މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް-- ފޮޓޯ/ ދިޔަރެސް
ހަބަރު
09 Oct 2023 | 12:16
މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުކުރީ ކަނޑައެޅިގެން ރާވައިގެން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ނިންމާލަން ޖެހުނު މައްސަލަ އަކީ ބައެއް މެންބަރުން ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ތުހުމަތު ކުރައްވައިފިއެވެ. 

މިއަދަށް އެޖެންޑާކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله ނިންމަވާ ލެއްވީ، 9:00 އިން ފެށިގެން ކޯރަމް ހަމަވޭތޯ ބަލަންޖެހޭ ވަގުތަށްވެސް ބެލުމަށްފަހު ޖަލްސާގެ ކޯރަމް ހަމަނުވުމުންނެވެ. މީގެ ކުރިންވެސް، މަޖިލީހުގެ މެޖޯރިޓީ މެންބަރުން ހިމެނޭ އެމްޑީޕީ މެންބަރުން މަޖިލީހަށް ވަޑައިގެން، މަޖިލީހުގެ ތަޅުމަށް ވަޑައިނުގަތުމުން ކޯރަމް ހަމަނުވެގެން ގިނަ ޖަލްސާތަކެއް ނިންމާލަން ޖެހުނުތަން ވަނީ ފެނިގެން ގޮސްފައެވެ. 

އޭރު އެމްޑީޕީ ޕީޖީން އެކަމުގެ ސަބަބެއް ކަމަށް ދެއްކެވީ މުހިންމު ބިލުތައް ހުއްޓައި އެހެން މައްސަލަތައް އެޖެންޑާ ކުރުމެވެ. 

ނަމަވެސް މިއަދުގެ އެޖެންޑާގައި ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލްތަކުގެ ބަހުސް ކުރުން ތާވަލް ކުރެވިފައި އޮތް އިރުވެސް ކޯރަމް ހަމަނުވާތީ ޖަލްސާ ޖެހުނީ ނިންމާލާށެވެ. 

އެކަމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ކޯރަމް ހަމަވާވަރަށް މިއަދުވެސް މަޖިލީހަށް މެންބަރުން ހާޒިވެވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް، އެވަގުތު މަޖިލީހުގެ ތަޅުމުގައި މެންބަރުން ހަމަނުވާ ކަމަށާ، މެންބަރުން ހަމަ ކުރުމަށް ރިޔާސަތުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

"އެހެން ނަމަވެސް އެވަގުތު ފްލޯގައި (ކޯރަމް ހަމަވާވަރަށް މެންބަރުން) ނެތީ. އާއްމު އުސޫލެއްގެ ގޮތުން ފްލޯގައި ބޭފުޅުން މަދުވާ ކަމުގައި ވަނީ ނަމަ މަޖިލީހުގެ ރިޔާސަތުން އިދާރީ މޭޒުން ބޭފުޅުން ފޮނުއްވަވާ، މެންބަރުންނާ ވާހަކަ ދައްކަވާ، މެންބަރުން ހަމަ ކުރައްވާ. އެހެން ނަމަވެސް، އެފަދަ އެއްވެސް ކަމެއް ނެތި މިއަދުގެ ޖަލްސާ ނިންމަވާލެއްވީ." އަސްލަމް ވިދާޅުވި އެވެ. 

މިއާއެކު އަސްލަމް ވަނީ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަ ނުވީ، ގަސްތުގައި ބައެއް މެންބަރުން އެހެން އެކަން ކުރަން ބޭނުން ވެގެން ކަމަށް ތުހުމަތު ކުރައްވާފައެވެ. 

އަދި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ބައެއް ޕާޓީތަކަށް ނިސްބަތްވާ މެންބަރުން، ޚާއްސަކޮށް ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ބޭފުޅުން، ހަމަ ފުލޯއަށް ވަދެ ވަޑައިގެންފައި، ދޮރުން އެތެރެ ބަލާލުމަށްފަހު ބޭރަށް ވަޑައިގެންނެވި. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ރޭވިގެން މިއަދުގެ ޖަލްސާ ކޯރަމް ހަމަނުކުރުމަށް، ކަނޑައެޅިގެން ރޭވިގެން ހިނގިކާމެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަން."

މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް 

އަސްލަމް މިފަދައިން ވިދާޅުވެފައި ވާއިރު، މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން އެމްޑީޕީ މެންބަރުންގެ އަދަދު 50 އަށްވުރެ ގިނަ އެވެ. ކޯރަމް ހަމަވާން ބޭނުންވަނީ 22 މެންބަރުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.