ފަލަސްޠީނުން އިޒްރާއިލަށް ދިން ރޮކެޓް ހަމަލާތައް ދެމުން ދިޔައިރު
ހަބަރު
07 Oct 2023 | 13:20
ފަލަސްޠީނުގެ ހަމަލާތަކުގެ ބަދަލު އަހަރެމެން ހިފާނަން: އިޒްރާއިލް

ފަލަސްތީނިގެ މިނިވަންކަމަށް ހަނގުރާމަ ކުރަމުންދާ ޖަމާޢަތަކުން ފަލަސްޠީނުގެ ބިމުން އިޒްރާއިލް މީހުން ގަދަކަމުން ވެރިވެގަނެ ދިރިއުޅެމުންދާ ސަރަހައްދަށް ދިން ރޮކެޓް ހަމަލާތަކުގެ ބަދަލު ހިފާނެ ކަމަށް އިޒްރާއިލް ސިފައިން ބުނެފިއެވެ.

އިޒްރާއިލް ސިފައިން ބުނެފައިވަނީ އިޒްރާއިލްގެ އެކި ކަންކޮޅުގައި ތިބި އިޒްރާއިލް ސިފައިނަށް ހެނދުނު ނިދިން ހޭލެވުނީ ފަލަސްޠީނުގެ ރޮކެޓް ހަމަލާތަކަށް ކަމަށެވެ.

"އަހަރެމެން އަހަރެމެންގެ މީހުން ދިފާޢު ކުރާނަން" އިޒްރާއިލް ސިފައިން ބުނެފައިވެއެވެ.

އިޒްރާއިލްގެ މީހަކު އަލްޖަޒީރާ އާއި ވާހަކަދައްކަމުން ބުނެފައިވަނީ ފަލަސްޠީނުގެ ހަމަލާތަކުގެ ސަބަބުން ތެލް އަވީވްގެ ޢާންމު ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.

އަދި މިހަމަލާ ތަކަކީ ހަމައެކަނި ހަމަލާތަކެއްގެ ކަމަށް ވިސްނައިގެން ތިބުމުގެ ފުރުސަތެއް ނެތް ކަމަށާއި މިއީ ފަލަސްޠީނުގެ ހަމާސްގެ ޓެރަރިސްޓު ހަމަލާތަކާއި ހަނގުރާމައެއްގެ ފެށުން ކަމަށެވެ. އަދި ތެލްއަވީވް ގައި ތިބި އެންމެންވެސް މިހާރު ތިބީ ވާނުވާ ނޭނގޭ ފަދަ ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.

އަލްޖްޒީރާ އަށް މަޢުލޫމާތި ދިން އިޒްރާއިލްގެ މީހަ ބުނެފައިވަނީ މިއަދަކީ އެމީހުންގެ ދީނީ މުނާސަބަތަކާއި ގުޅިގެން ބަންދު ކޮށްފައިވާ ދުވަހެއް ކަމުން ޓީވީ ޗެނަލް ތަކުންވެސް މަޢުލޫމާތު ފޯތުކޮށްދިނުމަށް ދަތިވެފައި ވާކަމަށެވެ.

އަލްޖަޒީރާ އާއި ވާހަކަ ދެއްކި އިޒްރާއިލް މީހާ ބުނެފައިވަނީ އޭނާ އުންމީދު ކުރަނީ ފަލަސްޠީނުގެ ހަމަލާތަކަށް އިޒްރާއިލް ސިފައިން ދޭ ރައްދު ޖަވާބަކީ ގެއްލުން ދެނިވި، އަދި އެމީހުން އުންމީދު ވެސް ނުކުރާ ފަދަ ޖަވާބަކަށް ވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.