ފާޅުގައި ކަމަށާއި، އެކަން އެ އޮތީ މިހާރު ކާމިޔާބުވެސް ކޮށްފައިކަމަށް ޝިފާޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން ޝިފާޒު ވިދާޅުވީ ގޮސްކޮށް ކުރި ކަމެއް ރަނގަޅުކުރުމަށް މަސައްކަތްކޮށް އެކަން ކާމިޔާބުކުރުމުން އެކަމާއި ރުޅިފަދަވެގެން މަސައްކަތް ކުރާނަމަ ދެން ވެސް އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށެވެ. 

"އެ ޕާޓީން އެއްފަރާތް ވެލާފަ ދަ ޑިމޮކްރެޓްސް އުފަންކޮށްފައި ސީދާ އެވެރިކަން ބަދަލުކުރަން ނިކުމެ އެކަން ކުރީ އަޅުގަނޑުމެން. ކީއްތޯ ކުރާނީ؟ އޭގެ މައްޗަށް މިއަދު ރުޅިގަދަވެގެން ތިބެގެން މާދަމާއެއް ނުލިބޭނެ"

އަހުމަދު ޝިފާޒު

ޝިފާޒު ވިދާޅުވީ އެމްޑީޕީއަށްވެސް އަދި ޕީޕީއެމް-ޕީއެންސީއަށް ވެސް ވެރިކަމަށް ކުރުމަށް ދެވަނަ ފުރުސަތު ލިބިގެންގޮސްފައިވާ ކަމަށެވެ. އެހެންކަމުން މާޒީން ފިލާވަޅު ދަސްކުރުމަކީ ކޮންމެ ބަޔަކުވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. 

އެގޮތުން ޑރ މުއިއްޒުގެ ވެރިކަން ވެގެންދާނީ ރާއްޖޭގެ ރައްޔިތުން އެދޭ ތަރައްގީއާއި ފާގަތިކަން ލިބިގެންދާނެ އުންމީދީ ވެރިކަމެއްކަމަށް ޤަބޫލުކުރައްވާ ކަމަށާއި، މީގެކުރިން އެ ޕާޓީން ވެރިކަން ކުރި ހިނގާފައިވާ ކަންކަމުން އިބުރަތް ހާސިލްކުރައްވާނެކަމަށް ދެކިވަޑައިގަންނަވާކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ ޓާގެޓުތައް ހާސިލްކުރުމަށް ކަމަށެވެ. އެ މަސައްކަތްކުރާއިރު، އެ އިރެއްގައި ކުރަން ޖެހުނު ކަންކަން ކުރަމުންދާނެ ކަމަށާއި، އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ރުޅިވެސް އިސްކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.