އިޒްރާއިލްގެ ހަމަލާތަކުގައި ހަލާކުވެފައިވާ ޢިމާރަތެއްގެ ކައިރި. ފޮޓޯ:ވޮއިސް
ހަބަރު
08 Oct 2023 | 14:14
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ފަލަސްޠީނުގެ 313 މީހަކު ޝަހީދުވެއްޖެ

ފަލަސްޠީނުގެ ހަނގުރާމަ ވެރިންނާއި އިޒްރާއީލާއި ދެމެދު ކުރިއަށްދާ ހަމަލާ ބަދަލު ކުރުން ތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 313 އަށް އަރައިފައިވާ ކަމަށް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ހާމަކޮށްފައިވާ   އަދާހަމަތަކުގައި ބުނެފައިވަނީ މިހާތަނަށް ޝަހީދުވީ މީހުންގެ ޢަދަދު 313 އަށް އަރައިފައިވާއިރު އެކި ވަރުގެ  އަނިޔާ ލިބުނު މީހުންގެ ޢަދަދު 1990 އަށް އަރައިފައިވާކަމަށެވެ.

އިޒްރާއިލުގެ ޔަހޫދީން ފަލަސްޠީނުގެ ޢާންމުން ދިރިއުޅޭ ހިސާބުތަކަށް ވައިގެމަގުން ހަމަލާ ތަކެއް ދޭން ފަށައިފައިމިވަނީ ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ ފަރާތް ހަނގުރާމަ ވެރިން، ފަލަސްޠީނުގެ ބިމުން އިޒްރާއިލްގެ ޔަހޫދީން ވެރިވެގަނެފައިވާ ސަރަހައްދުތަކަށް ދިން ރޮކެޓް ހަމަލާ ތަކެއްގެ ރައްދުގައެވެ.

އިޒްރާއިލްގެ ޔަހޫދީން އުޅޭ ސަރަހައްދުތަކަށް ރޮކެޓް ހަމަލާތަކެއް ދިނުމަށް ފަހު ހަނގުރާމަވެރިންނާއި ފަލަސްޠީނުގެ ހިތްވަރު ގަދަ ޒުވާނުން ނުކުމެ ވަނީ އިޒްރާއިލް ސިފައިން އިން ވަކިކުރުމަށް ހަދައިފައިވާ ފެންސު ހަލާކު ކޮށްލައި ފައެވެ.

ފަލަސްޠީނުގެ ހަނގުރާމަ ވެރިންގެ ހަމަލާތަކުން އިޒްރާއިލް ސިފައިންގެ ބައެއް އިސް ކޮމާންޑަރުން މަރުވެފައި ވާއިރު، ހަނގުރާމަ ވެރިން ވަނީ ބައެއް ސިފައިން ރަޙީނުވެސް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.